Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަބްދުއްރަހީމް ކުރުދޮށިން ރައީސް ޔާމީނަށް ދެއްވުން: މަޖާ އާ ފިލްމެއްގެ ފެށުން

އޭރުވެސް ޕީޕީއެމްއާއި ޕީއެންސީގެ އެތެރެއިންނާއި ބޭރުން އަދި އާއްމު މީހުން އަބްދުއްރަހީމް އެވިދާޅުވި ވާހަކަތައް ދައްކާއުޅުނު. އިންތިޚާބުގެ ކުރިން އެވާހަކަތައް ވިދާޅުވިނަމަ "ހީލަތުން" ހޯދި ޓިކެޓަށް ވެރިކަން ނުލިބިދާނެތީ ނުދައްކާ އޮބަހައްޓައިގެން ހުރި ވާހަކަތަކެއް. އޭރުވެސް ސިޔާސީ މީހުންނާއި ކަންކަން ދިރާސާ ކުރާމީހުން ޖެހި ހިސާބުތަކާ އެއްގޮތައް ބަރާބަރަށް އެހެރަ ދިމާވީ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 24 ޖޫން 2024 | ހޯމަ 07:13
ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ 21 އޭޕްރީލް 2022 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ 21 އޭޕްރީލް 2022 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މީހުން ބުނެއެވެ. ގެންދަވާނީ ދައްކަވާނެ ތަނެއް ދައްކަވާފައެވެ. އެކަމުގައި ނަގާނީ ވަގުތެވެ. ބައެއްފަހަރު އަވަހަށެވެ. އަނެއްބައިފަހަރު ލަހުންނެވެ. މިފަހަރު ބުޅާ ގޯނިން ބޭރުމިވީ މާއަވަހަށެވެ. ފެންނާނޭކަމަށް ކުރިންވެސް ހީކުރެވުނު މަންޒަރުތައް ފެންނާން މިފެށީ މާ ގިނަ ދުވަހެއް ނުވެއެވެ. ނޫނޭވާ މިއީ މަޖާ ކަމަކަށްވާނެއެވެ. ލައްކަ ކުޅިސަމާ ފެންނާނެހެން ހީވެޔެވެ.

އަދި މިއުޅެނީ ވެރިކަމުގެ ފުރަތަމަ އަހަރުވެސް ނުނިމިއެވެ. ރައީސް ޔާމީން ނެރެފައި ތިމަންނާ ޖަލުގައި ބާއްވާށޭ ބުނެ ގިސްލަ ގިސްލާފައި އުޅުނު އަބްދުއް ރަހީމް، ރައީސް ޔާމީނަށް އެދެއްވީ ކުރުދޮށީންނެވެ. ޢަބްދުއްރަހީމް އެފަޅާލީ ބޮޑު ވާހަކައެކެވެ. އިންތިޚާބުގެ ކުރިން އެވާހަކަތައް ވިދާޅުވިނަމަ "ހީލަތުން" ހޯދި ޓިކެޓަށް ވެރިކަން ނުލިބިދާނެތީ ނުދައްކާ އޮބަހައްޓައިގެން ހުރި ވާހަކަތަކެވެ. އޭރުވެސް ސިޔާސީ މީހުންނާއި ކަންކަން ދިރާސާ ކުރާމީހުން ޖެހި ހިސާބުތަކާ އެއްގޮތައް ބަރާބަރަށް އެހެރަ ދިމާވީއެވެ.

އޭރުވެސް ޕީޕީއެމްއާއި ޕީއެންސީގެ އެތެރެއިންނާއި ބޭރުން އަދި އާއްމު މީހުން އަބްދުއްރަހީމް އެވިދާޅުވި ވާހަކަތައް ދައްކާއުޅުނެވެ. އޭރުގެ މާލެ ސިޓީގެ މޭޔަރު ޕީއެންސީގެ ޓިކެޓް ހޯއްދަވަން ކުރެއްވި ކަންކަމާއި އެކަމުގެ ބައިވެރިންނާއި ކަންކުރި ގޮތުގެ ވާހަކަތައް ދޫދޫމަތިން ހަމަ ރަނގަޅަށް ދެކެވުނެވެ. އެކަމަކު ތަފާތުވީ އޭރު ދެއްކި ކުލަތަކެވެ. ރައީސް ޔާމީން ނޫން މީހަކު ބޭނުން ނެތްކަމަށް ދައްކައިގެން ދެއްކި ރީތި ދަޅައެވެ. ޕާޓީގެ އާއްމު މެންބަރުންގެ ލޮލުގައި އެޅުވި އަނދުނެވެ. ރުއި ރުއިމާއި އެމަނިކުފާނު "ނެތް ދުނިޔެ އެއްގައި ނޫޅެވޭނެ" ފަދަ ބީދައަކަށް ކުރި މޮޅު އެކްޓެވެ. އެއީވާ ސަޅި ފިލްމެކެވެ. ބެލުންތެރިން އޭގައި ބައިވެރިކޮށްގެން ކުޅުނު ޗާލު ފިލްމެކެވެ. ފިލްމު ދެބަޔަށް ދިޔައިރު ފިލްމުން ލިބުނު ކާމިޔާބު ވަރަށް ބޮޑެވެ. ޕާޓީ މީހުންކޮޅަށް ދެއްކި ރީތި ޗާލާކީ ވާހަކަތަކާއި ބޭނުންކުރި ހުސްގޮނޑިއާއި ރައީސް ޔާމީން ސަލާމަތް ކުރާނެ ކަމަށްބުނެ ކެނޑި ބައިސާތަކާއެކު ވެރިކަން ލިބުނީއެވެ. އިންތިހާއަށް ބަހާލި ސިޔާސީ ވަޒީފާތަކާއި މުޅި ސަރުކާރުގެ ނުފޫޒާއެކު މަޖިލިސްވެސް ނެގީއެވެ. އެއާއެކު އަސްލު ސޫރައަށް ރުޖޫއަވެ ކަންކުރިގޮތް ވަރަށް ސާފުކޮށް އަބްދުއްރަހީމް އެވިދާޅުވެދެއްވީއެވެ. މާކުރިންވެސް ޗާޓު އޮތީ ކުރެހި ނިމިފައިކަމާއި އޭގައި ރައީސް ޔާމީންގެ ނަންފުޅުވެސް ނެތްކަން ހާމަކުރެއްވީއެވެ. އަދި ޑރ މުއިއްޒަށް ބައިއަތު ހިފައި ޓިކެޓް ދިނުމަށް ނިންމާ އެކަން ކުރެއްވިގޮތްވެސް އަކުރުން އަކުރަށް އެ ހާމަކުރެއްވީއެވެ.

އަބްދުއްރަހީމްގެ ވާހަކައިގާ އަމިއްލަފޮށާ ބޮލުގައި އެޅޭހާ މިންވަރަށްވެސް ވިދާޅުވީއެވެ. އަބްދުއްރަހީމްވެސް ވާގިވެރިވެގެން އެނޫން ވަރެއް ނެތިގެން ކުރި ރައީސް ޔާމީންގެ ވެރިކަމަށް ޚުދު އަބްދުއްރަހީމްވެސް ފާޑު ވިދާޅުވީއެވެ. މުޅި ރާއްޖޭގެ އެންމެންހެން ދައްކަމުންދިޔަ "ސަދަގާތު ފައުންޑޭޝަނާއި، ހައްޖު ކޯޓާއާއި، ކަދުރުގެ ވާހަކައަށް ދަންދެން ގޮވާލެއްވިއިރު އެކަން އޭރު ދިފާއު ކުރުމުގައި އެންމެ އިސްކޮށް ހުރި އެކަކީ އަބްދުއްރަހީމެވެ. ކޮރަޕްޝަންގެ ވާހަކަ ނުލާހިކު ރީތިކޮށް ގޮވާލިއިރު އޭގައި ހިމެނިގެން އަބްދުއްރަހީމާއި އަނބިކަނބަލުންގަތް އަގުބޮޑު ފުލެޓްތަކާއި ދަރިކަލުންގެ އައިނަކަށް ކުރި ބޮޑު ޚަރަދުގެ ވާހަކަ އޭރުވެސް މީހުން ދައްކައި އުޅުނެވެ.

ކޮންމެއަކަސް އަބްދުއްރަހީމް ކުރުދޮށިން ރައީސް ޔާމީނަށް ދެއްވި ދެއްވުމަކީ ފިސާރި މަޖާ ފިލްމެއްގެ ފެށުމެވެ. އެވެރިން އެވެރިންނަށް ކޮށްފައިހުރި ކަންކަނަ އަމިއްލައަށް ދާނީ ހާމަކުރަމުން ނިއުޅަމުންކަމަށް ބެލެވެއެވެ. އަބްދުއްރަހީމް ދެއްކެވި ވާހަކަތަކަށް ދެން ފެންނާނެ ރައްދުތަކާއި ބައެއް ފޮޓޯ ވީޑިއޯ ތިލަވާނެ ކަމީ މުޖައްރިބު ކަމެކެވެ. މިހާރުވެސް ސޯޝަލް މީޑިއާގައި ކުރަމުންދާ ކޮމެންޓްތަކާއި އެކި މީހުންގެ ވާހަކަތަކުން އެކަމަށް ހެކިދެއެވެ. އިސާހިތަކު މިފެށެނީ އަނެއްކާ އާ ފިލްމެކެވެ. ރައްޔިތުންނަށް އެތައްކަމެއް ހާމަވާނެ މަޖާ މޮޅު ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.

ޕީޕީއެމް ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު

17 ފެބުރުއަރީ 2025
އަދުރޭގެ އަދުގެ ސައިޒް: އެހެން މެންބަރުންނަށް އިންޒާރެއް

އަދުރޭގެ އަދުގެ ސައިޒް: އެހެން މެންބަރުންނަށް އިންޒާރެއް

03 ފެބުރުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލް އަށް ޓަކައި ފަޚުރުވެރިވަން. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރީ އިޚްލާޞްތެރިކަމާއި އެކު: އަބްދުއްރަހީމް

ފައިސަލް އަށް ޓަކައި ފަޚުރުވެރިވަން. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރީ އިޚްލާޞްތެރިކަމާއި އެކު: އަބްދުއްރަހީމް

28 ޖެނުއަރީ 2025
އަބްދުއްރަހީމް އަކީ ޕާޓީއަށްލިބުނު ފައިސާއަށް ދުވާލަކު ސިނގިރެޓް ކާޓޫނު ގަތް މީހެއް: މަލީހް

އަބްދުއްރަހީމް އަކީ ޕާޓީއަށްލިބުނު ފައިސާއަށް ދުވާލަކު ސިނގިރެޓް ކާޓޫނު ގަތް މީހެއް: މަލީހް

23 ޖޫން 2024

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު