Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ 28 މިލިއަން ދަރަނި

ކުންފުންޏަކަށް 28 މިލިއަން ދައްކަން ފެނަކައަށް ހުކުމެއް

ދިމަހްއިން ފެނަކައަށް ދޫކޮށްފައިވާ ޚިދުމަތާއި މުދަލުގެ އަގަށް އަރާފައިވާ 31 މިލިއަން ރުފިޔާ ދައްކާފައިނުވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2025 | ހޯމަ 19:17
11 މަސްދުވަހަށް ބަހާލައިގެން 28 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަނުގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައި

11 މަސްދުވަހަށް ބަހާލައިގެން 28 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަނުގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައި

ޖުމްލަ އެގާރަ މަސްދުވަހަށް ބަހާލައިގެން 28 މިލިއަން ރުފިޔާ ދިމަހް ކިޔާ ކުންފުންޏަކަށް ދައްކަން ފެނަކަ ކޯޕަރޭޝަނުގެ މައްޗަށް ސިވިލް ކޯޓުން އާދިއްތަ ދުވަހު ހުކުމެއް ކޮށްފިއެވެ.

މިއީ ދިމަހް ޕްރައިވެޓް ލިމިޓެޑާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު 2022 އަދި 2023ގައި އެކި ފަހަރުމަތިން ހަދައިފައިވާ އެއްބަސްވުންތަކުގެ ދަށުން، ދިމަހްއިން ފެނަކައަށް ދޫކޮށްފައިވާ ޚިދުމަތާއި މުދަލުގެ އަގަށް އަރާފައިވާ 31 މިލިއަން ރުފިޔާ ދައްކާފައިނުވާތީ ސިވިލް ކޯޓުން ބެލި މައްސަލައެކެވެ.

Advertisement - newsAdvertisement

މީގެ ތެރެއިން ފެނަކައިން އޮތީ އެ ކުންފުންޏަށް ތިން މިލިއަން ރުފިޔާ މީގެ ކުރިން ދައްކައިފައެވެ.

މި މައްސަލައިގައި ދިމަހް ޕްރައިވެޓް ލިމިޓެޑުން އެދިފައި އޮތީ އެ ކުންފުނިން ފެނަކައަށް ދޫކޮށްފައިވާ މުދަލާއި ޚިދުމަތުގެ އަގަށްވާ ނުލިބިވާ ފައިސާގެ ޖުމްލަ، 28،116،900.76 ރުފިޔާ 11 މަސްދުވަހަށް ބަހާލައިގެން، ކޮންމެ މަހަކަށް 2.5 މިލިއަނަށްވުރެ މަދުނޫން އަދަދެއް ދައްކަން ހުކުމް ކޮށްދިނުމަށެވެ.

ފެނަކައިން ދިމަހްއަށް ދައްކަންޖެހޭ ފައިސާ މި ގޮތުގެ މަތީން ދެއްކުމަށް ހުކުމްކޮށްދިނުމަށް ފެނަކައިން ވެސް ކޯޓުގައި އެދުނެވެ. ދައުވާގައި ހުށަހެޅި ގޮތަށް ފައިސާ ދައްކަން ފެނަކައިން ވެސް އެއްބަސްވެފައިވާތީ ކޯޓުން ހުކުމްކޮށްދީފައިވަނީ އެ ގޮތަށެވެ.

މިދިޔަ ޑިސެންބަރުގައި ވެސް 7.9 މިލިއަން ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން ހުކުމެއް ކުރިއެވެ.

ފެނަކައިގެ ހާލަތު ގޯހުން ގޯހަށް މިސްރާބު ޖަހައިފައިވާފަދަ މޭރުމަކުން ވިދާޅުވެ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު ވަނީ މި ފަހުން އިސްތިއުފާ ވެސް ދެއްވާފައެވެ. އެއާއެކު އެ މަގާމަށް ދެން އައްޔަނުކުރެއްވީ މޭޖާ ރިޓަޔަޑް މުހައްމަދު ނަޖާހެވެ.

މި ސަރުކާރު އައި ފަހުން ވެސް ފެނަކައަށް އާ 1،392 މުވައްޒަފުން ނަގާފައިވެއެވެ. އެ މުއްދަތުގައި 400 މުވައްޒަފުން ވަކިވެސް ކޮށްފައިވެއެވެ.

ފެނަކައިން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު އެތައް މިލިއަން ރުފިޔާއަށް އަރަ އެވެ. އެފަދަ މައްސަލަތައް ބައެއް ކުންފުނިތަކުން ކޯޓަށް ވެސް ހުށަހަޅަމުންދާ އިރު ފެނަކައިގެ އެކައުންޓްތައް ފްރީޒްކޮށްގެން ވެސް ބައެއް ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ކޯޓުން ދަނީ ނަގައިދެމުންނެެވެ.

ފެނަކައިން ލިބެން ޖެހޭ ފައިސާތައް ނުލިބިގެން މީގެ ކުރިން އެ ކުންފުނީގެ ހެޑް އޮފީސް ދޮރުމަތީގައި މުޒާހަރާވެސް ކޮށްފައިވެ އެވެ.

ފެނަކަ ކޯޕަރޭޝަންރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު