Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ފަލަސުރުޚީ"

މި ސަރުކާރުން އެ ގެންދަނީ ރައްޔިތުންނާއި މެދު ހިތުހުރި ގޮތަކަށް ކަންކަން ކުރަމުން. އެކަން ހުއްޓުވާނަން: ބިގޭ

ރާއްޖޭގައި އޮންނަ އެއް ފިކުރަކީ ޒަމާނުއްސުރެ ބާރުތައް އެއްކުރުމާއި އަނިޔާވެރިކަމާއި ޚުދުމުހުތާރުކަން އިސްކުރާ ފިކުރު. އަދި އަނެއް ފިކުރަކީ އިސްލާހަށްޓަކައި ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ފިކުރު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2025 | އަންގާރަ 04:39
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ

މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ދަނީ ޤާނޫނު އަސާސީއެއް، ޤާނޫނެއް ނުބަލައި ހިތުހުރިހާ ގޮތަކަށް ރައްޔިތުންނާއި މެދު ކަންކަން ކުރަމުން ކަމަށާއި ނަމަވެސް އެމްޑީޕީން އެކަން ހުއްޓުވާނެ ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވީ މިއަދުގެ ސަރުކާރުން ކަންކަން ކުރައްވަމުން އެ ގެންދަވަނީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައި، ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ދައުލަތުގެ ބާރުތައް ސިޔާސީ ގޮތުން ހިތުހުރިގާ ގޮތަކަށް ބޭނުންކުރަމުން ކަމަށެވެ. އެގޮތުން މި ސަރުކާރުން ވަނީ ޤާނޫނު އަސާސީއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަވާ ރައްޔިތުންގެ އިތުބާރު އޮތް މިނިވަން މުއައްސަސާތަކުގެ ބާރުވެސް ރައީސްގެ މުށުތެރެއަށް ލައްވާފައި ކަމަށް ބިގޭ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބިގޭ ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ވެރިކަންތައް އައިސްފައި ހުރި ގޮތަށް ބަލާއިރު، މި އޮންނަނީ މައިގަނޑު ދެ ފިކުރެއް ކަމަށާއި އޭގެ ތެރެއިން އެއް ފިކުރަކީ ޒަމާނުއްސުރެ ބާރުތައް އެއްކުރުމާއި އަނިޔާވެރިކަމާއި ޚުދުމުހުތާރުކަން އިސްކުރާ ފިކުރު ކަމަށެވެ. އަދި އަނެއް ފިކުރަކީ އިސްލާހަށްޓަކައި ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ފިކުރު ކަމަށެވެ.

މި ދެފިކުރައް ބަލާއިރު އެއް ފިކުރު އަންނަނީ އެކި ނަންނަމުގައި އެކި ޕާޓީތަކުގެ ނަމުގައި ވެރިކަން ކުރަން ކަމަށާއި އެގޮތުން އެފިކުރު މިހާތަނަށް ދެ ފަހަރު ރާއްޖޭގެ ވެރިކަންވެސް ކޮށްފައިވާ ކަމަށް ބިގޭ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާ ފިކުރަކީ އެމްޑީޕީގެ ނަމުން ނަންދެވިފައިވާ ފިކުރުކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފިކުރު ވެސް ދެެފަހަރު ރާއްޖޭގެ ވެރިކަން ކޮށްފައިވާ ކަމަށާއި މިހާތަނަށް ރައްޔިތުންނަށް ފައިދާއެއް ހުރި، ލާބައާއި މަންފާ ކުރަނިވި ކަމެއް ފެނިފައި، ނުވަތަ ލިބިފައި އޮތީ އެ ވިދާޅުވާ އެމްޑީޕީ ފިކުރުގެ ވެރިކަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ މިހާރު މިއޮތް ވެރިކަމަކީ ކުރިން ބަޔާންކުރި ގޮތަށް ޚުދުމުހުތާރުކަމާއި އަނިޔާވެރިކަމާއި ބާރުތައް އެއްކުރުމުގެ ފިކުރު ކަމަށެވެ. އެގޮތުން މި ސަރުކާރުން ދަނީ ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ދައުލަތުގެ ބާރުގެ ބޭނުންކޮށްގެން ރައްޔިތުންގެ މައުލޫމާތުތައް ވަގަށް ނަގައިގެން އެކިއެކި ސިޔާސީ ބޭނުންތައް ކުރަމުން ކަމަށެވެ. އެގޮތުން އެތަކެއް ރައްޔިތުންނެއްގެ ޒާތީ މައުލޫމާތުން ވެސް ވައްކަން ކޮށްފައިވާ ކަންވެސް އޭނާ ފާހަގަކުރިއެވެ.

ބިގޭ ވިދާޅުވީ ވަރަށް ގިނަ ދުވަހު، އެތައްބައެއްގެ ބުރަ މަސައްކަތުން، ބާރުތައް އެއްވެފައި އޮތް ވެރިކަމެއްގެ ގޮތަށް އޮތް ވެރިކަމެއް، ގާނޫނީ އިމުގެ ތެރެއިން ތިންބާރު ވަކިވެފައި އޮވެ، މިނިވަން ކަމާއި އެކު ގެންދާތަން މިހާތަނަށް ދެކެމުން އައިކަމަށެވެ. އެހެން ނަމަވެސް މިހާރު މި އޮތް އަނިޔާވެރިކަމާއި ބާރުތައް އެއްކުރުމުގެ ފިކުރު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު މިދަނީ އެތައް އަހަރެއް ފަހަތައް ކަމަށް ބިގޭ ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ވަގު ފޯމުތަކުގެ ކަންތަކަށް އެކަނި ވިސްނާ ލިއަސް މިކަން ވަރަށް ސާފުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ވަގަށް ނަގައިގެން ޕާޓީއަށް މެމްބަރުން އިތުރުކުރުމަކީ ވަރަށް ތަރުތީބުވެގެން، އިންތިޒާމް ވެގެން އައި ކަމެއް ކަމަށެވެ. އެކަމުގެ ހެއްކަކީ ގައުމެއްގެ މިނިވަން ކަމާއި އެކު ހިންގަހިނގާ އޮންނަން ޖެހޭ މުއައްސަސާތައް ކަމަށްވާ އިލެކްޝަން ކޮމިޝަން އާއި އެންޓި ކަރަޕްޝަން ކޮމިޝަން ފަދަ ތަންތަނަށް ވެރިން އައްޔަން ކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އަތްމައްޗަށް އެބާރު ނެންގެވުމެވެ. އަދި މިކަން މިގޮތަށް ވެގެން ދިއުމުން އެއްވެސް ކަމެއް ރަނގަޅަށް ހިނގައިދާނޭ ކަމަށް ނުދެކޭ ކަމަސް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިކަމުން ދޭހަވަނީ މިހާރގެ ރައީސުލްޖުމްހޫރިއްޔާގެ ޚުދުމުހުތާރުކަން ކަމަށް ވެސް ބިގޭ ވިދާޅުވިއެވެ.

ބިގޭ އިތުރަށް ވިދާޅުވީ ރައްޔިތުންގެ އެންމެހާ ޒާތީ މައުލޫމާތުތަކެއް ރައްކާ ކުރެވިފައިވާ ޑީއެންއާރަކީ ވަރަށް ރަނގަޅަށް، ވަރަށް އަމާނާތްތެރިކަމާއި، ޒިންމާދާރުކަމާއި އެކު ބަލަހައްޓަން ޖެހޭ ތަނެއް ކަމަށާއި ސިޔާސީ ބޭނުމަށް އެތަނުގައި ހުރި ރައްޔިތުންގެ މައުލޫމާތުތައް ބޭނުން ކުރުމަކީ ބޮޑު ވައްކަމެއް ކަމަށެވެ. އަދި އެ ވުޒާރާއެއް ބަލަހައްޓަވަން ހުންނަވާ ވަޒީރުން އިސްވެ އެތަނުގައި ހުރި މައުލޫމާތުތައް ނުހަމަގޮތުގައި ސިޔާސީ ބޭނުންތަކަށް ބޭނުން ކުރުމަކީ ގައުމުގެ ހާލަތު މިހާރު ފަހަތަށް ވެއްޓިފައި އޮތް ހިސާބު އަންގައިދޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަލަ ސުރުޚީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)"ފުދިއްޖެ-ފުނޑިއްޖެ" ޖަލްސާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު