Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަންރުވާ

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދ. ގެ އެޖެންސީ އަންރުވާ ގެ މަސައްކަތް ޖެނުއަރީ 30 ށް ހުއްޓާލުމަށް އިސްރާއީލުން އަންގައިފި

އިސް ޤާނޫނުގެ ދަށުން އިސްރާއީލުގެ އިޚްތިޞާޞްގެ ދަށުގައިވާ ސަރަޙައްދުތަކުގައި އަންރުވާ އިން މަސައްކަތްކުރުން މަނާކުރެއެވެ.

ރާއްޖެ އެމްވީ | 25 ޖެނުއަރީ 2025 | ހޮނިހިރު 15:47
2024 ޑިސެމްބަރު 24 - ޣައްޒާގެ ޚާން ޔޫނިސް ގައި ހާލުގައި ޖެހިފައިވާ މީހުންނަށް އަންރުވާ އިން ގޮދަން ފުށް ބަހަނީ

2024 ޑިސެމްބަރު 24 - ޣައްޒާގެ ޚާން ޔޫނިސް ގައި ހާލުގައި ޖެހިފައިވާ މީހުންނަށް އަންރުވާ އިން ގޮދަން ފުށް ބަހަނީ

ޖެނުއަރީ 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ޖެރޫސަލަމްގައި ހިންގަމުންދާ ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިވާ އދ ގެ އޭޖެންސީ (އަންރުވާ) ގެ މަސައްކަތްތައް ހުއްޓާލުމަށް އިސްރާއީލުން ރަސްމީކޮށް އދ އަށް އަންގައިފިއެވެ.

އިސްރާއީލުން އދ އަށް ކަނޑައަޅާފައިވާ ސަފީރު ޑެނީ ޑެނޮން އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އަށް ފޮނުވި ސިޓީގައި ވަނީ އެ ތާރީޚަށް އަންރުވާގެ ހުރިހާ މަރުކަޒުތަކެއް ބަންދު ކުރުމަށް އެދިފައެވެ.

މި ފިޔަވަޅު އަޅަނީ އިސްރާއީލުގެ ޕާލަމެންޓުން ފާސްކޮށްފައިވާ އައު ޤާނޫނެއް ތަންފީޒުކުރުމުގެ ގޮތުން ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

މި ޤާނޫނުގެ ދަށުން އިސްރާއީލުގެ އިޚްތިޞާޞްގެ ދަށުގައިވާ ސަރަޙައްދުތަކުގައި އަންރުވާ އިން މަސައްކަތްކުރުން މަނާކުރެއެވެ. މި ޤާނޫނުގެ ސަބަބުން އަންރުވާ އަށް އޮފީސްތައް ގާއިމް ކުރުމާއި، ޚިދުމަތް ދިނުމާއި، އަދި ސީދާ ނުވަތަ ނުސީދާކޮށް ވެސް އެއްވެސް ޙަރަކާތެއް އިސްރާއީލުގައި ހިންގުން މަނާވެގެންދާނެއެވެ. އެހެންކަމުން، އިރުމަތީ ޖެރޫސަލަމްގައި އަންރުވާއިން ހިންގާ ހުރިހާ ޙަރަކާތްތަކެއް ހުއްޓޭނެއެވެ.

ތިން މަސް ކުރިން އިސްރާއީލުގެ ޕާލަމެންޓުން ފާސްކުރި މި ޤާނޫނުގެ ސަބަބުން ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި އަންރުވާ އިން ހިންގާ މަސައްކަތްތަކަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ.

ޖެނުއަރީ 17 ގައި ބޭއްވުނު އދ ގެ ސަލާމަތީ މަޖިލީހުގެ ސިއްރު ޖަލްސާއެއްގައި އަންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރީނީ ވަނީ މި ޤާނޫނުގެ ސަބަބުން ކުރިމަތިވާނެ އަސަރުތަކާ މެދު އިންޒާރު ދެއްވާފައެވެ.

ޣައްޒާއަންރުވާފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު