Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
އޮންލައިންކޮށް ބޭސް ގަތުން

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

26 އަހަރުގެ ކައިލް ކިޔައިދިން ގޮތުގައި އޭނާ ބޭސް ހޯދީ "ޓިކް-ބޮކްސް" ފޯމެއް ފުރުމަށްފަހު އޮންލައިންކޮށްނެވެ. އޭނާ ބީބީސީ އަށް ކިޔައިދިން ގޮތުގައި އެ ބޭސް ގަނެވުނު ކަމާ މެދު އޭނާ މިހާރު ހިތާމަ ކުރެއެވެ. 

ރާއްޖެ އެމްވީ | 24 ޖެނުއަރީ 2025 | ހުކުރު 15:48
ކައިލް - އޮންލައިންކޮށް ބޭސް ގަނެގެން ބޭނުން ކުރަން ފެށުމުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވި ކަމަށް ބުނި

ކައިލް - އޮންލައިންކޮށް ބޭސް ގަނެގެން ބޭނުން ކުރަން ފެށުމުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވި ކަމަށް ބުނި

ބޮލުން އިސްތަށި ފައިބާތީ ބައެއް އޮންލައިން ސައިޓްތަކުން ބޭސް ދޫކުރަމުންދަނީ އެކަށީގެންވާ ގޮތެއްގައި އެއިން ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތި ކަމަށް ބީބީސީ އިން ކުރި ދިރާސާ އަކަން ހާމަވެއްޖެއެވެ. ބީބީސީ ގެ ހޯދުންތަކަށް ފަހު ބުނެފައިވަނީ، ބޭސް ބޭނުން ކުރާ މިހާ އަށް މިއީ ނުރައްކާތެރި އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.

ބޮލުން އިސްތަށި ފެޅުވުމަށް ފިރިހެނުންގެ މެދުގައި މަގްބޫލު ބޭހެއް ކަމުގައިވާ ފިނަސްޓެރައިޑް އަކީ އޭގައި ސައިޑް އިފެކް ހިމެނޭ ބޭހެއް ކަމަށާއި އެ ގޮތުން ކުރާ އަސަރުތަކުގެ ތެރޭގައި އަމިއްލައަށް މަރުވުމުގެ ޚިޔާލު އައުމާއި ޖިންސީ މައްސަލަތައް ކުރިމަތިވުން ހިމެނޭ ކަމުގައެވެ. ނަމަވެސް ބައެއް ބޮޑެތި ބްރޭންޑެޑް ކުންފުނިތަކުން މި ބޭސް ޕޯސްޓުން ފޮނުވަނީ ކަސްޓަމަރަކީ ކާކު ކަންވެސް ނޭނގި ނުވަތަ އެމީހަކާ ވާހަކަ ވެސް ދެއްކުމެއްނެތި ކަމުގައި ބީބީސީ އިން ކުރި ތަހުގީގުން ހާމަވެފައިވެއެވެ. 

ބީބީސީ އިން މި ތަޙްޤީޤު ކުރީ "ޔުއަރ ވޮއިސް، ޔުއަރ ބީބީސީ ނިއުސް" ޕްރޮގްރާމް އިން އެތައް ފިރިހެނުންގެ ވާހަކަތައް އަޑުއަހައިގެން ކަމަށް ބުނެފައިވެއެވެ. 

26 އަހަރުގެ ކައިލް ކިޔައިދިން ގޮތުގައި އޭނާ ބޭސް ހޯދީ "ޓިކް-ބޮކްސް" ފޯމެއް ފުރުމަށްފަހު އޮންލައިންކޮށްނެވެ. އޭނާ ބީބީސީ އަށް ކިޔައިދިން ގޮތުގައި އެ ބޭސް ގަނެވުނު ކަމާ މެދު އޭނާ މިހާރު ހިތާމަ ކުރެއެވެ. 

އޭނާ ބުނާ ގޮތުގައި ވިސްނުމެއް ނެތި އަވަސް އަރުވާލައިގެން ނިންމި ނިންމުމަކުން އޭނާގެ ދިރިއުޅުން ބަދަލުވެގެން ގޮސްފައިވެއެވެ. 

ކައިލް ފިނަސްޓެރައިޑް ބޭނުންކުރަން ފެށީ އެ ބޭސް ބޭނުންކުރަމުންދާ އޭނާގެ ރައްޓެއްސަކު އޭނާއަށް އެ ބޭހުގެ ވާހަކަ ކިޔައިދިނުމުން ކަމަށް އޭނާ ބުންޏެވެ. 

އޭނާ ބުނާ ގޮތުގައި ކޮންމެވެސް ވަރަކަށް ބޭހާ ބެހޭ މައުލޫމާތު ހޯދިއެވެ. އެއާ އެކު އޭނާއަށް އެނގުނު އެއްޗަކީ އޮންލައިންކޮށް އެ ބޭސް ގަތުމަކީ ވަރަށް ފަސޭހަ ކަމެއް ކަމެވެ. 

"އަހަރެން ހަމައެކަނި ގޫގުލްގައި ޓައިޕްކޮށްލީމަ ހުރިހާ އޮންލައިން ފާމަސީތައް ފެންނަން ހުރި،" ކައިލް ބުނެއެވެ. 

"މިއީ ކޮންމެ ތަނެއްގައިވެސް ލިބެން ހުރި އެއްޗެއް. ވަރަށް ފަސޭހައިން ލިބެން ހުރި އެއްޗެއް." 

އޯޑަރުކުރިތާ ހަފްތާއެއްގެ ތެރޭގައި އޭނާގެ ގެއަށް އެ ބޭސް ފޮނުވައިދިނެވެ. 

"އަހަރެން ޑޮކްޓަރަކާ އެއްވެސް މަޝްވަރާއެއް ނުކުރަން. ޒޫމް މީޓިންގ އެއްވެސް ނުބާއްވަން. އަހަރެންނަށް ދިމާވެފައިވަނީ ފިރިހެނުންނަށް ދިމާވާ ބޯ ތަލަވުމުގެ ބަލިތޯ ޗެކް ކުރަން އެ މީހުންނަށް އެއްވެސް ފޮޓޯއެއްވެސް ފޮނުވާކަށް ނުޖެހުނު." 

"އަހަރެން އެ ބޭސް ބޭނުން ކުރަން ފެށިން، އަދި އާނ - އެއީ އަހަރެންގެ ދިރިއުޅުމުގައި ހެދުނު އެންމެ ބޮޑު ގޯސް." 

މި ބޭސް ބޭނުން ކުރަން ފެށުމަށް ފަހު، ކައިލް ބުނާ ގޮތުގައި އޭނާ އަށް ޖިންސީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅޭ މައްސަލަތަކެއް ދިމާވެފައިވެއެވެ. މިއީ އޭނާ އަށް ކުރިން ދިމާވެފައި ނުވާ އަދި ބޭސް ބޭނުން ކުރުން ހުއްޓާލުމަށް ފަހުވެސް އޭނާ އަށް ކުރިމަތިވި މައްސަލަތަކެއް ކަމަށް އޭނާ ބުންޏެވެ. 

"ދިރިއުޅުން ހީވަނީ ހަމަ އަނދިރިވީހެން. އެއީ، އަހަރެންގެ އިހްސާސްތައް ނެތިކޮށްލާފައިވާ ކަހަލަ ގޮތަކަށް،" ކައިލް ބުނެއެވެ. 

"އަހަރެންގެ އަމިއްލަވަންތަކަމާއި ހުރިހާ އެއްޗެއް އަހަރެންގެ ކިބައިން ގެއްލުނު. އަހަރެން ރައްޓެހިންނާއެކު ބޭރަށް ދިއުން ހުއްޓާލައި، ފުޓްބޯޅަ ކުޅުން ހުއްޓާލައި، މި ހުރިހާ މައްސަލަތަކެއް ދިމާވާން ފެށި." 

ފިނަސްޓެރައިޑް އަކީ އިނގިރޭސިވިލާތުގައި ބޯތަލަ ވުމުގެ ފަރުވާ އަކަށް އެތައްހާސް ފިރިހެނުން ބޭނުންކުރާ، އެންމެ އާންމު ބާވަތްތަކުގެ ތެރެއިން އެއް ބާވަތެވެ.

މި ބޭސް ބޭނުން ކުރުމުން ޓެސްޓޮސްޓެރޯން ހޯމޯން ޑައިހައިޑްރޯޓެސްޓޮސްޓެރޯން (ޑީއެޗްޓީ) ހޯމޯނަށް ބަދަލުވުން ހުއްޓުވައެވެ. ޑީއެޗްޓީ ހޯމޯނަކީ އިސްތަށި ފެޅުން ހުއްޓުވާ ހޯމޯނެކެވެ. 

ކައިލް މި ބޭސް ބޭނުންކުރީ 6 ހަފްތާ ވަންދެނެވެ. ނަމަވެސް އަމިއްލައަށް މަރުވުމުގެ ފިކުރު ކުރެވުން ފަދަ މައްސަލަތައް ދިމާވުމާ ގުޅިގެން ބޭސް ބޭނުންކުރުން ހުއްޓާލިއެވެ. 

2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅު – ކައިލް އަށް އެ ބޭސް ލިބުނުތާ ހަފްތާތަކެއްގެ ފަހުން - އިނގިރޭސިވިލާތުގެ ރެގިއުލޭޓަރުން ފިނަސްޓެރައިޑްއާ ގުޅޭގޮތުން ކުއްލި ފިޔަވަޅެއް އެޅިއެވެ. އެގޮތުން، ބޭސް ބަންދުކޮށްފައިވާ ފޮށީގައި ޚާއްޞަ ސަލާމަތީ އިންޒާރު ލިޔުމެއް ހިމަނަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. އެ ލިޔުމުގައި އަމިއްލައަށް މަރުވުމުގެ ފިކުރުތަކާއި ޖިންސީ މައްސަލަތައް ކުރިމަތިވުން ފަދަ ނުރައްކާތެރި އަސަރުތަކުގެ ކޮންމެސް މިންވަރެއްގެ ރިސްކެއް އޮތްކަން އަންގައިދޭންވާނެ ކަމަށް ބުނެފައިވެއެވެ. 

ބްރިޓިޝް އެސޯސިއޭޝަން އޮފް ހެއަރ ރެސްޓޮރޭޝަން ސަރޖަރީ (ބީއޭއެޗްއާރްއެސް) އިން ދެކޭގޮތުގައި ބަލިމީހުންނަށް މި ބޭސް ލިބެންވާނީ ހަމައެކަނި އޮންލައިން ފޯމެއް ފުރައިގެންނެއް ނޫނެވެ. 

ހެއަރ ޓްރާންސްޕްލާންޓް ސަރޖަން އަދި ބީއޭއެޗްއާރްއެސްގެ ނައިބު ރައީސް ގްރެގް ވިލިއަމްސް ބީބީސީ އަށް ކިޔައިދިން ގޮތުގައި ފިނަސްޓެރައިޑް އަކީ ގިނަ މީހުންނަށް ރަނގަޅު ފަރުވާއެއް ނަމަވެސް، އެ ބޭހުގެ ސަބަބުން ނުރައްކާތެރި އަސަރުތައް ކުރުމުގެ ފުރުސަތު އޮތްކަން ބޭސް ބޭނުން ކުރާ ފަރާތްތަކަށް ކޮންމެހެން ބުނެދޭން ޖެހޭނެއެވެ. އަދި ގާތުން މޮނިޓަރ ކުރަންޖެހޭނެއެވެ. 

"ބައެއް ބަލިމީހުންނަށް ފިނަސްޓެރައިޑް ދިނުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެ، ރިސްކް ފެކްޓަރތަކެއް ހުރެދާނެ. އަހަރެން މިބުނަނީ އެ ބޭސް ދޫނުކުރެވޭނެ ކަމަކަށް ނޫން. އެކަމަކު ބަލިމީހުންނަށް އެކަށީގެންވާ ގޮތަށް ނަސޭހަތްތެރި ވާންޖެހޭ." 

ޔޫރަޕްގެ ބޭސް ރެގިއުލޭޓަރުން މިހާރު ދަނީ ފިނަސްޓެރައިޑްގެ ރައްކައުތެރި ކަމާ ބެހޭ އަމިއްލަ ރިވިއުއެއް ހަދަމުންދެއެވެ. މީގެ ތެރޭގައި މި ބޭސް ޔޫރަޕް ގައި މަނާކުރުން ހިމެނިދާނެ ކަމަށް ބީބީސީ އިން ބުނެފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްތަށިގަނޑު ރީތި ކުރުމާ ބެހޭ ގޮތުން ދައްކާ ބައެއް ވާހަކަތަކުގެ ހަގީގަތް

އިސްތަށިގަނޑު ރީތި ކުރުމާ ބެހޭ ގޮތުން ދައްކާ ބައެއް ވާހަކަތަކުގެ ހަގީގަތް

24 އޮކްޓޯބަރު 2025
ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

10 ޖޫން 2018

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު