Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ އެއްބަަސްވުން އަރައުހޯ އައު ކޮށްފި

ބާސެލޯނާ އާއެކު އަރައުހޯ ސޮއި ކުރީ ހަ އަހަރު ދުވަހުގެ އެއްބަަސްވުމެއްގަ އެވެ. އެެހެންކަމުން 2031 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ބާސެލޯނާގައި ހުންނާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖެނުއަރީ 2025 | ހޮނިހިރު 05:02
ބާސެލޯނާގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އަރައުހޯ

ބާސެލޯނާގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އަރައުހޯ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ އުރުގުއޭގެ ޑިފެންޑަރު ރޮނާލްޑު އަރައުހޯ، އެ ކުލަބާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކޮށްފި އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ބާސެލޯނާ ދޫކޮށްލަން އަރައުހޯ ބޭނުންވި ކަމަށް މީޑިއާ ތަކުގައި ރިޕޯޓު ކުރި އެވެ.

ނަމަވެސް ބާސެލޯނާ އާއި އަރައުހޯއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ބާސެލޯނާގައި މަޑު ކުރަން އޭނާ ނިންމީ ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. ބާސެލޯނާ އިން މިހާރު ވަނީ އަރައުހޯގެ އެއްބަސްވުން އައުކޮށް، ރަސްމީކޮށް އެކަން އިއުލާން ވެސް ކޮށްފަ އެވެ.

ބާސެލޯނާ އާއެކު އަރައުހޯ ސޮއި ކުރީ ހަ އަހަރު ދުވަހުގެ އެއްބަަސްވުމެއްގަ އެވެ. އެެހެންކަމުން 2031 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ބާސެލޯނާގައި ހުންނާނެ އެވެ. އަރައުހޯ އަކީ ބާސެލޯނާގެ ތިން ވަނަ ކެޕްޓަންގެ ތެރޭގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ.

ބާސެލޯނާގައި މިހާތަނަށް ހޭދަކޮށްފައިވާ ހަ ސީޒަންގެ ތެރޭގައި އަރައުހޯ ވަނީ އެ ކުލަބަށް ކުޅެދިން 155 މެޗުގައި އަށް ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ ބާސެލޯނާ އާއެކު ހަތަރު ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގުގެ އިތުރުން، ކޮޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް އެވެ. މީގެ ތެރެއިން ސްޕެނިޝް ސުޕަ ކަޕް ވަނީ ދެ ފަހަރެއްގެ މަތިން ކާމިޔަބު ކޮށްފަ އެވެ.

އަރައުހޯ އަކީ ބާސެލޯނާގައި މިވަގުތު ތިބި ކުޅުންތެރިންގެ ތެރެއިން އެ ޓީމު ކޯޗު ހަންސީ ފްލިކް އެންމެ އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އަރައުހޯ ބެހެއްޓުމަށް ބާސެލޯނާ އިން އެހާ ބޮޑަށް ބާރު އެޅީ ވެސް ފްލިކްގެ އެދުމުގެ މަތީންނެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު