Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚުތުބާ - ޣައްޒާގެ ރައްޔިތުންގެ ކާމިޔާބީ

ނަޞްރާއި ފަތަހައިގެ ތަޅުދަނޑިއަކީ އީމާންކަމާއި ކެތްތެރިކަން: ޚުތުބާ

24 ޖެނުއަރީ 2025 | ހުކުރު 08:01

މާތް ﷲއަށް ނަޞްރުދޭ ބަޔަކަށް، ﷲ ނަޞްރު ދެއްވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޖެނުއަރީ 2025 | ހުކުރު 08:01
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

ނަޞްރާއި ފަތަހައިގެ ތަޅުދަނޑިއަކީ އީމާންކަމާއި ކެތްތެރިކަން ކަމަށާއި، ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރުގެ ފަހަތުގައި ވެސް ވަނީ އީމާންކަމާއި ހިތްވަރާއި ކެތްތެރިކަން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޣައްޒާގެ ރައްޔިތުންގެ ކާމިޔާބީ މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން އިވެމުންދަނީ ފަލަސްތީނުގެ އަޑު ކަމަށާއި، އެތަށް ދުވަހެއް ވަންދެން ހިންގަމުން ދިޔަ ނަސްލު ނައްތައިލުމުގެ އަނިޔާވެރި ހަނގުރާމަ މެދުކަނޑައިލި ވާހަކަ ކަމަށެވެ. މިއީ ޣައްޒާގެ ރައްޔިތުންނަށް ލިބުނު މަތިވެރި ނަޞްރެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޞަހްޔޫނީ ނިޒާމުން ހިންގި އުދުވާނާ ގުޅިގެން ރާއްޖެއިން ވެސް އިސްލާމީ އުޚުއްވަތްތެރިކަން ދައްކައި ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރުގެ ފަހަތުގައި ވަނީ އީމާންކަމާއި ހިތްވަރާއި ކެއްތެރިކަމާއި އުޚުއްވަތްތެރިކަމާއި، ނުގުޑާ ފަދަ އަޒުމެއްގައި ބަދަހިކަމާ އެކު ތިބެ، ﷲއަށް ވަކީލުކޮށްގެން ކުރި ވަރުގަދަ ހަނގުރާމަ ކަމަށެވެ.  

ޚުތުބާގައި ބުނީ މި ހަނގުރާމައިގައި މުޅި ޣައްޒާ ފަނާވެގެން ދިޔަ ނަމަވެސް، މި ހަނގުރާމައިން އެތައް އިބުރަތެއް ލިބިދޭ ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ އިބުރަތަކީ މާތް ﷲއަށް ނަޞްރުދޭ ބަޔަކަށް، ﷲ ނަޞްރު ދެއްވާނެކަމެވެ.

ޣައްޒާގެ ރައްޔިތުން ހަނގުރާމައިގެ ހާލަތުގައި ވެސް އަމަލުކުރި ގޮތަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ މުސްލިމުން އަމަލުކުރީ ރިވެތި އަހުލާގުން ކަމަށާއި، އަނިޔާވެރިވުމެއްނެތި ކަމަށެވެ. އިސްލާމްދީނުގައި އަނިޔާވެރިވުން ހަރާމްކުރައްވާފައިވާ ކަމަށާއި، އެއްވެސް ދީނެއްގެ މީހަކަށް ނުޙައްގުން އަނިޔާއެއް ދިނުމަކީ އިސްލާމްދީން މަނާކުރައްވައިފައިވާ ކަމެއްކަން ފާހަގަކޮށްފައިވެއެވެ. އިސްލާމްދީން ވަނީ އިންސާނިއްޔަތުކަން ހިމާޔަތްކުރި ފަދައިން ޖަނަވާރުންނާއި، ތިމާވެށި ވެސް ހިމާޔަތްކޮށްފައިވާ ކަމަށެވެ. އަދި ޣައްޒާގެ ރައްޔިތުން މި ހަނގުރާމައިގައި އިސްލާމީ އަހުލާގުން ނަމޫނާ ދައްކާފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މުސްލިމުންގެ ހައިސިއްޔަތުން ފަލަސްތީނުގެ ރައްޔިތުންނާ މެދު އަދާކުރާން ޖެހޭ އަހުލާގީ ވާޖިބުތަކެއްވާ ކަމަށެވެ. އަދި ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުމާއި، ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮ ދުއާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި، މުސްލިމުންނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަތަކާއި، އިސްލާމީ ސަގާފަތާއި އުންމަތުގެ ޙަޟާރަތު ފުނޑުފުނޑުކޮށްލުމަށް ހިންގަމުންދާ ފިކުރީ ހަނގުރާމަތަކަކީ، އިސްލާމީ އުންމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ. އެކަން އެގޮތަށް މެދުވެރިވީ އިސްލާމްދީނުގެ އުސޫލުތަކުގައި ސާބިތުވާން ޖެހޭ މިންވަރަށް ސާބިތުނުވުމުގެ ސަބަބުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މުސްލިމުންގެ އަދަދު ގިނަވެފައި ތަނަވަސްކަން ކިތަންމެ ބޮޑު ނަމަވެސް، އުޚްރަވީ ހަޔާތުގެ މައްޗަށް ދުންޔަވީ ހަޔާތުގެ އެދުން އިސްކޮށްފި ނަމަ، މުސްލިމުން ބަލިކަށިވާނެ ކަމަށާއި، މުސްލިމުންނަށް ނަސްރު ލިބުން އޮތީ އަގީދާ ވަރުގަދަކޮށް ހައްގު ގޮތުގައި اﷲއަށް އީމާންވެ، ގުރްއާނާއި ސުންނަތުގައި ހިފައިގެން ކަމަށެވެ. އަދި އެކުވެރިވެ އެއްބައިވަންތަވެގެން ކަމަށާއި، ޙަސަދަވެރިކަމާއި، ރުޅިވެރިކަމުން އެއްކިބާވެގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ ފަލަސްޠީނާއި ބައިތުލްމަޤްދިސާއި އަލްމަސްޖިދުލްއަޤްޞާގެ ވާހަކައަށް އަލިއަޅުވާލާފައެވެ.

ޚުތުބާގައި ވަނީ އަލްއަޤްޞާ މިސްކިތަކީ ބިންމަތީގައި މާތް اﷲއަށް އަޅުކަންކުރުމަށް ބިނާކުރެވުނު ދެވަނަ ގެކޮޅު ކަމަށާއި، އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލަކަން ފާހަގަކޮށްފައިވެއެވެ. އަލްއަޤްޞާ މިސްކިތް، ޞަހްޔޫނީ އިސްތިއުމާރުގެ ދަށަށް ދިޔަކަމީ މި އުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމައެއް ކަމަށާއި، އަލްއަޤްޞާ މިސްކިތް، މިނިވަންކުރުމަށް މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2025

ޚަރަދު ކުޑަކުރުން ލަސްވާތީ އޮޑިޓަރޖެނެރަލްގެ ކެތްތެރިކަން ކޮޅުންލައިފި: "މިހާރު މިއީ އިބިލީހުގެ ކައިވެންޏަށް ވެއްޖެ"

09 ނޮވެމްބަރު 2025
ޚަރަދު ކުޑަކުރުން ލަސްވާތީ އޮޑިޓަރޖެނެރަލްގެ ކެތްތެރިކަން ކޮޅުންލައިފި: "މިހާރު މިއީ އިބިލީހުގެ ކައިވެންޏަށް ވެއްޖެ"
15 ސެޕްޓެމްބަރު 2023

އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ ޒަމާނީ ޑިމޮކްރަސީ: ރައީސް

15 ސެޕްޓެމްބަރު 2023
އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ ޒަމާނީ ޑިމޮކްރަސީ: ރައީސް
07 ސެޕްޓެމްބަރު 2023

"ދިމާވާ އިމްތިހާނުތަކުގައި އިބޫ އަބަދުވެސް އިސްކުރައްވާނީ ކެތްތެރިކަން"

07 ސެޕްޓެމްބަރު 2023
"ދިމާވާ އިމްތިހާނުތަކުގައި އިބޫ އަބަދުވެސް އިސްކުރައްވާނީ ކެތްތެރިކަން"
28 އޮކްޓޯބަރު 2022

ކާމިޔާބުގެ ތަޅުދަނޑިއަކީ އަހުލާގު - އިމްރާން

28 އޮކްޓޯބަރު 2022
ކާމިޔާބުގެ ތަޅުދަނޑިއަކީ އަހުލާގު - އިމްރާން
11 މާރިޗު 2022

ކެތްތެރިކަމަކީ ވަރަށް ގިނަ އުނި ސިފަތަކުން ސަލާމަތްކޮށްދޭ ސިފައެއް، ކަންކަމުގައި ކެތްތެރިކަން އިސްކުރަން ޖެހޭ: ޚުތުބާ

11 މާރިޗު 2022
ކެތްތެރިކަމަކީ ވަރަށް ގިނަ އުނި ސިފަތަކުން ސަލާމަތްކޮށްދޭ ސިފައެއް، ކަންކަމުގައި ކެތްތެރިކަން އިސްކުރަން ޖެހޭ: ޚުތުބާ
19 މެއި 2020

މިހާލަތުން އަވަހަށް އަރަައިގަނެވޭނީ ކެތްތެރިކަން އިސްކޮށްގެން: އިމްރާން

19 މެއި 2020
މިހާލަތުން އަވަހަށް އަރަައިގަނެވޭނީ ކެތްތެރިކަން އިސްކޮށްގެން: އިމްރާން
18 އެޕްރީލު 2020

ފެނަށް އޯޑަރުކުރާ މިންވަރު ހާހުން ގިނަ، ކެތްތެރިކަން އިސްކުރަންޖެހޭ: ޝާހު

18 އެޕްރީލު 2020
ފެނަށް އޯޑަރުކުރާ މިންވަރު ހާހުން ގިނަ، ކެތްތެރިކަން އިސްކުރަންޖެހޭ: ޝާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް