Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދުނިޔޭގެ ޑިމޮކްރަސީ ދުވަސް

އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ ޒަމާނީ ޑިމޮކްރަސީ: ރައީސް

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި، ވަރަށް ގިނަ ބައެއްގެ ހިތްވަރާ މަތިވެރި ގުރުބާނީގެ ހިއްސާބޮޑު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2023 | ހުކުރު 07:55
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު

އިގުތިސާދީ ފުދުންތެރިކަމާއެކު ލިބޭ ކުރިއެރުމުގައި، އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ، ޒަމާނީ ޑިމޮކްރެސީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ދިވެހިރައްޔިތުންނަށް ފޮނުއްވައި، ދެއްވި ޚިޠާބުގައެވެ. އެމަނިކުފާނުގެ ޚިޠާބުގައި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ވަރަށް ގިނަ ބައެއްގެ ހިތްވަރާ މަތިވެރި ގުރުބާނީގެ ހިއްސާބޮޑުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރައްޔިތުން އެދޭ ގޮތަށް ޤައުމުގެ ކަންކަން ނިންމުމުގައި ބަސް ބުނެ ގޮތް ކަނޑައެޅުމުގެ ބާރު ރައްޔިތުންނަށް މިއަދު ލިބިފައިވަނީ، މުޅި ޤައުމުގެ ހެވާއި ލާބަޔަށްޓަކައި ދިވެހިންގެ ތެރެއިން ތެދުވި ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުން ކަމަށް ވިދާޅުވެ ރައީސް ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ހަގީގީ ޑިމޮކްރަސީއަކީ މަސްއޫލިއްޔަތުތަކަކާ އެކުގައި ލިބިގެންދާ، ޒިންމާދާރުވާންޖެހޭ މިނިވަންކަމެއް ކަމަށެވެ. ޑިމޮކްރަސީ ބުނެދޭ ހަގީގަތަކީ، އެ ޤައުމެއްގެ އެންމެހައި ކަންކަން ރާވައި ހިންގުމުގެ ޙައްޤު ލިބިގެންވަނީ، އެ ޤައުމުގެ ރައްޔިތުންނަށް ކަމަށާއި ރައްޔިތުންގެ ނަމުގައި އެ ވާޖިބުތައް އަދާކުރާނެ ބަޔަކު އިހުތިޔާރުކޮށް ކަނޑައެޅުމުގެ ޙައްގު ލިބިގެންވަނީވެސް ހަމަ ރައްޔިތުންނަށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިއަދުގެ ބައިނަލްއަޤުވާމީ މުޖުތަމައުގައި ޤައުމުތައް ކުރިއަރައި ތަހުޒީބުވަމުން ދިއުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިގުތިސާދީ ފުދުންތެރިކަމާއެކު ލިބޭ ކުރިއެރުމުގައި، އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ ޒަމާނީ ޑިމޮކްރަސީކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ އުފާވެރިކަން ރައްޔިތުންނަށް ލިއްބައިދެނީ، ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކުގައި، ރައްޔިތުންނަށް ލިބިދޭ ހަމަހަމަ ފުރުސަތުތަކާއި ހަމަހަމަ ހައްގުތަކުން ކަމަށެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި މި އުސޫލުތައް ކަނޑައަޅައި، ތަންފީޒުކުރަން ފެށި ފަހުން، ޤައުމަށާއި ރައްޔިތުންނަށް ލިބުނު މަންފާ ނުހަނު ބޮޑުކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ޑިމޮކްރަސީގެ މައިގަނޑު މަގުސަދަކީ، ރައްޔިތުން ބާރުވެރިކުރުވުމެވެ. އެގޮތުން، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް، އެއްވެސް ކަމެއްގައި މިންތީ ތަފާތެއް ނުވަތަ އެނޫން ވެސް ތަފާތުކުރުމެއް ނުގެންގުޅުމާއި ޤައުމުގެ ކަންކަމުގައި ބަސް ބުނެ ޚިޔާލު ފާޅުކުރުމުގައި ވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މިންތީ ހަމަހަމަކަން ޤާއިމުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަށްޓަކައި މިދިޔަ ފަސް އަހަރުގެ ތެރޭގައި ޤާނޫނީ އޮނިގަނޑަށް ގެނައި ބަދަލުތަކުން އެންމެ ހެޔޮ ނަތީޖާއެއް ފެންނަމުން އަންނަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުންކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ ޑިމޮކްރެސީއަށް ކުރި ދަތުރުން ސާބިތުވި އެންމެ މުހިންމު ކަމަކީ، ޤައުމު ކުރިއަރައިގެން ދާނީ ރައްޔިތުންނަށް މިނިވަންކަން ދިން މިންވަރަކުން ކަމަށެވެ. ހުޅުވައިލެވިފައިވާ މުޖުތަމައެއްގައި މިނިވަންކަމާއެކު ޚިޔާލު ފާޅުކޮށް، މައުލޫމާތު ބަދަލުކުރެވޭ މިންވަރަކުން، އެ މުޖުތަމައެއްގެ އުޖާލާކަން އިތުރުވާނެ ކަމަށާއި ޤައުމުގެ ކަންކަމާ މެދު ރައްޔިތުންގެ މެދުގައި މަޝްވަރާ އާއި ބަހުސްކުރެވޭ ވަރަކަށް ކަންކަމުގެ ހައްލު ހޯދައި ސުލްހަވެރިކަމާއެކު ކަންކަން ނިންމުމަށް މަގު ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ޒަމާނީ ޑިމޮކްރަސީގެ އެންމެ އަސާސީ ރުކުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަމަލުކުރަމުން އަންނަ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު، އެންމެ ފުޅާ ދާއިރާއެއްގައި ލިބިދެވުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައިކަމަށެވެ.

ޑިމޮކްރަސީރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު