Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކޯ މެޑްރިޑު

މެޗު އަނބުރާލެވުނީ ދެ ވަނަ ހާފުގައި ކުރި ހިތްވަރުން: ސިމޯން

ސިމޯން ބުނީ، މެޗުގެ ހާފު ޓައިމްގައި އޭނާ އެތުލެޓިކޯގެ ކުޅުންތެރިންނާ ވަރަށް ރަނގަޅަށް ވާހަކަ ދެއްކި ކަމަށާއި، މެޗު އަނބުރާ ހޯދުމަށް މަސައްކަތް ކުރެވޭނެ ގޮތްތައް ވެސް ބުނެދީފައިވާނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖެނުއަރީ 2025 | ބުރާސްފަތި 01:21
އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމޯން

އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމޯން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާ ލެވަކޫސަނާ ދެކޮޅަށް ކުޅުނު މެޗު އަނބުރާލެވުނީ ދެ ވަނަ ހާފުގައި ކުޅުންތެރިން ކުރި ހިތްވަރުން ކަމަށް، އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމޯން ބުނެފި އެވެ.

އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ލެވަކޫސަން އިންނެވެ. ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި އާޖެންޓީނާގެ ޒުވާން ކުޅުންތެރިޔާ ހޫލިއަން އަލްވަރޭޒް ޖެހި ދެ ލަނޑާއެކު، އެތުލެޓިކޯ އިން ވަނީ ލެވަކޫސަންގެ މައްޗަށް ކުރި ހޯދައިފަ އެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސިމޯން ބުނީ، މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯ އަށް އެންމެ އެކަށިގެންވާ ކުޅުމެއް ނުދެއްކުނުއިރު، ޓީމަށް އެކަށީގެންވާ ފުރުސަތެއް ވެސް ތަނަވަސްކުރެވިފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ލެވަކޫސަން އިން ވަނީ ލިބުނު ފުރުސަތުގައި ލަނޑު ޖަހާފައި ކަމަށާއި، އެތުލެޓިކޯ އަށް އެނބުރި މެޗުގެ ތެރެއަށް އައުމަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށް ވެސް ސިމޯން ބުންޏެވެ.

މީގެ އިތުރުން ސިމޯން ބުނީ، މެޗުގެ ހާފު ޓައިމްގައި އޭނާ އެތުލެޓިކޯގެ ކުޅުންތެރިންނާ ވަރަށް ރަނގަޅަށް ވާހަކަ ދެއްކި ކަމަށާއި، މެޗު އަނބުރާ ހޯދުމަށް މަސައްކަތް ކުރެވޭނެ ގޮތްތައް ވެސް ބުނެދީފައިވާނެ ކަމަށެވެ. އެގޮތުން ލިބެމުން ދިޔަ ކޮންމެ ފުރުސަތެއްގެ ފައިދާ ނެގުމަށް މަސައްކަތް ކުރި ކަމަށާއި، ގޯސްތައް ހެދޭ މިންވަރު މަދު ކުރުމަށް ވެސް މަސައްކަތް ކޮށްފައިވާނެ ކަމުގައި ސިމޯން ވަނީ ބުނެފަ އެވެ.

ސިމޯން ބުނީ ދެ ވަނަ ހާފުގައި ވެސް ލެވަކޫސަނުން ވެސް ކުޅެމުން ދިޔައީ ރަނގަޅަށް ކަމަށާއި، ނަމަވެސް ލަނޑެއް ޖަހައި އެތުލެޓިކޯ އިން ނަތީޖާ ހަމަހަމަ ކުރުމާއެކު، ވަރަށް ބޮޑު އުންމީދެއް އައު ވެގެން ދިޔަ ކަމަށެވެ. އަދި ދެ ވަނަ ލަނޑެއް ވެސް ޖެހުނީ ކުޅުންތެރިން ގޯސްތައް މަދުކޮށް، ފުރުސަތުގެ ބޭނުން ރަނގަޅު ދަނޑިވަޅުގައި ހިފުމުން ކަމަށް ވެސް ސިމޯން ބުނެފައިވެ އެވެ. އޭނާ ބުނީ ފުރަތަމަ ހާފަށް ވުރެ ދެ ވަނަ ހާފުގައި ބޮޑު ތަނުން ޓީމު ރަނގަޅު ކަމަށާއި، މެޗު އަނބުރާލުމުގެ އަސްލަކީ ވެސް އެއީ ކަމަށެވެ.

މޮޅާއެކު އެތުލެޓިކޯ އިން ވަނީ ޗެމްޕިއަންސް ލީގު ތާވަލްގެ ތިން ވަނަ މަގާމަށް ޖެހިލައިފަ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު