Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފޮޓޯތަކުން ފެންނަނީ ޢާލީއާއި މަޖީދާއި އިހުސާނެވެ، ދެން ފެންނަނީ ޕީއެންސީގެ ފޯމެވެ، އެކަމަކުވެސް އެއީ ހީވާގޮތެވެ

ޕިއްޒާ ދީގެން ނޫސްވެރިން ހައްދާލަން ޑީއެންއާރުގެ ސިޔާސީ ވެރިން ކުރި މަސައްކަތް އެންމެފަހުން އަތަށް ގޮވާ ފަޟީހަތްވީއެވެ. ދައްކާނެ އިތުރުވާހަކައެއް ނެތުމުން ގަންނާކުރެއްވި ބިރުން ދެވެރިން ނޫސްވެރިންނަށް ފިއްލެވީ ދަމަކުން ބަޑިއެއް ޖެހިހެންނެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2025 | އަންގާރަ 14:43
ޕީއެންސީއަށް ފޯމު ފުރަން ޑީއެންއާރުގެ މީޓިންގ ރޫމް ބޭނުންކުރިކަމަށް ވަނީ އެއްބަސްވެފައި

ޕީއެންސީއަށް ފޯމު ފުރަން ޑީއެންއާރުގެ މީޓިންގ ރޫމް ބޭނުންކުރިކަމަށް ވަނީ އެއްބަސްވެފައި

"އަހަރެން ދިޔައީ ޕިއްޒާ ކާން، އެދުވަހު އެކަނި ފޮޓޯގައި އަޅުގަނޑު ހުންނާނީ. ޕީއެންސީގެ ފޯމެއް ފުރިކަމެއް ނޭނގޭ. މީޓިންގް ރޫމް ދޫކުރީ އޮންނަ އުސޫލުގެ ތެރެއިން" މިއީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޑީއެންއާރުއާ ހަވާލުވެ ހުންނެވި އަހުމަދު އަލީ ވިދާޅުވި ވާހަކައެކެވެ. އޭނާ މިފަދައިން ވިދާޅުވީ ޑީއެންއާރުގައި ހުރި އާންމުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް ޕީއެންސީއަށް ފޯމުފުރި މައްސަލައިގައި ކުރެވުނު ސުވާލަށް ދެއްވި ޖަވާބެވެ.

ކޮންމެއަކަސް ގުރުބާން ކަންބަޅިއަށް ހަދާފައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބު އަހުމަދު އާލީ އާއި ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ނެރުނީ ނޫސްވެރިންގެ ކުރިމައްޗަށެވެ. އެއިރުވެސް އެދެބޭފުޅުންނަށް އެ ދެބޭފުޅުން ގުރުބާން ކަންބަޅިއަކަށް ހަދައި ކަތިލާނެކަން އެނގެއެވެ. ނަމަވެސް ތެދެއް ދޮގަށް ބަދަލުކުރަން ކުރި މަސައްކަތް އަތަށް ގޮވައި، ޖައްސަން އުޅުނު މުޅި ސްޓަންޓް ފެއިލްވީއެވެ. ޕީއެންސީގެ ފޯމުފުރިކަން އެބަސްވެ، އެކަން ކުރަން މީޓިންގ ރޫމް ހިފީ މިނިސްޓަރު ވިދާޅުވެގެންކަން ވެސް ފަޅާއެރީއެވެ.

މިއަދު ނޫސްވެރިން ގެންދިއުމުން ހެކި ގަރީނާއާއި އެކު ދެއްކުމުންވެސް ހެދީ ދެކޮޅެވެ. އެތަނުގައި އެފަދަ މަސައްކަތެއް ނުކުރާކަމުގެ ވާހަކައެވެ. އަދި އެފަދަކަމެއް ނުހިނގާކަމަށް ތަކުރާރުކޮށް ދިޔައީ އިންކާރުކުރަމުންނެވެ. ނަމަވެސް ދުލުން ބޭރުކުރަން ބޭނުންނުވާ ކިތައްމެ ވާހަކައެއް ބޭރުވެ ބޭޒާރުވީއެވެ.

ލީކުވި ފޮޓޯތަކުން ޕިއްޒާކާތަން ފެނެއެވެ. އަދި ހަމަ ލީކުވި ފޮޓޯތަކުން ޕީއެންސީގެ ފޯމުތައް ވެސް ފުރިކަން އެނގެއެވެ. ލީކުވި ފޮޓޯތަކުގައި މިނިސްޓަރު އިހުސާނާއި، އާލީއާއި މަޖީދުވެސް އިންނެވިއެވެ. އަދި ފޯމުތައް އެ މޭޒުމަތީގައި ހުއްޓެވެ. ނަމަވެސް ކަނުކަމަށް ނިންމީ އެ ފޮޓޯގައި ފޯމުތައް ހުރިތަން ފެނުނު މީހުންނެވެ. ޒާތަކަށް ތުރުތުރުއަޅާފައި އާލީ ވިދާޅުވީ މިނިސްޓްރީގެ ބިއުރޯއިން އެދިގެން މީޓީން ރޫމް އެ ދުވަހު [ޕީއެންސީއަށް ފޯމު ފުރި ދުވަހު] ދޫކުރި ކަމަށެވެ. އަދި އެކަން ކުރި ކަމެއް [ނޭނގޭ]، އެ ތަނުގެ ޕޭރެންޓް މިނިސްޓްރީއަކީ ހޯމްލޭންޑް ކަމަށާއި، ޑީއެންއާރަކީ މިނިސްޓްރީގެ ޑިޕާޓުމަންޓެއް ކަމަށެވެ.

ދެން ވިދާޅުވީ އެއަށްވުރެ ހެއްވާ ވާހަކައެކެވެ. ވިދާޅުވީ ޑީއެންއާރުގެ އެއްވެސް މުވައްޒަފެއް ނުފެންނާނެ ކަމަށެވެ. އަދި އޭނާ އެތަނަށް ދިޔައީ ހަމައެކަނި ޕިއްޒާ ކާން ކަމަށާއި، އޭނާ އިންތަނެއްގެ ޕީއެންސީގެ ފޯމު ފުރާފައި ނުވާނެ ކަމަށެވެ. އަދި ތުހުމަތުތަކަށް ތަކުރާރުކޮށް ދިޔައީ އިންކާރުކުރަމުންނެވެ. ހެއްކެއްގެ ގޮތުގައި ދެއްކީ ޕިއްޒާއެވެ.

ލީކުކޮށްލި ފޮޓޯތަކުގައި ފެންނަ ގޮތުން ޑީއެންއާރު ތެރޭގައި ހޯމްލޭންޑްގެ ޑެޕިއުޓީ މިނިސްޓަރ އަދި ޑީއެންއާރާއި ހަވާލުވެ ހުންނެވި އަހުމަދު އަލީއާއި ސިޔާސީ އިސް އެހެން ފަރާތްތަކާއެކު މިނިސްޓަރު އިހުސާން އިށީންދެގެން އިންނެވި މޭޒުމަތީގައި ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމްތައް ދިޔައީ ފުރަމުންނެވެ. މިނިސްޓަރު އިންނެވީ ވެސް އެއިރު ފޯނެއްގައެވެ.

މީގެ އިތުރުން ފޯމްތައް ފުރަމުންދިޔަ އިރު މީޓީންގ ރޫމުގައި ހުރި ޓީވީއަކުން ފޯމުގައި ޖަހަންޖެހޭ މައުލޫމާތާއި ސޮޔާއި އެހެނިހެން މައުލޫމާތުތައް ސާފުކޮށް ޗެކްކުރަމުންދާތަން ވެސް ފެނެއެވެ. އަދި އެންމެ ގިނައިން ފޯމުތަކުގައި އިނގިލީގެ ނިޝާންޖެހިކަމަށް ބުނާ ހޯމްލޭންޑް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ސޫދާ އަބްދުﷲ އެކަމުގައި އަވަދިނެތި އިންނަވާތަން ފެނެއެވެ.

ނަމަވެސް މިނިސްޓްރީގެ ސުއޫދާ އަބްދުﷲ ފޯމްފުރަން އިން މޭޒުގައި އޮތީ ޕީއެންސީގެ ލޯގޯ ޖެހި ޕީއެންސީގެ ފޯމުތަކެވެ. އެތަނުގައި 5 މުވައްޒަފަކު ކުރަމުންދިޔައ ޕީއެންީއަށް ފޯމު ފުރުމުގެ މަސައްކަތެވެ. އެތަނުގައި ތިބި ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ތެރޭގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބު އާމިނަތު ޝުހުދާ، ޕޮލިޓިކަލް ޑިރެކްޓަރ ޖުވައިރިއްޔާ އިބްރާހިމް، ޕޮލިޓިކަލް ޑިރެކްޓަރ މަރިޔަމް އަޒްލިޔާ، ޕޮލިޓިކަލް ޑިރެކްޓަރ ފާތިމަތު ހީނާ ވެސް އިންނެވިއެވެ.

މީގެ އިތުރުން ކޮންޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް ފޯމުތަކުގައި ޖަހަން ނަގާފައި ހުރި ފޮޓޯތައް ފެންނަ އިރު އެ ފޮޓޯތައް ކަފާފައި މޭޒުމަތީގައި ފޯމުތަކުގައި ޖަހަން ތައްޔާރުވެސް ކޮށްފައި ހުރިތަން ފެނެއެވެ.

މި މައްސަލައާއި ގުޅިގެން ޑީއެންއާރުގެ ދެވެރިން ބޭޒާރުވެ ދެއްކި ވާހަކަތައް އަތަށް ގޮވައިފިއެވެ. ޕިއްޒާ ކެއުމުގެ ނަމުގައި ކުރީ އެހެން މަސައްކަތެކެވެ. ދެން ހުއްޖަތަކަށް ދެއްކީ ޑީއެންއާރުގައި އައިޑީކާޑުގެ ކޮޕީ ނުހުންނާނެކަމުގެ ވާހަކައެވެ. ނަމަވެސް އައިޑީކާޑު ހަދަން ބޭނުންވާ ފޯމުގައި ޖަހަންބޭނުންވާ ފޮޓޯތައް ލިބުނީ ކިހިނެއް ހެއްޔެވެ. ވަގު ފޯމުތަކުގައި ޖަހާފައި ހުރީ މީސް މީހުންގެ މުއްދަތު ހަމަވި އައިޑީކާޑުގައި ހުރި ފޮޓޯތަކެވެ. އެ ޕްރިންޓްކޮށް ކަފާ ފޯމުގައި ޖަހަން ތައްޔާރުކޮށްފައި ހުރި ފޮޓޯތައް އަދިވެސް އެހުރީ ފެންނާށެވެ.

ޑީއެންއާރަށް އައިޑީކާޑު ހައްދަން ހުށަހަޅާއިރު، އެ ފޯމުގައި އައިޑީކާޑުގެ ފޮޓޯއެއް ހުންނަންޖެހެއެވެ. ފޯމު އަމިއްލައަށް ހުށަހަޅާނަމަ ފޮޓޯ ނަގާފައި ޖަހަންޖެހެއެވެ. މީގެކުރިން އެ ފޮޓޯތައް ނެގީ އައިޑީކާޑް ޔުނިޓުންނެވެ. އެހެންވީމާ އެ ފޮޓޯތައް އެތަނުގައި ހުންނާނެއެވެ. ފޯމާއެކު އޮންލައިންކޮށް ހުށަހަޅާ ފޮޓޯވެސް ހުންނާނީ އެތަނުގައެވެ. އެތަނުގައި ނެތްކަމަށް ދެކެވޭ ވާހަކައިގެ ދެކޮޅެއް ނުޖެހެއެވެ. ދައުލަތުގެ ލިޔެކިޔުން އެތަނުގައި ނުހުންނާނެކަމަށް ބުނުމުން އެކަން ގަބޫލުކުރާނީ ކާކުހެއްޔެވެ. އަދި ފޯމުތަކުގައި ޖަހާފައި ހުރި ކުރީގެ އައިޑީކާޑުގެ ފޮޓޯތައް ލިބުނީ ކިހިނެއްހެއްޔެވެ.

ސުވާލުތައް ބައިވަރެވެ. ނަމަވެސް އާލީއާއި މަޖީދަށް މިއިން ސުވާލެއްގެ ޖަވާބެއް ނުދެވުނެވެ. ޕިއްޒާކެއިން ފިޔަވައި އެހެން ވާހަކައެއް ޔަގީންކޮށް ވިދާޅެއްނުވެވުމެވެ. އެންމެ ފަހުން ފިއްލެވީއެވެ. ޕިއްޒާދީގެން ޖައްސަން އުޅުނު ސްޓަންޓް އަތަށް ގޮވައި މުޅި ގޭމް ދިޔައީ ޗޮކުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަތުރުވެރިކަމުގެ ދުވަސް: ''އުފާވެރި ދުވަހެއް ނޫން، ފެންނަނީ ރަނގަޅު މަލަމައްޗެއް''

ފަތުރުވެރިކަމުގެ ދުވަސް: ''އުފާވެރި ދުވަހެއް ނޫން، ފެންނަނީ ރަނގަޅު މަލަމައްޗެއް''

27 ސެޕްޓެމްބަރު 2020
ކޮވިޑް-19: ނިއުޔޯކްގެ އެންމެ ޙާލަތު ގޯސް 2 ހޮސްޕިޓަލުން ފެންނަނީ މަރުގެ ބިރުވެރިކަން !

ކޮވިޑް-19: ނިއުޔޯކްގެ އެންމެ ޙާލަތު ގޯސް 2 ހޮސްޕިޓަލުން ފެންނަނީ މަރުގެ ބިރުވެރިކަން !

12 އެޕްރީލު 2020
ކޮވިޑް-19: ނާސާގެ ފޮޓޯތަކުން ފެންނަނީ ޗައިނާގެ ވައި ތަޣައްޔަރުވުން ކުޑަވެ، ސާފުވަމުންދާ މަންޒަރު

ކޮވިޑް-19: ނާސާގެ ފޮޓޯތަކުން ފެންނަނީ ޗައިނާގެ ވައި ތަޣައްޔަރުވުން ކުޑަވެ، ސާފުވަމުންދާ މަންޒަރު

01 މާރިޗު 2020
ހިސާބު އަދަދުތަކުން ފެންނަނީ ކޮންމެ ދުވަހަކު ކުޑަކުއްޖަކު ޖިންސީ ޝިކާރައަކަށް ވެގެންދާތަން

ހިސާބު އަދަދުތަކުން ފެންނަނީ ކޮންމެ ދުވަހަކު ކުޑަކުއްޖަކު ޖިންސީ ޝިކާރައަކަށް ވެގެންދާތަން

20 ޖެނުއަރީ 2020
ރައީސްގެ ފޮޓޯއިން ފެންނަނީ ދެއްކުންތެރި ކަން؟ މިނިމަމް ވޭޖަކީ ޖޯކެއް ނޫން!

ރައީސްގެ ފޮޓޯއިން ފެންނަނީ ދެއްކުންތެރި ކަން؟ މިނިމަމް ވޭޖަކީ ޖޯކެއް ނޫން!

11 ޖެނުއަރީ 2020

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު