Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދައުރުން ބޭރުގެ ދެވަނަ ޖަލްސާ

މަގާމު ބަދަލު ކުރި ވަޒީރުންނަށް މަޖިލީހުން ރުހުން ދީފި

މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2025 | ހޯމަ 08:27
މަގާމު ދަބަލުކުރި ވަޒީރުންނަށް ރުހުން ދިނުން. ފޮޓޯ: ރައީސް އޮފީސް

މަގާމު ދަބަލުކުރި ވަޒީރުންނަށް ރުހުން ދިނުން. ފޮޓޯ: ރައީސް އޮފީސް

ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލާ ގުޅިގެން މަގާމު ބަދަލުވި ހަތަރު ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ދައުރުން ބޭރުން ހޯމަ ދުވަހު ބޭއްވި ދެވަނަ ޖަލްސާގެ ބައްދަލުވުމުގައި ރުހުން ދޭން ފާސްކުރީ ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އާއި އެގްރިކަލްޗާ އެންޑް ވެލްފެއާ މިނިސްޓަރު، ޑރ. މަރިޔަމް މާރިޔާގެ އިތުރުން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު އަށެވެ.

Advertisement - newsAdvertisement

މި މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގައެވެ. ކޮމިޓީން މީގެ ކުރިން ވެސް އެ މިނިސްޓަރުންނަށް ރުހުން ދީފައިވާތީ، އިއްޔެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވެސް ހުރިހާ މެންބަރުންގެ އިއްތިފާގުން ރުހުން ދިނުމަށް ވަނީ ފާސްކޮށްފައެވެ.

އޭގެއިތުރުން، ހޯމަ ދުވަހު ބޭއްވި ޖަލްސާގައި އެ މިނިސްޓަރުންނަށް ރުހުން ދޭން ވޯޓަށް އަހައި، ހަތަރު މިނިސްޓަރުންނަށް ވަނީ ރުހުން ދީފައެވެ.

އެގޮތުން، ޕްލޭނިން އެންޑް ފިނޭންސް މިނިސްޓަރު ކަމަށް ޒަމީރު އައްޔަން ކުރުމަށް 67 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓަކްޗާ މިނިސްޓަރު ކަމަށް މުއްތަލިބު އައްޔަން ކުރަން ފާސްކުރީ ވެސް 69 މެންބަރުންގެ އިއްތިފާގުންނެވެ. އަދި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރަކަށް މާރިޔާ އައްޔަންކުރަން ފާސްކުރީ 70 މެންބަރުންގެ އިއްތިފާގުންނެވެ.

ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް މިނިސްޓަރު ކަމަށް ޑރ. ހައިދަރު އައްޔަން ކުރަން 64 މެންބަރުން ތާއިދުކުރިއިރު، ހަ މެންބަރަކު ވަނީ ދެކޮޅަށް ވޯޓު ދެއްވާފައެވެ. އެއީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ އިތުރުން ޕީއެންސީއަށް ނިސްބަތްވާ ދާންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ފަޒީލް އެވެ.

މީގެ ކުރިން ވެސް ރައީސް މުއިއްޒު ވަނީ ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނަވާފައެވެ.

މިދިޔަ ޑިސެމްބަރު 26، ގައި ރައީސް މުއިއްޒު ގެންނެވި ބަދަލުގެ ދަށުން ހައުސިން މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ޕްލޭނިންގެ މަސައްކަތްތައް ފިނޭންސަށް އަދި ހައުސިންގެ މަސައްކަތްތައް ކޮންސްޓްރަކަޝަން މިނިސްޓްރީއަށް ވަނީ ބަދަލުކޮށްފަ އެވެ.

އެ ބަދަލު ގެންނެވުމަށްފަހު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު ބަދަލު ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރަށެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމުގައި ހުންނެވި ޑރ. މަރިޔަމް މާރިޔާ ބަދަލު ކުރެއްވީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު