Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލެޓާއި ގޯތީގެ މައްސަލަ

ފްލެޓާއި ގޯތީގެ މައްސަލައިގައި އެމްޑީޕީން ހުށަހެޅި ސިޓީގެ ޖަވާބެއް އަދިވެސް ނުލިބޭ

19 ޖެނުއަރީ 2025 | އާދީއްތަ 07:52

ގޯއްޗާއި ފްލެޓް ދޫނުކުރާނަމަ ސީދާ ހަރަކާތަށް ނުކުންނާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ޖެނުއަރީ 2025 | އާދީއްތަ 07:52
ގޯއްޗާއި ފްލެޓްގެ މައްސަލައިގައި ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން

ގޯއްޗާއި ފްލެޓްގެ މައްސަލައިގައި ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި، ގޯތިތައް ދޫނުކޮށް ލަސްކުރާ މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހައުސިން މިނިސްޓްރީ އަށް ހުށަހެޅި ސިޓީގެ ޖަވާބު އަދިވެސް ނުލިބޭކަމަށް އެ ޕާޓީ އިން ބުނެފިއެވެ.

7 ޖެނުއަރީގައި ހުށަހެޅި އެ ސިޓީގެ ޖަވާބު ނުލިބޭކަން ހާމަަކުރައްވާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވަނީ މި މައްސަލައިގައި ސަރުކާރުން އަމަލުކުރާ ގޮތަށް ފާޑުވިދާޅުވެފައެވެ. ނިޔާޒް މި މޭރުމުން ވާހަކަދައްކަވާފައި ވަނީ ގޯއްޗާއި ފްލެޓް ދިނުން ލަސްވާތީ ހައުސިން މިނިސްޓްރީ ކައިރީގައި އާއްމުން ކުރި އިހުތިޖާޖުގައި ބައިވެރިވެވަޑައިގެން ރާއްޖެއެމްވީ އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

Advertisement - newsAdvertisement

އެގޮތުން، ކުރީ ސަރުކާރުގައި ދޫކޮށްފައިވާ ފްލެޓާއި، ގޯތިތައް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަންޖެހޭނެ ކަމަށާއި، އެކަން ނުކޮށް ތިބީ ސިޔާސީ މަގްސަދެއްގައި ކަމަަަަށް ނިޔާޒް ވިދާޅުވިއެވެ. އަދި އާއްމު ރައްޔިތުންގެ ހައްގުތައް ހޯދުމަށް އެމްޑީޕީން ކުރާ މަސައްކަތް ކުރިއަށް އޮތްތަނުގައި އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތް ކުރުމަށް އެމްޑީޕީގެ އެތެރޭގެ ކޮމިޓީތައް ވެސް އެކުލަވާލާފައިވާ ކަމަށާއި ބޯހިޔާވަހިކަމުގެ މައްސަލަ އަަށް އެމްޑީޕީން ޚާއްސަ ސަމާލުކަމެއް ދޭ ކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އެމްޑީޕީން ހުށަހަޅާފައިވާ ސިޓީގެ ޖަވާބު ހޯދުމަށް ހައުސިން މިނިސްޓްރީ އަށް އެމްޑީޕީން އާދިއްތަ ދުވަހު ދިޔަ ނަމަވެސް ހައުސިން މިނިސްޓްރީ އަށް ވަނުމަށް ފުރުސަތު ލިބިފައި ނުވާ ކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ. ދަރުބާރުގޭގައި މިހާރު ހިންގާ ހައުސިން މިނިސްޓްރީގެ ސެކިއުރިޓީ ބަލަހައްޓަން ފުރުސަތު އެ ފަރާތްތަކަށް ދީފައި ނުވަނީ އެ ސަރަހައްދުގައި އިހުތިޖާޖުކުރާ މީހުންނަށް އެތެރެއަށް ނުވަދެވޭނެ ކަމަށް ބަޔާންކުރުމަށް ފަހުގައި ކަމަށް ވެސް ނިޔާޒް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމްޑީޕީން ރަސްމީކޮށް ހުށަހަޅާފައިވާ ސިޓީ އެއްގެ ޖަވާބު ހޯދަން އައިކަމަށް ބުނުމުން ވެސް މިނިސްޓްރީ ތެރެއަށް ވަދެވޭ ގޮތް ނުވިކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި، ގޯތިތައް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަންޖެހޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި ގޯއްޗާއި ފްލެޓް ދޫނުކުރާނަމަ ސީދާ ހަރަކާތަށް ނުކުންނާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މީގެ އިތުރުން ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަންގެ (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަޑު އެއްބަފާ ބޭބެއަށް ހުޅުމާލެ-ފޭސް2 އަކުން ގޯއްޗެއް ދޭން މަސައްކަތް ކުރި މައްސަލައިގެ ޒިންމާވެސް ސަރުކާރުން ނަގަން ޖެހޭނެ ކަމަަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ ރޯދައިގެ ކުރިން ފްލެޓް ލިސްޓް އާއްމު ކުރާނެ ކަަމަށެވެ. ނަމަވެސް އެކަން އެގޮތަށް ހިނގާފާނެކަމާއި މެދު އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް