Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަތުރުވެރިކަން

ބީބީސީ އިން ހާމަކުރި 2025 ވަނަ އަހަރު ޒިޔާރަތްކުރަން އެންމެ ސަޅި 25 މަންޒިލުގެ ތެރޭގައި ސަރަހައްދުގެ 3 ގައުމު، ރާއްޖެ އެއް ނެތް!

ލިސްޓު އެކުލަވާލީ އެތައް ފަރާތްތަކެއްގެ ލަފަޔާއި މަޝްވަރާގެ މަތިން ކަމަށް ބީބީސީ އިން ބުނޭ

ރާއްޖެ އެމްވީ | 18 ޖެނުއަރީ 2025 | ހޮނިހިރު 17:30
ނޮވެމްބަރު 6، 2024 -  ލަންކާގެ މިނެރިއާ ނޭޝަނަލް ޕާކުގައި ފަތުރުވެރިންތަކެއް ޖިޕްތަކުގައި ދަތުރުކުރަމުން ދާއިރު އެތްތަކެއް އެ ސަރަހައްދު ގައި އުޅެމުންދަނީ

ނޮވެމްބަރު 6، 2024 - ލަންކާގެ މިނެރިއާ ނޭޝަނަލް ޕާކުގައި ފަތުރުވެރިންތަކެއް ޖިޕްތަކުގައި ދަތުރުކުރަމުން ދާއިރު އެތްތަކެއް އެ ސަރަހައްދު ގައި އުޅެމުންދަނީ

2025 ވަނަ އަހަރު ޒިޔާރަތްކުރަން އެންމެ ސަޅި 25 މަންޒިލު ބީބީސީ އިން ހާމަ ކޮށްފިއެވެ.

ބީބީސީގެ ލިސްޓުގައި ހިމެނޭ 25 މަންޒިލުގެ ތެރޭގައި ދެކުނު އޭޝިއާ ސަރަހައްދުގެ 3 ގައުމު ކަމުގައިވާ ޕާކިސްތާން، ސްރީލަންކާ، ބޫޓާން ހިމެނުނު ނަމަވެސް ފަތުރުވެރިކަމަށް މަޝްހޫރު ދިވެހ ރާއްޖެ އެ ލިސްޓުގައި ހިމެނިފައެއް ނުވެއެވެ.

ބީބީސީ އިން ބުނެފައިވަނީ މި 25 ތަނުގެ ތެރެއިން ކޮންމެ ތަނަކީވެސް ހަމައެކަނި ޒިޔާރަތްކުރާ މީހުންނަށް މަރުޙަބާ ކިޔައި އަދި ފާހަގަކޮށްލެވޭފަދަ ދަތުރުފަތުރުގެ ތަޖުރިބާތަކެއް ހޯދައިދޭ ތަންތަން އެކަނި ނޫން ކަމަށެވެ. އޭގެ އިތުރުން މި ތަންތަނަކީ ފަތުރުވެރިކަން މެދުވެރިކޮށް އެ ތަންތަނުގެ މުޖުތަމަޢުތަކަށް އެހީތެރިވެދީ، ތިމާވެށި ރައްކާތެރިކުރުމާއެކު އެ ތަންތަނުގެ ޚާއްޞަ ސަގާފީ ތަރިކަ ދެމެހެއްޓުމަށް މަސައްކަތްކުރާ ތަންތަން ކަމަށެވެ.

ބީބީސީ އިން ބުނީ މި ލިސްޓު އެކުލަވާލީ ބީބީސީގެ ޓްރެވަލް ނޫސްވެރިންނާއި ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓްރެވަލް އޯގަނައިޒޭޝަން އާއި ސަސްޓެއިނަބަލް ޓްރެވަލް އިންޓަރނޭޝަނަލް އާއި ބްލެކް ޓްރެވަލް އެލަޔަންސް އަދި ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް ފަދަ ފަރާތްތަކުގެ މަޝްވަރާގެ މަތިން ކަމުގައެވެ.

ބީބީސީ ޓްރެވަލްގައިޑް ގައި މި ސަރަހައްދުން ސްރީލަންކާ ވަނީ 2025 ވަނަ އަހަރު ދަތުރުކުރުމަށް އެންމެ ރަނގަޅު 10 މަންޒިލުގެ ތެރޭގައި ހިމެނިފައެވެ.

ސްރީލަންކާ ވަނީ ބީބީސީ އިން އެކުލަވާލި ލިސްޓުގެ 9 ވަނަ އަށް ހޮވިފައެވެ.

ބީބީސީގެ ގައިޑް ގައި ސްރީލަންކާ އާ ބެހޭ ގޮތުން ބުނެފައިވަނީ އެއީ މެހުމާނުންނަށް ހޫނު މަރުހަބާ އެއް ކިޔާ ގައުމަކަށް ވުމުގެ އިތުރުން އެ ޤައުމަކީ ފަރުބަދަމަތީގެ ފިނި ސަރަހައްދުތަކުގެ ސާދާ ދަނޑުތަކާއި، މިނިވަންކަމާއެކު އުޅޭ އެތްތަކާއި، ޒަމާންވީ އާސާރީ ތަރިކަތަކަށް މަޝްހޫރު ޤައުމެއް ކަމަށެވެ. އަދި މި ޤައުމަކީ ޒިޔާރަތްކުރާ މީހުންނަށް ގިނަ އަދަދެއްގެ ފާހަގަކޮށްލެވޭފަދަ ދަތުރުފަތުރުގެ ތަޖުރިބާތަކެއް ހޯދައިދޭ ޤައުމެއް ކަމަށް ވެސް ބުނެފައިވެއެވެ.

ބީބީސީ ލިސްޓުގެ އެއްވަނައިގައި ވަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއް ކަމަށްވާ ޑޮމިނިކާ އެވެ.

ކެރިބިއަން ގެ މި ގައުމުން ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާއި އަދި ދެމެހެއްޓެނިވި ފަތުރުވެރިކަން އާލާކުރުމަށް މަސައްކަތް ކުރާ ކަމަށް ބުނެފައިވެއެވެ. މި ޖަޒީރާ ޤައުމުން ދާދި ފަހުން ވަނީ ދުނިޔޭގެ ފުރަތަމަ ސްޕަރމް ވޭލް ރިޒާވް ޤާއިމުކޮށްފައި ކަމަށް ވެސް ބުނެފައިވެއެވެ. މިއީ އެތަނުގައި ދިރިއުޅޭ ބޮޑެތި ސްޕާރމް ވޭލް ރައްކާތެރިކުރުމަށްޓަކައި ޚާއްޞަކޮށް ރައްކާތެރި ކޮށްފައިވާ ކަނޑުގެ ސަރަޙައްދެއް ކަމަށް ބުނެފައިވެއެވެ. ހުއްދަ ލިބިގެން މި ސޮރުމެންނާއެކު ފަތާ، ފީނާލަން ލިބޭ ފުރުސަތަކީ އުމުރަށް ހަނދާންނައްތާ ނުލެވޭނެ ތަޖުރިބާއެއް ހޯދައިދޭނެ ކަމެއް ކަމަށް ވެސް ބީބީސީ އިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

03 މެއި 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު