Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ވުލްވްސްބާގް ބަލިކޮށް، ބަޔާން ކުރިއަށް

މޮޅާއެކު ލީގު ތާވަލްގެ އެއް ވަނައިގައި ބަޔާން އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 18 މެޗުން 45 ޕޮއިންޓު ހޯދައިގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖެނުއަރީ 2025 | އާދީއްތަ 03:29
ޖަރުމަނު ލީގުގައި ބަޔާން އާއި ވުލްވްސްބާގް ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ބަޔާން އާއި ވުލްވްސްބާގް ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ވުލްވްސްބާގާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާން މިއުނިކުން ލީގު ތާވަލްގެ އެއް ވަނައިގައި ކުރިއަށް ޖެހިލައިފި އެވެ.

ބަޔާންގެ އަމިއްލަ ދަނޑު، އަލިއާންޒް އެރީނާގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ބަޔާނުން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން ދެ ލަނޑު ޖެހިއިރުމ ވުލްވްސްބާގުން އެއް ލަނޑު ޖެހި އެވެ. ދެ ވަނަ ދެ ޓީމުގެ އަނެއް ލަނޑުތައް ފެނުނީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ލިއޯން ގޮރެޓްޒްކާ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޔޯޝުއާ ކިމިކް އެވެ. އޭގެ ފަހުން މެޗުގެ 24 ވަނަ މިނެޓުގައި މުޙައްމަދު އަމޯރާ ޖެހި ލަނޑުން ވުލްވްސްބާގުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ނަމަވެސް، މެޗުގެ 39 ވަނަ މިނެޓުގައި ބަޔާނުން ވަނީ ދެ ވަނަ ލަނޑެއް ޖަހައި އަލުން ލީޑު ނަގައިފަ އެވެ. ބަޔާންގެ ދެ ވަނަ ލަނޑު މައިކް އޮލައިސޭ ޖެހީ ލެރޯރީ ސާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކިމިކް ބަޔާންގެ ތިން ވަނަ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގެ 62 ވަނަ މިނެޓުގައި ގޮރެޓްޒްކާ ވަނީ ބަޔާންގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ވުލްވްސްބާގްގެ ދެ ވަނަ ލަނޑު ޖެހީ ވެސް އަމޯރާ އެވެ.

މޮޅާއެކު ލީގު ތާވަލްގެ އެއް ވަނައިގައި ބަޔާން އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 18 މެޗުން 45 ޕޮއިންޓު ހޯދައިގެންނެވެ. 14 މެޗުން ބަޔާން މޮޅުވެފަައިވާއިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި ބަޔާން ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު