Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަގު ފޯމް މައްސަލަ

ޝިފާޒްގެ ސުވާލެއް ދިވެހި ފުލުހުންނަށް! ތިބޭފުޅުންގެ އެންމެ އިސްވެރިޔާ ބޮޑު ވައްކަމެއް ކުރުމުން ކިހިނެއްތޯ ހައްދަވާނީ؟

17 ޖެނުއަރީ 2025 | ހުކުރު 03:20

ހޯމް މިނިސްޓަރު ކުރެއްވި ވައްކަމުގެ ވާހަކަ ދައްކާ އަޑުއުފުލުމުން ރައްޔިތުންނާ ދިމާލަށް ފުލުހުން އަންނާނީތޯ ޝިފާޒް ސުވާލު އުފެއްދެވި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 17 ޖެނުއަރީ 2025 | ހުކުރު 03:20
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަގު ފޯމު ފުރައިގެން އެތައް ބަޔަކު ވައްދާފައިވާ މައްސަލައިގައި ތަޙުޤީޤީ އިދާރާގެ އިސްވެރިޔާ ކުރެއްވި ވައްކަމާ ގުޅިގެން ފުލުހުން އަމަލުކުރާނީ ކޮން ގޮތަކަށްތޯ ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ސުވާލު އުފައްދަވައިފިއެވެ.

އެމްޑީޕީން ބުރާސްފަތި ދުވަހުގެރޭ ޕީޓްރަލް ޕާކު ކަންމަތީގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، ފެނިގެން މިދިއައީ ދިވެހި ރައްޔިތުންގެ ޝަޚުޞު ވަގަށް ނެގިތަންކަމަށެވެ. ޝިފާޒް ވިދާޅުވި ގޮތުގައި ޑީއެންއާރުގެ މުޅި ޑޭޓާ ނަގައިގެން ރައްޔިތުންގެ މެމްބަރޝިޕް ކަހާލާފައިވާއިރު، މީގެ އެންމެ ނުރައްކާތެރި ކަމަކީ މިކަމާ ގުޅިގެން ކުރެވޭނެ އެއްވެސް ކަމެއް ނެތުމެވެ.

Advertisement - newsAdvertisement

"މި ޤާނޫނު އަސާސީ ހޯދި އެންމެ މުހިންމު އެއް ބޭނުން. އަނެއްކާ ބީވެ މިދިޔައީ. އެއްބާރު އަނެއްބާރަށް ފާރަވެރިވެވޭނެ ދައުލަތް ހިންގުމުގެ ނިޒާމް. ރައްޔިތުންގެ މަޖިލީހުން ކުރެވޭނެ ކަމެއް ނެތް. ކޮށްގެން މިއުޅޭ ކަމަކީ ފުލުހުންގެ އެންމެ އިސްފަރާތް ވައްކަން ކުރީ. އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަމާއި ހިމާޔަތާއި އަދި ޤާނޫނު ތަންފީޒު ކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރައްވަން ހުންނެވި ހޯމް މިނިސްޓަރު އިސްވެ ހުންނަވައިގެން ފުލުހުންގެ ވެރިޔާ، މުޅި ތަޙުޤީޤީ އިދާރާގެ އެންމެ އިސްވެރިޔާ މިއުޅެނީ ބޮޑު ވައްކަމެއް ކޮށްގެން. ސުވާލަކީ އެ ވައްކަން ދެން ބަލާނީ ކާކުހޭ. އެކަން ތަޙުޤީޤު ކުރާނީ ކާކުހޭ" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ ދިވެހި އެއްވެސް ފަރުދަކަށް ނުދޭހާ އިނާޔަތާ، ހިމާޔަތާ ރައްކާތެރިކަން ދިވެހި ފުލުހުންނަށް ލިބޭ ކަމަށާއި، އެއީ ރައްޔިތުންގެ ދިފާޢުގައި ތިއްބަވާތީ ކަމަށެވެ.

"ތިބޭފުޅުންނަށް މުސާރަ ދެނީ ހަމަ މި ރައްޔިތުންގެ ފައިސާއިން. އިޝުއަރެންސް ދެން، ބޯހިޔާވަހިކަން ދެން، ޔުނީފޯމްވެސް ދެން، އަނބިދަރިންނަށްވެސް ބޭސްފަރުވާދެން. ދިވެހި އެއްވެސް ފަރުދަކަށް ނުދޭހާ އިނާޔަތާ، ހިމާޔަތާ ރައްކާތެރިކަން ލިބޭ ދިވެހި ފުލުހުންނަށް. އަޅުގަނޑުމެން ލޯބިން ކޮށްދޭ ކަމެއް އެއީ. އަޅުގަނޑުމެންގެ ދިފާއުގައި ތިއްބަވާތީ އުފަލުން ކޮށްދޭ ކަމެއް އެއީ" ޝިފާޒް ވިދާޅުވިއެވެ. 

ޝިފާޒް ވަނީ، ފުލުހުންގެ އެންމެ އިސްވެރިޔާ މިވަރުގެ ބޮޑު ވައްކަމެއް ކުރުމުން ހައްދަވާނީ ކިހިނެއްތޯ ފުލުހުންނާ ސުވާލު ކުރައްވާފައެވެ.

"ތިބޭފުޅުންގެ އެންމެ އިސްވެރިޔާ މިވަރުގެ ބޮޑު ވައްކަމެއް ކުރީމާ ތިބޭފުޅުން ކިހިނެއްތޯއޭ ހައްދަވާނީ. އަޅުގަނޑުމެން އެކަމަށް އަޑު އުފުލަން ނުކުތީމާ އަޅުގަނޑުމެންނާ ދިމާލަށް އިދިކޮޅަށް އަންނާނީތޯއޭ" ޝިފާޒް ސުވާލު ކުރެއްވިއެވެ.

ޝިފާޒް ވިދާޅުވީ، މި ޤާނޫނުއަސާސީ އެންމެ ބޮޑަށް ބޭނުންވެފައިވަނީ ފުލުހުންގެ އިތުބާރު ޤާއިމުކުރުމަށް ކަމަށާއި، ރައްޔިތުންގެ އިތުބާރު ދިވެހި ފުލުހުންގެ މުއައްސަސާއަށް ހޯދުން ކަމަށެވެ. ނަމަވެސް، އެކަން ކިރިޔާ ވާން އުޅޭ ހިސާބަށް ދާއިރަށް ކޮންމެ ފަހަރަކު ފަނުފުލުން ދުއްވާލާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝިފާޒް ވިދާޅުވި ގޮތުން އެކަން އެހެންވަނީ "މިފަދަ ނާޤާބިލު ޖާހިލު ވެރިން އަޅުގަނޑުމެންނަށް ލިބޭތީ" އެވެ.

ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކުރުމުގެ މި ބޮޑު ޖަރީމާ ހިންގުމުގައި ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނު އިސް ދައުރެއް އަދާކޮށްފައިވާތީ މިނިސްޓަރުގެ އެ ހުތުރު އަމަލު އެތައް ބަޔަކު ވަނީ ކުށްވެރިކޮށްފައެވެ.

އިދިކޮޅު އެންމެ ބޮޑު އެއް ޕާޓީ އެމްޑީޕީ އިން ވަނީ މިމައްސަލަ ތަހުގީގު ކުރުމަށް ގޮވާލުމާއެކު، އިންސާފުވެރިކަމާއެކު ތަހުގީގު ހިންގަން މިނިސްޓަރ އިހްސާން މަގާމުން އެކަހެރި ކުރުމަށް ވެސް ގޮވާލާފައެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މުވައްޒަފުންނާއި، ވަސީލަތްތަކާއި އެ އިދާރާގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމުގެ މުޅި އިޖުރާއަތު ހިނގައިދިޔައީ މިނިސްޓަރު އިހުސާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށްވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ލީކުވި ފޮޓޯތަކުގައި ހޯމް މިނިސްޓަރ އަލީ އިހްސާނުގެ ބެއްލެވުމުގެ ދަށުން ފޯމު ފުރަނިކޮށް ހާމަވި ފޮޓޯތަކުގައި ފެންނަ ތަނަކީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ކަން އެތަން އެނގޭ ތިން މުވައްޒަފަކު ވަނީ ރާއްޖެއެމްވީ އަށް ކަށަވަރު ވެސް ކޮށްދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް