Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައިޑެންޓިޓީ ފްރޯޑް

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު އައިޑެންޓިޓީ ވައްކަން ކުރީ މި ސަރުކާރުން - މީކާއިލް

މީކާއިލް ވަނީ ރައްޔިތުން ނުކުމެ ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވަން ޖެހޭ ކަމަށް ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2025 | ބުރާސްފަތި 15:01
"ފުދިއްޖެ، ފުނޑިއްޖެ" ދޮރުން ދޮރަށް ތެރެއިން

"ފުދިއްޖެ، ފުނޑިއްޖެ" ދޮރުން ދޮރަށް ތެރެއިން

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު އައިޑެންޓިޓީ ވައްކަން ކުރީ މި ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީން ބޭއްވުމަށް ރާވާފައިވާ 'ފުދިއްޖެ، ފުނޑިއްޖެ' އެއްވުމާއި ގުޅިގެން ހިންގާ ދޮރުން ދޮރަށް ހަރަކާތުގެތެރެއިން ރާއްޖެއެމްވީ އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ޕީއެންސީއަށް 100،000 މެންބަރުން ހަމަކުރުމަށް އެ ޕާޓީން ކުރިއަށްގެންދިޔަ މެމްބަރޝިޕް ޑްރައިވްގެ ތެރެއިން ހޯމް ސެކްޓަރ ޓީމުން ޑީއެންއާރުގައި ހުރި ޒާތީ މައުލޫމާތު އެއްކޮށް ފޯމު ފުރިކަމަށް ދިޔައީ ތުހުމަތުކުރަމުންނެވެ. އަދި މި ކަމުގައި އެންމެ އިސްކޮށް ހުންނެވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންކަމަށް ތުހުމަތުކުރެވުމުންވެސް ތަކުރާރުކޮށް އެ މިނިސްޓްރީއާއި މިނިސްޓަރުވެސް ގެންދެވީ އެކަން ދޮގުކުރައްވަމުންނެވެ. އެހެންނަމަވެސް ތަކުރާރުކޮށް އިންކާރުކުރައްވަނިކޮށް އެންމެ ފަހުން ޑީއެންއާރުތެރޭގައި ފޯމުފުރުމުގެ މަސައްކަތުގައި ހުންނަވަނިކޮށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާންގެ ފޮޓޯތައް ވަނީ ފަހުން ލީކުކޮށްލާފައެވެ.

އެކަމާއި ގުޅިގެން މިނިސްޓަރ އިހުސާންގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ވަނީ ނިންމާފައެވެ. އެ މައްސަލަ އަށް އިޝާރާތްކުރައްވާ މީކާއިލް ވިދާޅުވީ މިއީ ސީދާ ރައީސްގެ ބެލުމުގެ ދަށުން ހިނގި ކަމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.  މި އަމަލަކީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ނާޖާއިޒް މަންފާއެއް ހޯދައި ދިނުމުގެ އަމަލެއްކަމަށް ފާހަގަކުރައްވާ އޭނާ ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. މިފަދަ ވައްކަންތަކާއި ދެކޮޅަށް ތެދުވެ ސަރުކާރަށް މެސެޖެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރު އޮތީ ވަރަށް ބޮޑަށް ފުދިފައި ކަމަށާއި ސަރުކާރަށް އާއްމުންގެ ނުރުހުން އެންގުމަށް 31ގައި ބާއްވާ އެއްވުމުގައި ބައިވެރިވުން މުހިންމުކަމަށެވެ. މީކާއިލް ވަނީ ރައްޔިތުން ނުކުމެ ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރީ 9 ޖެނުއަރީ 2025ގައެވެ. އިދިކޮޅު މައި ސިޔާސީ ޕާޓީ، އެމްޑީޕީން މަގުމައްޗަށް ނުކުންނަން ފާސްކުރީ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެންނެވެ. މި ބައްދަލުވުމުގައި ރިޔާސަތުން ހުށަހެޅީ 31 ޖެނުއަރީގައި "ގާނޫނުއަސާސީގެ ދިފާއުގައި" މަގުމައްޗަށް ނުކުތުމަށެވެ. 31 ޖެނުއަރީގާއި ބާއްވާ އެ އެއްވުން އޮންނާނީ އެ ދުވަހު ހަވީރެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު