Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަގުފޯމް ފުރުން

ތަކުރާރުކޮށް އިންކާރުކުރައްވަނިކޮށް އެންމެ ފަހުން ޑީއެންއާރުތެރޭގައި ފޯމުފުރުމުގެ މަސައްކަތުގައި ހުންނަވަނިކޮށް އިހުސާންގެ ފޮޓޯތައް ލީކުކޮށްލައިފި

15 ޖެނުއަރީ 2025 | ބުދަ 12:43

އައިޑީކާޑް ހެދުމަށް މީހުން ދީފައި ހުންނަ ފޮޓޯ ޕްރިންޓްކޮށް ކަފާ ފޯމްތަކުގައި ޖަހާތަން ފެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ޖެނުއަރީ 2025 | ބުދަ 12:43
ޑީއެންއާރުތެރޭގައި ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމް ފުރަމުންދާއިރު މިނިސްޓަރާއި ސިޔާސީ ޓީމު އެ މަސައްކަތުގައި

ޑީއެންއާރުތެރޭގައި ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމް ފުރަމުންދާއިރު މިނިސްޓަރާއި ސިޔާސީ ޓީމު އެ މަސައްކަތުގައި

ތަކުރާރުކޮށް އިންކާރުކުރައްވަނިކޮށް އެންމެ ފަހުން ޑީއެންއާރުތެރޭގައި ފޯމުފުރުމުގެ މަސައްކަތުގައި ހުންނަވަނިކޮށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާންގެ ފޮޓޯތައް ލީކުކޮށްލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ޕީއެންސީއަށް 100،000 މެންބަރުން ހަމަކުރުމަށް އެ ޕާޓީން ކުރިއަށްގެންދިޔަ މެމްބަރޝިޕް ޑްރައިވްގެ ތެރެއިން ހޯމް ސެކްޓަރ ޓީމުން ޑީއެންއާރުގައި ހުރި ޒާތީ މައުލޫމާތު އެއްކޮށް ފޯމު ފުރިކަމަށް ދިޔައީ ތުހުމަތުކުރަމުންނެވެ. އަދި މި ކަމުގައި އެންމެ އިސްކޮށް ހުންނެވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންކަމަށް ތުހުމަތުކުރެވުމުންވެސް ތަކުރާރުކޮށް އެ މިނިސްޓްރީއާއި މިނިސްޓަރުވެސް ގެންދެވީ އެކަން ދޮގުކުރައްވަމުންނެވެ.

Advertisement - newsAdvertisement

އެންމެފަހުން އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޒިޔާދު ވަގަށް ނަގައި، ޑީއެންއާރުގައި ހުރި ފޮޓޯއާއި މައުލޫމާތު ބޭނުންކޮށްގެން، ހޯމްލޭންޑްގެ ސިޔާސީ އިސްފަރާތްތަކުން ފޯމުގައި ސޮއި ފޯޖްކޮށް އިނގިލީގެ ނިޝާން ޖަހާ ޕާޓީ ބަދަލުކުރަން ފޮނުވާ އެކަން ވަނީ ފަޅާ އަރާފައެވެ. ހޯމް ސެކްޓަރގެ ޓީމުން ޑީއެންއާރުގައި ތިބެ ފޯމް ފުރާ މަންޒަރާއި، އިނގިލީގެ ނިޝާންތައް ޖަހާޖަހާ ގޮސް އިނގިލީގެ ޕްރިންޓް ގެއްލޭވަރަށް ކަންކަންކުރި ފޮޓޯތައް އާންމުވުމުންވެސް މިހާރު ވެރިކަން ކުރާ ޕީއެންސީން ގެންދިޔައީ އެކަން ދޮގުކުރަމުންނެވެ.

އަދި ހޯމް މިނިސްޓަރުވެސް ގެންދެވީ ތުހުމަތުތަކަށް އިންކާރުކުރައްވާ ކުރީ ސަރުކާރުގެ ވާހަކައާއި އެކަމަށް ފަސްއަޅާ ފޮރުވަމުންނެވެ. އެންމެފަހުން ހޯމް މިނިސްޓަރު ޑީއެންއާރުގައި ހުންނަވާ ފޯމް ފުރުމުގެ މަސައްކަތުގައި ސިޔާސީ ފަރާތްތައް އަވަދިނެތި އުޅޭ ފޮޓޯތަކެއް ވަނީ ލީކުކޮށްލާފައެވެ.

ލީކުކޮށްލި ފޮޓޯތަކުގައި ފެންނަ ގޮތުން ޑީއެންއާރު ތެރޭގައި ހޯމްލޭންޑްގެ ޑެޕިއުޓީ މިނިސްޓަރ އަދި ޑީއެންއާރާއި ހަވާލުވެ ހުންނެވި އަހުމަދު އަލީއާއި ސިޔާސީ އިސް އެހެން ފަރާތްތަކާއެކު މިނިސްޓަރު އިހުސާން އިށީންދެގެން އިންނެވި މޭޒުމަތީގައި ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމްތައް ދިޔައީ ފުރަމުންނެވެ. މިނިސްޓަރު އިންނެވީ ވެސް އެއިރު ފޯނެއްގައެވެ.

މީގެ އިތުރުން އެ މަސައްކަތް ކުރި މީޓީންގ ރޫމެއް ކަމަށް ބެލެވޭ ތަނުގައި ޑީއެންއާރުގައި އައިޑީކާޑް ހަދަން ދީފައި ހުންނަ އައިޑީ ފޮޓޯތައް ޕްރިންޓްކޮށް ފޯމުގައި ޖަހަން ފޮޓޯތައް ކަފަމުން ދާތަން ފެނެއެވެ. މީގެ އިތުރުން ޕީއެންސީއަށް ފޯމްތައް ފުރަމުންދިޔަ އިރު މިނިސްޓަރު އިހުސާން ކައިރިން އެކަންކަން ބައްލަވަމުން ގެންދަވާކަންވެސް ފޮޓޯތަކުން ހާމަވެއެވެ.

މީގެ އިތުރުން ފޯމްތައް ފުރަމުންދިޔަ އިރު މީޓީންގ ރޫމުގައި ހުރި ޓީވީއަކުން ފޯމުގައި ޖަހަންޖެހޭ މައުލޫމާތާއި ސޮޔާއި އެހެނިހެން މައުލޫމާތުތައް ސާފުކޮށް ޗެކްކުރަމުންދާތަން ވެސް ފެނެއެވެ. އަދި އެންމެ ގިނައިން ފޯމުތަކުގައި އިނގިލީގެ ނިޝާންޖެހިކަމަށް ބުނާ ހޯމްލޭންޑް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ސޫދާ އަބްދުﷲ އެކަމުގައި އަވަދިނެތި އިންނަވާތަން ފެނެއެވެ.

ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ފޮޓޯތަކުން ފެންނަ ގޮތުން މި މަސައްކަތް ކުރި އޮފީހަކީ ވެލާނާގެއެވެ. އަދި ޑީއެންއާރުކަމަށް ބެލެވެއެވެ. އެއީ ފޮޓޯތަކުން އޮފީސް ބޭރު ފެނަން އިރު ހުކުރު މިސްކިތާ ދިމާލުން ހުންނަ ގަސްތަކާއި އެ ހިސާބުގެ ބައެއް އިމާރާތްތައް ކޮންމެވެސް ވަރަކަށް ފެނެއެވެ. މީގެ އިތުރުން ކޮންޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް ފޯމުތަކުގައި ޖަހަން ނަގާފައި ހުރި ފޮޓޯތައް ފެންނަ އިރު އެ ފޮޓޯތައް ކަފާފައި މޭޒުމަތީގައި ފޯމުތަކުގައި ޖަހަން ތައްޔާރުވެސް ކޮށްފައި ހުރިތަން ފެނެއެވެ.

ނަމަވެސް މިހާތަނަށް ވެސް އާންމުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި ސޮއި ފޯޖްކޮށް ވަގަށް ޕިއެންސީއަށް ވެއްދި މައްސަލައިގައި އެއްވެސް ފަރާތަކަށް ފިޔަވަޅު އަޅާފައިނުވެއެވެ. މީގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާންގެ ބެލުމުގެ ދަށުން ޕީއެންސީއަށް ފޯމުފުރި މައްސަލައިގައި ބަހެއް ހޯދުމަށް މަސައްކަތް ކުރިނަމަވެސް ޖަވާބެއް ނުދެއްވާތީ އެ މައުލޫމާތު ވަނީ ސާފުވާގޮތް ނުވެފައެވެ.

ޕީއެންސީން ވަގަށް މެންބަރުން ވެއްދިކަމަށް އެ ޕާޓީން އިއުތިރާފުވެފައިވާއިރު، ޕީއެންސީގެ ތެރެއިން ވަގުފޯމް ފުރިމީހުން އެނގޭ ކަމަށާއި، ޕީއެންސީގެ ތެރެއިން މިކަން ކުރުމަކީ ލަދުވެތިކަމެއް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވަނީ ވިދާޅުވެފައެވެ.

އަސްމާ މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅު އެމްޑީޕީގެ ބައެއް އާންމު މެންބަރުންނާއި، ގައުމީ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަގަށް ޕީއެންސީއަށް ވައްދާފައިވާކަން ފަޅާ އަރާފައިވަނިކޮށް، ޕީއެންސީގެ މަޖިލިސް މެންބަރުން ތިބި ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައެވެ.

އަސްމާ ވިދާޅުވީ އެކަންކުރި މީހުން އެނގޭ ކަމަށާއި، ހިތާމައަކީ ޕީއެންސީގެ ތެރެއިން އެކަން ކުރުން ކަމަށެވެ. އަސްމާގެ މެސެޖުގައި ވިދާޅުވެފައިވަނީ މިއީ މީހުން އިތުރުކުރާ ގޮތް ނޫން ކަމަށާއި، މިއީ ވަރަށް ވިޔާނުދާ ލަދުވެތި ކަމެއް ކަމަށެވެ.

"ވަރަށް ލަދުވެސް ގަނޭ" އަސްމާ ފޮނުވި މެސެޖުގައި ލިޔުއްވާފައިވެއެވެ.

އަސްމާ ވިދާޅުވީ ޕީއެންސީއަށް ވަގަށް ފޯމް ފުރަނީ ކޮންތާކުކަންވެސް މެސެޖުގައި ވިދާޅުވެފައެވެ. އެގޮތުން އެކަން ކުރަނީ ބޮޑުތަކުރުފާނު މަގު އާޓިފިޝިއަލް ބީޗާ ދިމާލުގައި ހުންނަ ޕީއެންސީ ޖަގަހައިގެ ހުންނަ ކޮޓަރިއެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ މެންބަރުން އިތުރުކުރަން ހުށަހެޅި ފޯމުތަކުގައި ބޭނުންކޮށްފައިވަނި އައިޑީ ކާޑުގައި ހުންނަ ފޮޓޯތަކުގައި މީހާ ލައިގެން ހުންނަ ގަމީސް ބަދަލުކޮށްގެން ނުވަތަ ހެދުމުގައި ކުލަ ޖައްސައިގެން ކަމަށެވެ.

ޕީއެންސީއަށް ވަގަށް މީހުން ވައްދާ މައްސަލަ ފެންމަތިވެފައިވާއިރު، ދުވަހަކުވެސް ސިޔާސީ ޕާޓީއަކަށް ނުވަންނަ މީހުންނާއި، އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި މަޖިލިސް މެންބަރުންވެސް ހިމެނެއެވެ. އަދި މި ފޯމްތަކުގައި މައިގަނޑު ގޮތެއްގައި ޒިންމާދާރުވެރިއެއްގެ ގޮތުގައި ޕާޓީގެ ފަރާތުން ސޮއިކޮށްފައި ހުންނަނީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހަމީދެވެ.

މީގެ އިތުރުން އެމްޑީޕީންވެސް ވަނީ އެ ޕާޓީގެ މެންބަރުން ވަގަށް ނަގާ ފޯމުތަކުގައި ސޮއިކޮށް އިނގިލީގެ ނިޝާންޖަހާ ޒިންމާވާނެކަމަށް ބުނެ ސޮއިކުރި ފަރާތްތަކުގެ މައުލޫމާތު ހިމެނޭގޮތަށް އެމްޑީޕީ ހަރުގެ ބޭރުގައި ފޮޓޯތައް ހަރުކޮށްފައެވެ. އާންމު ކުރި ފޮޓޯތަކުގައި ހުރީ، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދާއި، ހޯމްލޭންޑް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ސޫދާ އަބްދުﷲ އާއި، އައިޝަތު އުމައިރާގެ އިތުރުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު ވަގަށް ޕީއެންސީއަށް ވެއްދި ފޯމުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ އަލީ އިޒުހާން އަދި އާމިނަތު އަލީއެވެ.

ޑީއެންއާރުގައި ހުރި އާންމުންގެ ޒާތީ މައުލޫމާތު އެ އިދާރާ ހިންގަން ހަވާލުކުރައްވާފައިވާ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ބެއްލެވުމުގެ ދަށުން ވަގަށް ނަގައި ޕީއެންސިއަށް އާންމުން ވައްދަމުންދާ މައްސަލައިގައި އިހުސާންގެ އިސްތިއުފާއަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖުލައި 2017

މަޖިލިސް މިނިވަން ތަނަކަށް ހެދުމުގެ މަސައްކަތުގައި ބައިވެރިވަން: މެންބަރު ތޯރިގް

10 ޖުލައި 2017
މަޖިލިސް މިނިވަން ތަނަކަށް ހެދުމުގެ މަސައްކަތުގައި ބައިވެރިވަން: މެންބަރު ތޯރިގް
14 ޖޫން 2017

އިސްލާހީ މަސައްކަތުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ރައީސް މައުމޫން

14 ޖޫން 2017
އިސްލާހީ މަސައްކަތުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ރައީސް މައުމޫން
09 ޖޫން 2017

މިނިވަން ކުރީ ވެސް އުސޫލާ ހިލާފަށް، ކުރިއަށް ވުރެ ބާރަށް އިސްލާހީ މަސައްކަތުގައި ކުރިއަށް ދާނަން: މަހްލޫފު

09 ޖޫން 2017
މިނިވަން ކުރީ ވެސް އުސޫލާ ހިލާފަށް، ކުރިއަށް ވުރެ ބާރަށް އިސްލާހީ މަސައްކަތުގައި ކުރިއަށް ދާނަން: މަހްލޫފު
30 އެޕްރީލު 2017

އިސްލާހީ މަސައްކަތުގައި ރައީސް މައުމޫން ނިކުމެވަޑައިގަތުމަކީ ޤައުމު ސަލާމަތް ކުރުމަށް ޖިހާދަށް ނުކުމެވަޑައިގަތުން:ތޯރިޤް

30 އެޕްރީލު 2017
އިސްލާހީ މަސައްކަތުގައި ރައީސް މައުމޫން ނިކުމެވަޑައިގަތުމަކީ ޤައުމު ސަލާމަތް ކުރުމަށް ޖިހާދަށް ނުކުމެވަޑައިގަތުން:ތޯރިޤް
25 އެޕްރީލު 2017

މިއަދު ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެންނަން އޮތީ ބިރުވެރިކަން: މާރިޔާ

25 އެޕްރީލު 2017
މިއަދު ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެންނަން އޮތީ ބިރުވެރިކަން: މާރިޔާ
10 އެޕްރީލު 2017

އިސްލާހީ މަސައްކަތުގައި ތިއްބެވި މެންބަރުންނަށް ސެލިއުޓް ކުރަން، މިއަދުވެސް މި ލިބުނީ ކާމިޔާބީއެއް: މައުމޫނު

10 އެޕްރީލު 2017
އިސްލާހީ މަސައްކަތުގައި ތިއްބެވި މެންބަރުންނަށް ސެލިއުޓް ކުރަން، މިއަދުވެސް މި ލިބުނީ ކާމިޔާބީއެއް: މައުމޫނު
25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
20 މާރިޗު 2017

ޤާސިމަކީ ބަޠަލެއް، އިސްލާހި މަސައްކަތުގައި ސާބިތުކަމާ އެކު ހުންނެވިކަން ދައްކަވައިފި: މައުމޫން ފެކްޝަން

20 މާރިޗު 2017
ޤާސިމަކީ ބަޠަލެއް، އިސްލާހި މަސައްކަތުގައި ސާބިތުކަމާ އެކު ހުންނެވިކަން ދައްކަވައިފި: މައުމޫން ފެކްޝަން
15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް