Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުން އިންޑިއާއާ ދެކޮޅަށް މެޗެއް ކުޅެނީ

މެޗު ކުޅޭނެ ސީދާ ތާރީޚެއް މިހާތަނަށް ފައިނަލް ނުވާއިރު، ނާއިލް ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ މާޗު މަހުގެ 19 ވަނަ ދުވަހު ނުވަަތަ 20 ވަނަ ދުވަހު އެ މެޗު ކުޅުމަށް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖެނުއަރީ 2025 | އަންގާރަ 04:18
މީގެ ކުރިން 2021 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި އިންޑިއާ ބައްދަލު ކުރި މެޗުގެ ތެރެއިން

މީގެ ކުރިން 2021 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި އިންޑިއާ ބައްދަލު ކުރި މެޗުގެ ތެރެއިން

ދިވެހި ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމުން، އަވަށްޓެރި އިންޑިއާއާ ދެކޮޅަށް ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ނިންމައިފި އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނަރަލް ސެކްރެޓަރީ ނާހިލް ޞިއްދީގު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ އިންޑިއާއާ ދެކޮޅަށް މެޗެއް ކުޅުމަށް ނިންމާފައިވާ ކަމަށެވެ. ނާއިލް ވިދާޅުވީ އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. މެޗު ކުޅޭނެ ސީދާ ތާރީޚެއް މިހާތަނަށް ފައިނަލް ނުވާއިރު، ނާއިލް ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ މާޗު މަހުގެ 19 ވަނަ ދުވަހު ނުވަަތަ 20 ވަނަ ދުވަހު އެ މެޗު ކުޅުމަށް ކަމަށެވެ.

އެންމެ ފަހުން ރާއްޖޭގެ ސީނިއާ ޤައުމީ ޓީމުން ބައިނަލްއަޤުވާމީ މެޗެއް ކުޅުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ރަޙުމަތްތެރިކަމުގެ ފުރަތަމަ މެޗުގައި ރާއްޖެ އިން ވަނީ 1-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. ނަމަވެސް އެ ފަހަރު ކުޅުނު ދެ ވަނަ މެޗުގައި ވަނީ 2-1 އިން ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ.

އިންޑިއާއާ ދެކޮޅަށް ރާއްޖެ އިން ކުޅޭ ރަޙުމަތްތެރިކަމުގެ މެޗަކީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި އޮންނަ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗެކެވެ. ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި މާޗު މަހުގެ 25 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ. މީގެ އިތުރުން ކޮލިފިކޭޝަންގައި ދެން ރާއްޖެ އިން ކުޅޭނީ ޓިމޯ ލެސްޓޭ އަދި ތަޖަކިސްތާނާ ދެކޮޅަށެވެ.

މީގެ ކުރިން ވެސް ރާއްޖެ އިން ވަނީ އެކި ފަހަރުން މަތިން އިންޑިއާއާ ދެކޮޅަށް ކުޅެފަ އެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު