Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫރިއާ

އިސްރާއީލުގެ ވަޒީރުން ސޫރިއާ ބައިބައިކުރުމުގެ ސިއްރު ރޭވުމަކަށް މަޝްވަރާ ކޮށްފި: ރިޕޯޓު

10 ޖެނުއަރީ 2025 | ހުކުރު 18:44

މި ރޭވުން އަމާޒު ކޮށްފައިވަނީ ސޫރިއާގެ މައިނޯރިޓީ ގްރޫޕްތައް ކަމަށްވާ ޑްރޫޒް އަދި ކުރުދީންގެ އާބާދީ ހިމެނޭ ގޮތަށް، ސޫރިއާގެ ހުރިހާ ޖަމާއަތްތަކެއްގެ ސަލާމަތާއި ހައްޤުތައް ރައްކާތެރިކޮށްދިނުން ބޭރުފުށުން ދައްކައިގެން ކަމަށް ވެއެވެ.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2025 | ހުކުރު 18:44
2024 ޑިސެމްބަރު 25 - އަސަދުގެ ވެރިކަން ވެއްޓުނު ފަހުން އިސްރާއީލުގެ ސިފައިންގެ ބަޔަކު ސޫރިއާ ގެ ބިމަށް ބަލަހައްޓައިގެން

2024 ޑިސެމްބަރު 25 - އަސަދުގެ ވެރިކަން ވެއްޓުނު ފަހުން އިސްރާއީލުގެ ސިފައިންގެ ބަޔަކު ސޫރިއާ ގެ ބިމަށް ބަލަހައްޓައިގެން

ބައްޝާރު އަލް-އަސަދުގެ ސަރުކާރު ވެއްޓުމަށްފަހު ސޫރިއާ ބައިބައިކުރުމަށް އިސްރާއީލުގެ ވަޒީރުން ސިއްރު ރޭވުމަކާ މެދު މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފި ކަމަށް އިސްރާއީލުގެ މީޑިއާއިން ބުނެފިއެވެ.

އިސްރާއީލް ހަޔޯމް ނަމަކަށް ކިޔާ ނޫހުން ރިޕޯޓުކޮށްފައިވަނީ، އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް އަންގާރަ ދުވަހު ވަޒީރުންގެ ކުޑަ ޓީމެއްގެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ސޫރިއާ ސަރަހައްދީ ނުވަތަ ކެންޓަން ތަކަކަށް ބައިބައިކުރުމަށް އިސްރާއީލުން އެކުލަވާލާފައިވާ ރޭވުމަކާ މެދު މަޝްވަރާކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މި ރިޕޯޓުގައި މި ރޭވުން އަމާޒު ކޮށްފައިވަނީ ސޫރިއާގެ މައިނޯރިޓީ ގްރޫޕްތައް ކަމަށްވާ ޑްރޫޒް އަދި ކުރުދީންގެ އާބާދީ ހިމެނޭ ގޮތަށް، ސޫރިއާގެ ހުރިހާ ޖަމާއަތްތަކެއްގެ ސަލާމަތާއި ހައްޤުތައް ރައްކާތެރިކޮށްދިނުން ބޭރުފުށުން ދައްކައިގެން ކަމަށް ވެއެވެ.

މި ބައްދަލުވުމުގައި އަރަބި ޤައުމުތަކުގެ ކަންކަމުގައި ތުރުކީގެ ބައިވެރިވުމާއި، ސޫރިއާގެ ޑި ފެކްޓޯ ވެރިޔާ އަބޫ މުޙައްމަދު އަލް-ޖޫލާނީގެ ނިޔަތާ މެދު ކަންބޮޑުވުން ފާޅުކުރެވުނު ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ. އަލް-ޖޫލާނީ ވަނީ ދިމިޝްގުން "ތެލް އަވީވާއެކު ހަނގުރާމައެއްގައި ބައިވެރިނުވާނެ" ކަމަށް ބުނެފައެވެ.

މި ބައްދަލުވުން ބޭއްވުނީ ބެންޔަމިން ނެތަންޔާހޫއާއެކު މި ކަމާ މަޝްވަރާ ކުރުމަށް ރޭވިފައިވާ ބައްދަލުވުމުގެ ކުރިން ކަމަށް ވެސް ބުނެފައިވެއެވެ.

2011 ގައި ސޫރިއާ ގައި ފެށުނު އަސަދާ ދެކޮޅު ހަރަކާތައް ތާއީދުކުރި ފަރާތެއްގެ ގޮތުގައި އޮތް އިސްރާއީލުގެ މި ރޭވުން ވުޖޫދު ކުރީ އަސަދުގެ ސަރުކާރު ވެއްޓުމުގެ ކުރިން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އަސަދުގެ ވެރިކަން ވެއްޓުމުގެ ކުރިން، އިސްރާއީލުން ރާވާފައިވަނީ ސޫރިއާ ތިން ބްލޮކަކަށް ބަހާލުމަށް ކަމަށާއި، ސޫރިއާގެ އުތުރު-އިރުމަތީގައި ވާ ކުރުދީންނާއި ދެކުނުގައިވާ ޑްރޫޒުންނާއެކު އަސްކަރީ އަދި ސްޓްރެޓެޖިކް ގުޅުންތައް ޤާއިމުކޮށް، އަސަދު ގެ ބާރު ހަމައެކަނި ދިމިޝްގުގައި އޮންނަ ގޮތައް ހެދުމަށް އެ ރޭވުމުގައި ވެއެވެ.

އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރު ފާއިތުވި ނޮވެމްބަރު މަހު ދެއްކެވި ވާހަކައެއްގައި އަންގާރަ ދުވަހު މަޝްވަރާކުރެވުނު ރޭވުމާ އެއްގޮތް ކަމަށް ފެންނަ މޭރުމަކުން ވަނީ އަލިއަޅުއްވާލައްވާފައެވެ.

ސާރު ވިދާޅުވީ އިސްރާއީލުން ސޫރިއާ އަދި ލުބުނާނުގައި ތިބި ކުރުދީންނާއި ޑްރޫޒުންނާ ގުޅުން ބަދަހިކުރަން ޖެހޭ ކަމަށެވެ. "އަޅުގަނޑުމެން މި ސަރަހައްދުގައި މައިނޯރިޓީންނަށް ވާނެކަން އެނގި، އެހެން މައިނޯރިޓީ މީހުންނާއެކު ޤުދުރަތީ އިއްތިހާދުތައް އުފެއްދިދާނެކަން އަޅުގަނޑުމެން ދެނެގަންނަން ޖެހޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

ހަޔަތު ތަހްރީރު އަލް-ޝާމް (އެޗްޓީއެސް) އިސްކޮށް ހަރަކާތްތެރިވެ ޑިސެމްބަރު 8 ވަނަ ދުވަހު ދިމިޝްގަށް އަރާ، އަސަދުގެ ވެރިކަން ނިމުމަކަށް އައިސްފައިވާ ކަމަށް އިއުލާނުކުރިއެވެ.

އަސަދުގެ ސަރުކާރު ވެއްޓުމާ ގުޅިގެން، އިސްރާއީލުން ވަނީ ގޯލާން އުސްބިމުން ސޫރިއާ އަށް އަރައިގަނެފައެވެ. ގޯލަން އުސްބިމަކީ 1967 އިން ފެށިގެން އިސްރާއީލުން ހިފަހައްޓާފައިވާ ސޫރިއާގެ ސަރަހައްދެކެވެ. އިސްރާއީލުގެ ސިފައިން ވަނީ ސޫރިއާގެ ހުޅަނގު ދެކުނުގައިވާ އދ. އިން ބަލަހައްޓާ ބަފަރ ޒޯނަކަށް ވަދެ، ސޫރިއާގެ ފަރާތުން އޮތް މައުންޓް ހަރމޮން އާއި އަދި ސޫރިއާގެ އެތައްސަރަހައްދުތަކެއް ހިފާފައެވެ.

އިސްރާއީލުގެ ސިފައިން ވަނީ ފާއިތުވި ހަފުތާތަކުގައި ސޫރިއާގެ އަސްކަރީ މަރުކަޒުތަކަށް ވެސް ބޮޑެތި ވައިގެ ހަމަލާތައް ދީފައެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

08 އޯގަސްޓު 2017

ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓަކީ ސިއްރު ވޯޓެއް!

08 އޯގަސްޓު 2017
ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓަކީ ސިއްރު ވޯޓެއް!
21 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި

21 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި
27 ޖޫން 2017

ގަރަތާއި އެމެރިކާގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވަނީ

27 ޖޫން 2017
ގަރަތާއި އެމެރިކާގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވަނީ
18 މެއި 2017

ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި

18 މެއި 2017
ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި
18 މެއި 2017

މެކޮންގެ ކެބިނެޓުގެ ދެބައިކުޅަ އެއްބައިގައި ހިމެނެނީ އަންހެން ވަޒީރުން!

18 މެއި 2017
މެކޮންގެ ކެބިނެޓުގެ ދެބައިކުޅަ އެއްބައިގައި ހިމެނެނީ އަންހެން ވަޒީރުން!
16 މެއި 2017

ރަޝިއާއާ ސިއްރު މައުލޫމާތުތަކެއް ޓްރަމްޕް ހިއްސާކުރެއްވި ކަމަށް ރިޕޯޓްތައް ބުނެފި

16 މެއި 2017
ރަޝިއާއާ ސިއްރު މައުލޫމާތުތަކެއް ޓްރަމްޕް ހިއްސާކުރެއްވި ކަމަށް ރިޕޯޓްތައް ބުނެފި
15 އެޕްރީލު 2017

ވައިޓް ހައުސްއަށް ޒިޔާރަތްކުރާ ފަރާތްތައް ސިއްރުކުރަން ޓްރަމްޕް ނިންމަވައިފި

15 އެޕްރީލު 2017
ވައިޓް ހައުސްއަށް ޒިޔާރަތްކުރާ ފަރާތްތައް ސިއްރުކުރަން ޓްރަމްޕް ނިންމަވައިފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
07 ފެބުރުއަރީ 2017

ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ

07 ފެބުރުއަރީ 2017
ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް