Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯނޑެއްދޫ

ހޯނޑެއްދޫ ކައުންސިލުން ބައްދަލުކުރަން އެދުމުން ވެސް ރައީސް އަޅާނުލައްވާ ފުރާވަޑައިގެންފި

9 ޖެނުއަރީ 2025 | ބުރާސްފަތި 12:44

ހޯނޑެއްދޫ ކައުންސިލުން ބޭނުންވީ ކަނޑެވާރެހާ ޓޫރިޒަމަށް ހުޅުވާލުމަށް ހުރި ދަތިތަކާއި ގުޅޭ ގޮތުން ރައީސް އާ މަޝްވަރާ ކޮށްލަން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 9 ޖެނުއަރީ 2025 | ބުރާސްފަތި 12:44
ގދ. ކަނޑެވާރެހާ. މިރަށް ވަށައިގެން ގިނަ އަދަދެއްގެ ފަޅުރަށް އޮވޭ

ގދ. ކަނޑެވާރެހާ. މިރަށް ވަށައިގެން ގިނަ އަދަދެއްގެ ފަޅުރަށް އޮވޭ

ގދ. ހޯނޑެއްދޫ ކައުންސިލުން ތަކުރާރުކޮށް ބައްދަލުކުރަން އެދުމުން ވެސް ބައްދަލުނުކުރައްވާ، ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ރަށަށްވަޑައިގަތުމަށް ފަހު ފުރާވަޑައިގެންފިއެވެ.

ހޯނޑެއްދޫ ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙްމަދު މުއިއްޒުއާއި ބައްދަލުކުރަން އެދިފައިވަނީ އެ ރަށާއި ދާދި ގާތުގައި އޮންނަ ފަޅު ރަށެއް ކަމުގައިވާ ކަނޑެވާރެހާ ނަކަމަށް ކިޔުނު ރަށެއް ޓޫރިޒަމަށް ހުޅުވާލުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުހް މަޝްވަރާކުރެއްވުމަށެވެ.

Advertisement - newsAdvertisement

ހޯނޑެއްދޫ ކައުންސިލުން ބުނީ އެ އިދާރާއިން ކަނޑެވާރެހާ ޓޫރިޒަމަށް ހުޅުވާލުމަށް ހުރި ދަތިތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ކަމާ ގުޅުންހުރި ވުޒާރާތަކަށް އެތަކެއް ފަހަރު އެކިގޮތްގޮތަށް އެދުނުކަމަށެވެ. އެގޮތުން އެތަކެއް ފަހަރުމަތިން ސިޓީ ފޮނުވާ، ފޯނުން ގުޅާ އާދޭސްކުރެވިފައިވާނޭ ކަމަށް ހޯޑެއްދޫ ކައުންސިލުން ބުނެއެވެ.

މިކަމުގެ ކަންބޮޑުވުންތަކާއި ގުޅިގެން ހޯނޑެއްދޫ ކައުންސިލުގެ ނައިބުރައީސް އަޙުމަދު ޝިހާމް، ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއްވެސް ކުރައްވާފައެވެ.

އެ ޕޯސްޓުގައި އޭނާ ވިދާޅުވީ ކަނޑެވާރެހާ ޓޫރިޒަމަށް ހުޅުވާލުމަށް ހުރި ހުރަސްތައް ނައްތާލުމާއި ހޮރައިޒަން ފިޝަރީސްއަށް ހޯޑެއްދޫއިން ދޫކޮށްފައިވާ ބިމުގެ ކުލި ރިވައިސްް ނުކުރެވި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ކައުންސިލުން އެތަކެއް މަސައްކަތްތަކެއް ކޮށް ސަރުކާރުގެ ކަމާއި ގުޅުންހުރި ވުޒާރާތަކަށް އެތަކެއް ފަހަރު ސިޓީ ފޮނުވިފައިވާކަމަށެވެ. ނަމަވެސް އެއިން އެއްވެސް ސީޓީއަކަށް ޖަވާބު ނުލިބި އެތަކެއް ދުވަހެއްވެ، ރައީސް ޑރ، މުހައްމަދު މުއިއްޒަށާއި ކަމާއި ގުޅުންހުރި ވުޒާރާތަކާއި ބައްދަލުކުުމަށް ވެސް ކައުންސިލުން އެތަކެއް ފަހަރު އެދުނު ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ބައްދަލު ކޮށްފައި ނުވާކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ.

ޝިހާމް ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ އެންމެ ފަހުން ރައީސް ހޯނޑެއްދޫ އަށް ވަޑައިގަންނަށް ހަމަޖެހިފައި އޮތް ދަތުރުގައި ކައުންސިލާއި ބައްދަލުކުރަން ހަމަޖެހިފައި ނެތުމަކީ ވެސް ވަރަށް ކަންބޮޑުވާކަމެއް ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންނާއި ގުޅުންހުރި މިފަދަ ބޮޑެތި ކަންކަން ހުރެމެ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުނުލިބޭހާ ހިނދަކު ރައްޔިތުން އިންތިޚާބުކޮށްފައި ތިބި ކައުންސިލްގެ މެމްބަރުން ރައިސުލްޖުމްހޫރިއަޔާގެ އިސްތިޤްބާލަށް މަރްޙަބާ ދަންނަވަން ދާން ނުޖެހޭނޭ ކަމަށް ވެސް ޝިހާމްގެ ޕޯސްޓުގައި ވެއެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅިގެން އިތުރު މައުލޫމާތު ހޯދާލުމަށް ގުޅާލުމުން "ރާއްޖެ ޓީވީ" އަށް މައުލޫމާތު ދެމުން ހޯނޑެއްދޫ ކައުންސިލްގެ ނައިބު ރައީސް އަޙުމަދު ޝިހާމް ވިދާޅުވީ މި މައްސަލައަށް އަދިވެސް ހައްލެއް ލިބޭނެ ކަހަލަ އެއްވެސް އަލިމަގެއް ނުފެންނަކަމަށާއި މި މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެންމެ ފަހުން އެ ރަށްރަށް ރައީސް ވަޑައިގެންނެވި އިރުވެސް ރައީސާ ބައްދަލުކުރުމަށް ކައުންސިލުން އެދުނު ކަމަށާއި ނަމަވެސް އެކަން އެގޮތަށް ވާން ނެތްކަމަށް ވިދާޅުވިކަމަށް އޭނާ ވިދާޅުވިއެވެ.

ޝިހާމް ވިދާޅުވީ ރައީސް ހޯނޑެއްދޫއަށް ވަޑައިގެންނެވި މި ދަތުރުފުޅުގައި އެ ރަށުގެ ކައުންސިލާ އެކު ބައްދަލުކުރުމަށް ދެކޮޅު ހެއްދެވީ އެއީ ރައީސްގެ މި ދަތުރުފުޅުތަކަކީ ރަށްރަށުގެ ކައުންސިލްތަކާއި އެކު ބައްދަލުވުންތައް ބާއްވަން ކުރައްވާ ތަދުރުފުޅުތަކަކަށް ނުވާތީ ކަމަށް ރައީސް އޮފީހުން ބުނެފައިވާ ކަމަށެވެ.

ޝިހާމް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައިވެސް އެކަމަށް އެދުނު ކަމަށާއި ނަމަވެސް އޭރު އެކަން ވާގޮތް ނުވުމުން މިހާރު މިއޮތް ސަރުކާރުގައި އެކަން ވާނޭ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރެވުނު ކަމަށެވެ. ސަބަބަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މިހާރުގެ ރައީސް މުއިއްޒު ހޯނޑެއްދޫއަށް ވަޑައިގެން ކައުންސިލާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެކަމަށް ހައްލެއް ލިބޭނެ ކަމުގެ އިޝާރާތެއް ކުރައްވާފައި އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެކަމަށް "އެޓެންޑް" ވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވި ކަމަށް ޝިހާމް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުންވެސް އެކަމަށް އެއްވެސް އިޖާބައެއް އަދި މިހާތަނަށް ދީފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ގާތްގަނޑަކަށް 4.6 ހެކްޓަރުގެ ކަނޑެވާރެހާ އަކީ ހޯނޑެއްދޫގެ އިހުތިސާސުގެ ތެރޭގައި އޮންނަ ކުޑަ ފަޅު ރަށެވެ. ކަނޑެވާރެހާ އަކީ ކަނޑުގެ ދިރުންތަކުން ވެސް މުއްސަނދި އަދި ރީތި ގޮނޑުދޮށެއް ވެސް އޮންނަ ރަށެކެވެ.

އެ ރަށުގައި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރުގެ 25 ގައެވެ. ހޯނޑެއްދޫ ކައުންސިލުން ބަލަހައްޓާ އެ ރަށުގައި އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަ ރިސޯޓެއް ތަރައްގީ ކުރަން ނިންމާ އެކަމާ ގުޅޭ ކޮންސެޕްޓް ވެސް އެ ކައުންސިލުން އޭރު ވަނީ އާންމު ވެސް ކޮށްފަ އެވެ.

ކަނޑެވާރެހާ އަކީ ކާޑެއްދޫ ޑޮމެސްތިކް އެއާޕޯޓުން ސްޕީޑު ލޯންޗުގައި 5 މިނެޓެއްހާ އިރުން ދެވޭ ސަރަހައްދެއްގައި އޮންނަ ރަށެކެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް