Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމިނިވަން ވިޔަފާރި

ޗައިނާ ދިވެހިރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން - ތައާރުފް

8 ޖެނުއަރީ 2025 | ބުދަ 05:46

މިއީ ހުރިހާ ދިވެހި ރައްޔިތުންގެ އާމްދަނީ އާ ސީދާ ގުޅިފައިވާ އެއްބަސްވުމެކެވެ. ރާއްޖޭގެ ހުރިހާ ސިނާއަތަކާ އަދި މުޅި ދިވެހިރާއްޖޭގެ އިގުތިސާދާ ގުޅިފައިވާ އެއްބަސްވުމެކެވެ.

ރިޔާޒް މަންސޫރު
ރިޔާޒް މަންސޫރު | 8 ޖެނުއަރީ 2025 | ބުދަ 05:46
ސެޕްޓެމްބަރު 9، 2015 - މޯލްޑިވްސް އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމަށް މަޝްވަރާތައް ފެށުމަށް ސޮއި ކުރުން

ސެޕްޓެމްބަރު 9، 2015 - މޯލްޑިވްސް އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމަށް މަޝްވަރާތައް ފެށުމަށް ސޮއި ކުރުން

މިނިވަން ވިޔަފާރީގެ އެއްބަސްވުން (ފްރީ ޓްރޭޑް އެގްރިމެންޓް - އެފްޓީއޭ) އަކީ ތަފާތު އެކިއެކި ގައުމުތަކުގެ ތެރޭގައި ވިޔަފާރި ކުރިއެރުވުމައްޓަކައި ވިޔަފާރި ސިނާއަތްތަކުގެ ބައިވެރިވުމާއެކު، ގިނަގުނަ މަޝްވަރާތަކަކަށްފަހު ވެވޭ ވިޔަފާރިކުރުމުގެ އެއްބަސްވުމެކެވެ. ދުނިޔޭގެ ހުރިހާ ބައްރެއްގައި މިފަދަ އެއްބަސްވުންތައް ވަނީ ކުރެވިފެއެވެ. ޖުމްލަ ގޮތެއްގައި މިފަދަ އެއްބަސްވުންތަކުން ވިޔަފާރިކުރުން ކުރިއަރާފައިވެއެވެ. އެހެންކަމުން، ވިޔަފާރި ކުރިއެރުވުމަށްޓަކައި އެފްޓީއޭ ހެދުމަކީ ދުނިޔޭން ބަލައިގަނެފައިވާ ކަމެކެވެ.

އެފްޓީއޭގެ އުފެދުން އައިސްފައިވަނީ ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން - ޑަބްލިއުޓީއޯ) ގެ ތެރޭންނެވެ. ދެވަނަ ބޮޑުހަނގުރާމަޔަށްފަހު ވީރާނާވެފަވާ ދުނިޔޭގެ އިގުތިސާދު އާރާސްތު ކުރުމަށް ގައުމުތަކެއް އެއްވެ ގެޓްގެ ނަމުގައި ވިޔަފާރި ކުރިއެރުވުމުގެ ޖަމިއްޔާއެއް އުފެއްދިއެވެ. ގެޓް ބޮޑުވަމުން ބަދަލުވަމުން އައިސް ރަސްމީކޮށް ޑަބްލިއުޓީއޯ އުފެދުނީ 1 ޖެނުއަރީ 1995 ގައެވެ. ދިވެހިރާއްޖެއަކީ ކުރީގައި ގެޓްގެ މެމްބަރެކެވެ. ދިވެހިރާއްޖެ ޑަބްލިއުޓީއޯގެ މެމްބަރަކަށްވީ 31 މޭ 1995 ގައެވެ. މިގޮތުން ޑަބްލިއުޓީއޯގެ އެންމެ ހާއްސަ އެއް ސިފަޔަކީ ވިޔަފާރި ކުރުމުގައި ބިދޭސީ ގައުމުތަކުގެ ތެރޭގައި ތަފާތު ނުކުރުމެވެ. މިއީ ހުރިހާ ޑަބްލިއުޓީއޯ މެމްބަރުން އަހުދުވާންޖެހޭ ކަމެކެވެ. ކަން މިހެން އޮތްނަމަވެސް، ވަކި ގައުމުތަކަކާ އެއްކޮށް ތަފާތުކޮށް ހާއްސަ ލުއިތަކެއް ދީގެން ވިޔަފާރި ކުރިއެރުވުމުގެ މަގުވެސް ޑަބްލިއުޓީއޯ ގެ އޮނިގަނޑުގެ ތެރޭން ވަނީ ހުޅުވާލެވިފައެވެ. އެއީ އެ ގައުމުތަކުގެ ތެރޭގައި އެފްޓީއޭ ހަދައިގެންނެވެ.

ދިވެހިރާއްޖެ ބައިވެރިވި ފުރަތަމަ އެފްޓީއޭ އަކީ ސައުތު އޭޝިއަން ފްރީ ޓްރޭޑް އެގްރިމެންޓް (ސާފްޓާ) އެވެ. ސާފްޓާއަކީ ދެކުނު އޭޝިއާ (ސާކު) ގެ ގައުމުތަކުގެ ތެރޭގައި އުފެއްދި އެފްޓީއޭ އެކެވެ. ދިވެހިރާއްޖެ އަކީ ސާފްޓާ އުފެއްދި މެމްބަރެކެވެ. ސާފްޓާ އުފެދި ބާރުވެރިވީ 1 ޖެނުއަރީ 2006 ގައެވެ. އެއިރުއްސުރެ ސާފްޓާ މެދުވެރިކޮށް ކުރާ އިމްޕޯޓަށް އިމްޕޯޓު ޑިއުޓީ ވަނީ ޖުމްލަކޮށް ލުއިކުރެވިފައެވެ. ދިވެހިރާއްޖޭގެ ކަސްޓަމްސް އިދާރާގެ ވެބްސައިޓުން އިމްޕޯޓް ޑިއުޓީ ބަލާލާއިރު، ކޮންމެ ބާވަތަކަށް އާއްމުކޮށް ނަގާ އިމްޕޯޓް ޑިއުޓީ އާއިއެކު ސާފްޓާ އިން ނަގާ އިމްޕޯޓް ޑިއުޓީ ފެންނަން ހުންނާނެއެވެ.މިސާލަކަށް: ޑީސަލް ޖެނެރޭޓަރަށް އާއްމުކޮށް %20 އިމްޕޯޓް ޑިއުޓީ ނަގާއިރު، ސާފްޓާ އިން ނަގާ އިމްޕޯޓް ޑިއުޓީ އަކީ %4 އެވެ.

ޗައިނާ އާއި އެކު އެފްޓީއޭ (ސީއެމްއެފްޓީއޭ) އެއް ހެދުމަށް ދިވެހި ސަރުކާރުން މަސައްކަތް ފެށީ ޕީޕީއެމް ސަރުކާރުގައި 2014 ގައެވެ. އެފްޓީއޭ އެއް ހެދުމުގައި ގިންތިކުރެވޭ ގޮތަށް ބަލާއިރު، ސަރުކާރުން ނިންމީ އެންމެ ފުޅާކޮށް ހެދޭ އެފްޓީއޭ އެއް ހެދުމަށެވެ. ސީއެމްއެފްޓީއޭ ގައި "ގުޑްސް" (އިމްޕޯޓް އެކްސްޕޯޓް)، "ސާވިސަސް" (ވިޔަފާރިކުރުން - ގައުމުގެ ތެރޭގައި އައިސްތިބެ) އަދި "އިންވެސްޓްމެންޓް" ރައްކާތެރި ކުރުންވެސް ހިމެނެއެވެ.

އެހެންކަމުން މިއީ ހުރިހާ ދިވެހި ރައްޔިތުންގެ އާމްދަނީ އާ ސީދާ ގުޅިފައިވާ އެއްބަސްވުމެކެވެ. ރާއްޖޭގެ ހުރިހާ ސިނާއަތަކާ އަދި މުޅި ދިވެހިރާއްޖޭގެ އިގުތިސާދާ ގުޅިފައިވާ އެއްބަސްވުމެކެވެ.

ސިނާއަތްތަކާގުޅޭ ފަންނީ ލަފާ އެންމެ ރަނގަޅަށް ދެވޭނީ އެ ސިނާއަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. ސަރުކާރަކަށް ނޫނެވެ. އެސިނާއަތަކާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކާ ދޫދިނުންތައް އެ ސިނާއަތަށް ކޮންމެހެންވެސް އިނގެން ޖެހެއެވެ. އެއްބަސް ނުވެވޭ ކަންކަންވެސް ހުރެދާނެއެވެ. އެހެންނަމަވެސް، އެކަންކަމަށް ވެސް ތައްޔާރު ވެވޭނީ ދުރާލާ އެކަންތައްތައް އެނގިގެންނެވެ. ހިތާމަޔަކީ މިފަދަ މުހިއްމު ދޫދިނުންތަކުގައި ކަމާބެހޭ ސިނާއަތްތަކަށް އެނގުމެއްވެސް ވެފައި ނެތުމެވެ.

ދިވެހި ރައްޔިތުން ތަމްސީލު ކުރާ މަޖިލީހުންވެސް ފެނިގެންދިއައީ ހަމަ މިފަދަ ދެރަ މަންޒަރެކެވެ. މަޖިލީހުން ފާސްކުރުމަށް 800 ގަނޑުގެ މި އެގްރިމެންޓް މަޖިލީހައް ފޮނުވީ 2017 ގައެވެ. ކަމާބެހޭ މަޖިލިސް ކޮމިޓީން މި އެއްބަސްވުން ފާސްކުރަން 2 ގަޑިއިރުވެސް ނުނަގައެވެ. އަދި މަޖިލީސް ތަޅުމުގައި ބަހުސް ކުރުމަށާއި މި އެއްބަސްވުން ފާސްކުރުމަށް އިތުރު 2 ގަޑިއިރުވެސް ނުނަގައެވެ. މި އެއްބަސްވުމުގައި އޮތްއެއްޗެއް ކިޔާލީ ކިތައް މަޖިލީސް މެމްބަރުން ބާއެވެ؟ ރައްޔިތުންގެ ހައްގު ހިފެހެއްޓުނު ބާއެވެ؟ ރާއްޖޭގެ މަސްލަހަތު އިސްކުރެވުނު ބާވައެވެ؟

މިހެން އޮވެމެ، މިހާރުގެ ޕީއެންސީ ސަރުކާރުން ސީއެމްއެފްޓީއޭ އަށް ބާރުދޭން ނިންމިއެވެ. އެއީ 1 ޖެނުއަރި 2025 ގައެވެ. ސީއެމްއެފްޓީއޭ ބާރުވެރި ވިއިރުވެސް ދިވެހި ސަރުކާރުން އޮތީ އެ އެއްބަސްވުން ސިއްރު ކޮށްފައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2017

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށައިފި

15 ސެޕްޓެމްބަރު 2017
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށައިފި
08 ސެޕްޓެމްބަރު 2017

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށަނީ

08 ސެޕްޓެމްބަރު 2017
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށަނީ
08 އޯގަސްޓު 2017

ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ

08 އޯގަސްޓު 2017
ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ
12 ޖޫން 2017

ޗައިނާގެ ކުންމިން ފެއާގައި 86 ގައުމަކުން ބައިވެރިވޭ: އިކޮނަމިކް މިނިސްޓްރީ

12 ޖޫން 2017
ޗައިނާގެ ކުންމިން ފެއާގައި 86 ގައުމަކުން ބައިވެރިވޭ: އިކޮނަމިކް މިނިސްޓްރީ
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
10 މާރިޗު 2017

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

10 މާރިޗު 2017
ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް