Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުން ނިކަމެތިވަނީ ލިބޭ ފައިސާ ނަހަމަގޮތުގައި

ރައްޔިތުން ނިކަމެތި ހާލުގައި އުޅެން ޖެހެނީ ގައުމަށް ލިބޭ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާތީ: މޭޔަރ އާޒިމް

7 ޖެނުއަރީ 2025 | އަންގާރަ 10:30

ޤާނޫނުތައް ބައްޓަން ވެފައި ހުރީ ސިޓީ ކައުސިލްގެ ހުއްދައާއި އެކު ނޫނީ މާލޭގެ މަގުތައް ހެދުމުގެ މައްސަކަތްތައް ނުކުރެވޭ ގޮތަށް ކަމަށް އާޒިމް ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 7 ޖެނުއަރީ 2025 | އަންގާރަ 10:30
މާލެ ސިޓީ މޭޔަރ އާދަމް އާޒިމް

މާލެ ސިޓީ މޭޔަރ އާދަމް އާޒިމް

ދިވެހިރާއްޖެ އަކީ ފައިސާ ލިބޭ، މުއްސަނދި ގައުމެއް ކަމަށާއި ގައުމުގެ ރައްޔިތުން ނިކަމެތިވަނީ ގައުމަށް ލިބޭ ފައިސާ ރަނގަޅުގޮތުގައި ބޭނުން ނުކުރާތީ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރަ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގައި ފެންބޮޑުވުމާއި، އަދި މާލޭގެ މިހާރުގެ ހާލަތާއި ގުޅިގެން ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ އާލެއަކީ ވަކިބައެއްގެ ތަނެއް ނޫންކަމަށާއި، މާލޭގައި އުފަލާއި ހިތްހަމަ ޖެހުމުގައި އުޅެން ޖެހެނީ ވަކިބައެއް ނޫންކަމަށެވެ. އަދި އެ ފުރުސަތު ރާއްޖޭގެ ހަމަ ކޮންމެ ރައްޔިތަކަށް ވެސް އޮންނަން ޖެހޭނޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެން ކަމުން މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެސް އުފަލާއި ހިތްހަމަ ޖެހުމުގައި އުޅެވޭފަަދަ އުފާވެރި ދިރިއުޅުމެއް ފަހި ކޮށްދިނުމަކީ ކުރަން ޖެހޭނޭ ކަމެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ ރާއްޖެ އަކީ ފައިސާ ލިބޭ މުއްސަނދި ގައުމެއް ކަމަށާއި ރާއްޖޭގެ ރައްޔިތުން ނިކަމެތި ހާލުގައި އުޅެން ޖެހިފައި މިވަނީ ގައުމަށް ލިބޭ ފައިސާ ރަނގަޅު ގޮތުގައި ބޭނުން ނުކުރާތީ ކަމަށެވެ. އަދި ގައުމުގެ ރާއްޔިތުން މިހާރު އުޅެމުން މިދަނީ ދިރުއުޅުމެއް ނޫން ކަމަށާއި މިއީ މާލޭގައި ގަނަތެޅުން ކަމަށް އާޒިމް ސިފަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ މިހާރުގެ މާލޭގެ ހާލަތަށް ބަލާއިރު، މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށްކަމަށް ބުނެ، ތާކުންތާކު ނުޖެހޭ ތަފާތު ޕްރޮޖެކްޓް ތައް ހިންގައި މުޅި މާލެ މިއޮތީ ޚަރާބުކޮށްލާފައި ކަމަށާއި ނަމަވެސް އެބޭފުޅާ ހުންނަތަނެއްގައި މިފަދަ ގޮތަކަށް ފައިސާ ޚަރަދުކުރަނީ އެންމެ ރަނގަޅަށްތޯ ބަލައި ޔަގީން ކުރާނެ ކަމަށެވެ. އަދި މާލެ އަކީ އަޅުގަނޑުމެންގެ ދަރިން އަރާމުގައި އުޅޭނޭ ގޮތަށް ރަނގަޅަށް ތަރުތީބު ވެފައި އޮތް ތަނެއްތޯ ބަލާފައި ނޫނީ އަންނަ އެއްވެސް އެއްޗެއްގައި (ޕްރޮޖެކްޓް) އެއްގައި ސޮއިނުކުރާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގެ މިހާރުގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ އިތުރަށް އާޒިމް ވިދާޅުވީ ޤާނޫނުތައް ބައްޓަން ވެފައި ހުރީ ސިޓީ ކައުސިލްގެ ހުއްދައާއި އެކު ނޫނީ މާލޭގެ މަގުތައް ހެދުމުގެ މައްސަކަތްތައް ނުކުރެވޭ ގޮތަށް ކަމަށާއި އެގޮތުން މާލޭ ސިޓީ ކައުންސިލުން ބޭނުންވާ ގޮތަށް ޗައިނާ ކުންފުނިން ހިންގާ ޕްރޮޖެކްޓް ކުރިއަށް ގޮސްފި ނަމަ މަގުތައް ނިމެނޭއިރުގައި ހުންނާނީ ކަންކަން ހައްލުވެފައިކަމަށެވެ. އަދި ސިޓީ ކައުންސިލުން ބޭނުން ނުވާ ގޮތަކަށް މަގުތައް ހެދުމަށް އެޕްރޫވަލް ނުދޭނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން މަސައްކަތް ކުރަނީ އަޅުގަނޑުމްނެންނާއި އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލަށް ޓަަކައި ކަމަށް ވާތީ ކަމަށެވެ. އަދި މާލޭގެ މަގުތައް ހަދަން ޗައިނާ ސަރުކާރުން ރާއްޖެ ވަޑައިގެން ވަފުދުގައި ވެސް ސިޓީ ކައުންސިލުން ބޭނުންވާ ކަންކަން ހާމަކޮށްފައިވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެގޮތުން މާލޭގެ މަގުތަކުގެ ނަރުދަމާގެ މައްސަލަ ބޮޑުވެ، ނަޖިސްތައް ބޭރުވެ، އެ ނަޖިސްތައް ގޭގެއަށް ވަންނަމުން އަންނަ ކަމަށް ވެސް ޗައިނާގެ ވަފުދުގައި ދެންނެވިކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން މިދިއަ ހުކުރު ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ބޯކޮށް ވާރޭވެހި، މާލޭގައި ފެންބޮޑުވެ، ގިނަ ފިހާރަތަކަކާއި ގެތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވެސް ވަނީ ލިބިފައެވެ. އެގޮތުން ބައެއް ފިހާރަތަކާއި ގޭގޭގައި ބޭނުންކުރާ ބައެއް ފަރުނީޗަރާއި މުދަލަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް