Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލީ ބަޣާވާތް

މާލީ ބަޣާވާތުގެ ތުހުމަތަށް 4 މަސް - އެއްވެސް މީހަކާ ސުވާލު ނުކުރޭ!

ބީއެމްއެލްގެ މައްޗަށް މާލީ ބަޣާވާތެއްގެ ތުހުމަތު ސަރުކާރުން އުފުލާފައި ވަނީ، ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކުން ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ޖެނުއަރީ 2025 | ހޯމަ 04:45
ބީއެމްއެލްގެ މައި އިމާރާތް

ބީއެމްއެލްގެ މައި އިމާރާތް

ބީއެމްއެލް އިން ބަޣާވާތް ކުރި ކަމަށް ސަރުކާރުން ތުހުމަތުކޮށް، އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކުރިތާ 4 މަސް ވެގެން ދިޔަ އިރުވެސް މި މައްސަލަ އާއި މެދު އެއްވެސް މީހަކާއި ސުވާލު ނުކުރާކަން ހާމަވެއްޖެއެވެ.

މިކަމާއި ގުޅޭ އަދާހަމައެއް ހޯދުމަށް ފުލުހުންގެ މީޑިއާ އޮފިޝަލް އާއި ރާއްޖެއެމްވީން ސުވާލުކުރުމުން މައްސަލަ ތަހުގީގުކުރަމުންދާކަން ފިޔަވާ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. މީގެ އިތުރުން މި މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކާއި ސުވާލުކޮށްފައިވޭތޯ ނުވަތަ ނޫންތޯ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް، އެ ސުވާލަށް ޖަވާބެއް ނުދެއްވައެވެ.

އެހެންނަމަވެސް އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ގޮތުގައި މިހާތަނަށް އައި އިރު މި މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކާއި ރަސްމީ ސިފައެއްގައި ސުވާލުކޮށްފައެއް ނުވެއެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް ތުހުމަތެއް ވެސް ކޮށްފައި ނުވާކަމަށް އޭނާ ވަނީ ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން ފާހަގަކުރައްވާފައެވެ. ފުލުހުން ވަނީ ރަސްމީ ހައިސިއްޔަތުން އެކަން ކަށަވަރުކުރުމަށް ވެސް އަދި ދޮގުކުރުމަށް ވެސް ދެކޮޅު ހަދާފައެވެ.

މާލީ ބަޣާވާތެއް ކުރަން އުޅުނު ކަމަށް ބުނެ އެ މައްސަލަ ބަލަން ފެށީ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސް ވެރިން އެފަދަ ތުހުމަތުތަކެއް އިދިކޮޅު ފަރާތްތަކަށް ކޮށްފައި ވަނިކޮށެވެ. ބީއެމްއެލް އިން މާލީ ބަޣާވަތެއް ކުރިކަމަށް ބުނާ ވާހަކަ ބަދަލުކުރުމަސް ފަހުން ވެސް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.

އެގޮތުން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ ޓީވީން ވަނީ ބީއެމްއެލްއިން ބަޣާވާތްކުރި ކަމަށް ސަރުކާރުން ބުނަމުންދާތީ އެކަމުގެ ސަބަބުން ބީއެމްއެލް އާއި މެދު އާއްމުން ދެކޭ ގޮތަށް ނޭދެވޭ އަސަރުތަކެއް ކުރާކަން ފާހަގަކޮށްފައެވެ. އަދި ބީއެމްއެލް އިން ކުރީ ބަޤާވާތެއް ކަމަށް ސަރުކާރުން ޤަބޫލުކުރަނީތޯ އާއި ފޮރިން އިންވެސްޓްމެންޓްތައް ރާއްޖެ އަށް ގެނައުމަށް މަސައްކަތް ކުރާ އިރު އެކަމަކީ އެއީ ނުރަނގަޅު ކަމަކަށް ނުވާނެތޯ ވެސް ރާއްޖެއެމްވީން ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީބީއެމްއެލް ވިޔަސް ކޮންމެ ބޭންކެއް ވިޔަސް އިސްކުރަންވާނީ ދިވެހި ރައްޔިތުން ކަމަށެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް އެސްއެމްއީތައް ހިމާޔަތްކުރުމާއި ބޭރުގައި ތިބޭ ކިޔަވާކުދިން ހިމާޔަތްކުރުން މުހިންމު ކަމަށް ސައީދު ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ބީއެމްއެލް އާއި ސަރުކާރާއި މުއާމަލާތު ނުކުރާ ކަމަށާއި މުއާމަލާތުކުރަނީ އެމްއެމްއޭ އާއި ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ މައްޗަށް މާލީ ބަޣާވާތެއްގެ ތުހުމަތު ސަރުކާރުން އުފުލާފައި ވަނީ، ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދެއްކުމަށް ފަހުގައެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާކަން ހާމަކޮށް ފުލުހުންގެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާ އާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި ހަމަ އެ ވަގުތު ސޯޝަލް މީޑިއާ ގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުމައްޗަށް މަގުތަކަށް ނުކުތުމަށް ހިތްވަރު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އާންމު ހަމަ ޖެހުން ނަގާލުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާ ކަމަށެވެ. ހަމައެހެންމެ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީ ކޮށް ބަދަލު ކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބަލާ ހިންގާ ތަހުގީގާއި ގުޅިގެން ކުރާކަންކަން ފުލުހުން ވަނީ ފަހުން ހާމަކޮށްފައެވެ. އެހެންނަމަވެސް ބޮޓް އެކައުންޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުމައްޗަށް މަގުތަކަށް ނުކުތުމަށް ހިތްވަރު ދީފައިވާ ކަމަށް ބުނެ އެއީ ޣައިރު ގާނޫނީ ގޮތުން ސަރުކާރު ބަދަލުކުރަން އުޅޭ މައްސަލައެއްކަމަށް ބުނެ ދެއްކި ވާހަކައާއި ގުޅިގެން ފުލުހުންނަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި މިހާތަނަށް އައި އިރުވެސް މި މައްސަލަ އާއި ގުޅޭ ހަރުދަނާ ހެއްކާއި ގަރީނާ ފުލުހުންނަށް ހޯދިފައި ނުވާތީ މިއީ ސިޔާސީ ބޭނުމަށް ދެއްކި ވާހަކަ އެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު