Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް

މިދިޔަ އަހަރު ހިނގި އެކްސިޑެންޓް ތަކުގެ އަަދަދު އިތުރުވެއްޖެ

ފުލުހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ނިމުނު އަހަރު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަަތައް، އެއީ 3،750 މައްސަލަ.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 3 ޖެނުއަރީ 2025 | ހުކުރު 08:25
ހުޅުމާލޭގައި ހިނގި އެކްސިޑެންޓު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓު

ނިމިދިޔަ 2024 ވަނަ އަހަރު ރިޕޯޓުކުރި އެކްސިޑެންޓުތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ނިމިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފުލުހުންނަށް ހުސްވި އަހަރު ހުށަހެޅި ވައްކަމާއި މަސްތުވާތަކެއްްޗާއި ގުޅުންހުރި މައްސަލަތައް ވަނީ މަދުވެފައެވެ.

Advertisement - newsAdvertisement

ފުލުހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ނިމުނު އަހަރު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. އެއީ 3،750 މައްސަލަ އެވެ. އޭގެކުރީ އަހަރު 3،817 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

ދެން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެގޮތުން 2،867 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. މިއީ 2023 ވަނަ އަހަރު ހުށަހެޅި މައްސަލަތަކާ އަޅާބަލާއިރު 567 މައްސަލައިގެ އިތުރުވުމެކެވެ. އެ އަހަރު ރިޕޯޓުކުރީ 2،300 މައްސަލަ އެވެ.

އެކްސިޑެންޓުތައް އެންމެ ގިނައިން ހިނގާފައި ވަނީ މާލެ ސަރަހައްދުގަ އެވެ. އެކްސިޑެންޓުގެ މައްސަލަތައް ގިނަވި މާޗު މަހު 301 މައްސަލަ ހުށަހަޅާފައިވެ އެވެ.

އެކްސިޑެންޓުތަކުގެ އަދަދު އިތުރުވިއިރު، ނުރައްކާތެރި ގިނަ އެކްސިޑެންޓުތަކެއް ހުސްވި އަހަރު ހިނގާފައިވެ އެވެ. ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބުނުއިރު، ބައެއް މީހުން ނިޔާވެފައިވެ އެވެ.

އާންމުކުރި ހިސާބުތައް ދައްކާ ގޮތުގައި ނިމިދިޔަ އަހަރު މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ހުށަހެޅި ނިސްބަތް، އޭގެ ކުރީ އަހަރާ އަޅާބަލާއިރު މަދެވެ. މަސްތުވާތަކެތީގެ 1،662 މައްސަލަ ރިޕޯޓުކުރިއިރު، 2023 ވަނަ އަހަރު އެ ބާވަތުގެ 1،752 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

ފުލުހުންނަށް ހުށަހެޅި އިތުރު މައްސަލަތަކުގެ ތެރޭގައި ތަކެތި ގެއްލިގެން 1،028 މައްސަލައެއް ހުށަހަލާފައިވާއިރު، މާރާމާރީގެ 711 މައްސަލައެއް، އަދި މުދަލަށް ގެއްލުން ދިނުމުގެ 665 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އަދި ނަހަމަ ގޮތުގައި ފައިސާ ހޯދުމުގެ 654 މައްސަލައަކާއި ފޭރުމުގެ 504 މައްސަލައަކާއި ޖިންސީ ގޯނާގެ 316 މައްސަލައެއް އަދި ގެވެށި އަނިޔާގެ 248 މައްސަލައިގެ އިތުރުން ފޯޖް ކުރުމުގެ 166 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ.

ކުށް މަދު ކުުރުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ފުލުހުންގެ ހަރަކާތްތައް އިތުރުކޮށްފައިވާއިރު، އާންމުން ހޭލުންތެރިކުރުވަން ތަފާތު ޕްރޮގްރާމުތައް އަންނަނީ ހިންގަމުންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު