Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ-ޗައިނާ ވިޔަފާރީގެ އެއްބަސްވުން

ރާއްޖެއާއި ޗައިނާއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަންފަށައިފި

މި އެއްބަސްވުމާއިއެކު ރާއްޖެއިން އެކްސްޕޯޓްކުރާ މަހާއި ސީފުޑްގެ ހުރިހާ ބާވަތެއް ސުން ރޭޓުގައި ޗައިނާގެ މާކެޓަށް އެކްސްޕޯޓް ކުރެވޭނެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2025 | ބުދަ 13:34
ރާއްޖެއާއި ޗައިނާއާއި ދެމެދު ސޮއިކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖެއާއި ޗައިނާއާއި ދެމެދު ސޮއިކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއި ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ބުދަ ދުވަހުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

މި އެއްބަސްވުމުގެ މަޝްވަރާތައް ފުރަތަމަ ފެށުނީ ޗައިނާގެ ރައީސް ޝީ ޖިންޕިން 2014 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އިގުތިސޯދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކުރެވުނު މަޝްވަރާތަކާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އިކޮނޮމިކް މިނިސްޓްރީން ބުނީ އެއްބަސްވުން ތަންފީޒު ކުރުމުގެ މަސަައްކަތްތަކަށް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް އާއެކު ކުރެވުނު މަޝްވަރާތަކާ އެކުގައި ކަމަށާއި އެ ދަތުރުފުޅަށް ފަހު ސިޔާސީ ގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީއިން ވަނީ ބުދަ ދުވަހުން ފެށިގެން މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވާ ކަމަށާއި މިއީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގްތިސާދީ ދާއިރާގެ އިތުރުން އިންވެސްޓްމެންޓް ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެޅިގެންދިޔަ މުހިންމު ތާރީހީ ބިންގަލެއްކަން ފާހަގަކޮށްފައެވެ.

މި އެއްބަސްވުމާއިއެކު ރާއްޖެއިން އެކްސްޕޯޓްކުރާ މަހާއި ސީފުޑްގެ ހުރިހާ ބާވަތެއް ސުން ރޭޓުގައި ޗައިނާގެ މާކެޓަށް އެކްސްޕޯޓް ކުރެވޭނެކަމަށާއި ވަކިން ހާއްސަކޮށް ރާއްޖޭގެ މަހުގެ އެކްސްޕޯޓް އިތުރުކުރެވި، މަހުގެ ބާވަތްތައް ޕްރޮސެސްކުރުމަށް މަގުފަހިވެ، އެކްސްޕޯޓްގެ ފެންވަރު އިތުރުކުރެވި ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް، ރަނގަޅު އަގެއް ލިބިގެންދާނެކަން އިކޮނޮމިކް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

އަދި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން ޗައިނާ ފަދަ އުފެއްދުންތެރި ގައުމަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެވި އަމަލުކުރަންފެށުމުން، ރައްޔިތުންނަށް ހެޔޮއަގުގައި މުދާއެތެރެކުރުމަށް މަގުފަހިވާނެކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި މުދަލާއި ހިދުމަތުގެ ވިޔަފާރި އާއި އިންވެސްޓްމަންޓުތަކަށް ފުރުސަތު ފަހިކޮށްދިނުމާ އަދި އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ފަދަ މުހިންމު ދާއިރާތައް ހިމެނެ އެވެ.

އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކު، ޗައިނާއިން ރާއްޖެއަށް އިމްޕޯޓްކުރާ 70 އިންސައްތަ އައިޓަމުން ޑިއުޓީ ކަނޑާލެވޭނެ ކަމަށާއި ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ 95 އިންސައްތަ އައިޓަމުން ވެސް ޑިއުޓީ ކަނޑާލާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމަކީ ރާއްޖޭގެ އެކްސްޕޯޓް އަދި އުފެއްދުންތެރިކަން އިތުރު ކުރުމަށް ހުޅުވިގެން ދިޔަ ފުރުސަތެއް ކަމަށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކުން ޗައިނާ ފަދަ ބިޔަ މާކެޓަކާ އެކީ ވިޔަފާރިކުރަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުން މުހިންމު ކަމުގަ އެވެ.

އެފްޓީއޭއަށް އަމަލުކުރަން ފެށުމުން ޗައިނާގެ ބެއިޖިން، ޝަންހާއީ އަދި ޓިއަންޖިންގެ ފްރީޒޯންތަކުގައި ރާއްޖޭގެ ޓްރެވެލް އޮޕަރޭޓަރުންނަށް އިންބައުންޑް އަދި އައުޓްބައުންޑް ވިޔަފާރި އެއްވެސް ހުރަހެއް ނެތި ކުރެވޭނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިހާރުވެސް ރާއްޖެއިން އެ ގައުމާއެކު ކުރަމުންދާ ވިޔަފާރީގެ މުއާމަލާތަކަށް 700 މިލިއަން ޑޮލަރު އަރައެވެ.

ރާއްޖެ އާއި ޗައިނާ އާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ގެސެޓްގައި ވަނީ އާންމުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު