Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުސާރައިގެ ބަދަލު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިދާރީ އޮނިގަނޑާއި މުސާރައިގެ އޮނިގަނޑަށް ބަދަލުގެންނަން ފިނޭންސުން ހުއްދަ ހޯދަންޖެހޭގޮތަށް ހަދައިފި

ކޯޑަށް އަމަލުކުރަންޖެހޭ ކުންފުނިތަކުން މި ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ހުއްދަ ހޯދުމަށް އެދި ފޮނުވާނީ ފިނޭންސް މިނިސްޓްރީއަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2024 | އަންގާރަ 15:58
އެސްޓީއޯ - ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ބަދަލު ގެންނަނަމަ ފިނޭންސްގެ ހުއްދަ ހޯދަންޖެހޭގޮތަށް ވަނީ ނިންމާފައި

އެސްޓީއޯ - ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ބަދަލު ގެންނަނަމަ ފިނޭންސްގެ ހުއްދަ ހޯދަންޖެހޭގޮތަށް ވަނީ ނިންމާފައި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިދާރީ އޮނިގަނޑާއި މުސާރައިގެ އޮނިގަނޑަށް ބަދަލުގެންނަނަމަ ހުއްދަ ހޯދަންޖެހޭގޮތަށް ބަދަލު ގެނެސްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގާރަ ދުވަހު އާންމުކުރި ސަރކިއުލަރގައި ބުނެފައިވަނީ ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ އިދާރީ އޮނިގަނޑާއި މުސާރައިގެ އޮނިގަނޑަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމަށް، އެ ބޯޑުން ވަނީ ސަރުކާރުން ހިއްސާވާ ކުންފުނިތަކުގެ އިދާރީ އޮނިގަނޑާއި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިން އެކުލަވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިއީ ދައުލަތުގެ ވިޔަފާރިތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލްކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަން ހިންގުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދިނުމަށާއި، ކޯޕަރޭޓް ގަވަރަނަންސް ހަމަތައް ނެގެހެއްޓުމަށްޓަކައި، އެ ގާނޫނުގެ 63 ވަނަ މާއްދާގެ (މ) ގެ ދަށުން އެކުލަވާލާފައިވާ ގައިޑްލައިނެއް ކަމަށް ޕީސީބީން ބުނެއެވެ،

އިދާރީ އޮނިގަނޑު ނުވަތަ މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމަށް ބޭނުންވާ ކުންފުނިތަކުން، މި ގައިޑްލައިންއާ އެއްގޮތަށް ގެންނަން ބޭނުންވާ ބަދަލުތަކަށް ހުއްދަ ހޯދުމަށްޓަކައި ކުންފުނީގެ ބޯޑުން ނިންމުމަށްފަހު، ކުންފުނީގެ ހިއްސާދާރުގެ ހުއްދައަށް އެދި ފޮނުވަންވާނެކަމަށް ބުނެފައިވެއެވެ. އަދި ހުއްދަ ލިބުމުން، ކުންފުނީގެ ބޯޑުން އައު އޮނިގަނޑު ފާސްކުރާތާ 5 ދުވަހުގެ ތެރޭގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާއި ހިއްސާކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

މި ގައިޑްލައިންގައި ބުނެފައިވަނީ "ކޯޑް އޮފް ކޯޕަރޭޓް ގަވަރނަންސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް" ގެ 22 ވަނަ މާއްދާއަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ބައްދަލުވުމުގައި ގެނެސްފައިވާ އިސްލާހުގެ ދަށުން އެ ކޯޑަށް އަމަލުކުރަންޖެހޭ ކުންފުނިތަކުން މި ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަ ކުރުަށްފަހު ހުއްދަ ހޯދުމަށް އެދި ފޮނުވާނީ ފިނޭންސް މިނިސްޓްރީއަށެވެ.

އަދި މި ކޯޑަށް އަމަލުކުރުން މިވަގުތު އިސްތިސްނާވާ ކުންފުނިތަކުގެ ތެރެއިން، ސަރުކާރު މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ވެސް މި ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ހުއްދަ ހޯދުމަށް އެދި ފޮނުވާނި ފިނޭންސް މިނިސްޓްރީއަށް ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން އެހެނިހެން ދައުލަތުގެ ވިޔަފާރިތަންތަނުންވެސް ކުންފުނީގެ އޮނިގަނޑު ބަދަލުކުރުމުގައި މި ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ހިއްސާދާރުގެ ހުއްދަ ހޯދުމަށް ވަނީ އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު