Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމަސްވެރިކަމުގެ ސިނާއަތު ދަށަށް

މަހުގެ އަގު ދަށަށް، ގަތް މަހުގެ މިންވަރާއި އެކްސްޕޯޓުކުރި މަހުގެ ވޮލިއުމް ވެސް ބޮޑު ތަނުން ދަށަށް!

31 ޑިސެމްބަރު 2024 | އަންގާރަ 12:39

2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޖުމްލަ 5,662.9 މެޓްރިކް ޓަނުގެ މަސް ގަނެވިފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 53 އިންސައްތައިގެ (6,403.2 މެޓްރިކް ޓަނު) ބޮޑު ދަށްވުމެއް ކަން އެމްއެމްއޭ އިން ފާހަގަ ކުރެއެވެ.

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2024 | އަންގާރަ 12:39
މަހުން ލަފާފައިވާ އޮޑިއަކުން މަސް ބާލަނީ

މަހުން ލަފާފައިވާ އޮޑިއަކުން މަސް ބާލަނީ

2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި މަސްވެރިކަމުގެ ސިނާއަތު 44.9 އިންސައްތަ ދަށްވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަ ކޮށްފިއެވެ.

އެ އޮތޯރިޓީން ޑިސެމްބަރު މަހު ނެރުނު ކުއަރޓާލީ އިކޮނޮމިކް ބުލެޓިން ގައި 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް މަސްވެރިކަމުގެ ހަރަކާތްތައް 50.0 އިންސައްތަ އަށް ދަށްވެފައިވާ ކަން ވަނީ ފާހަގަ ކޮށްފައެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި އަހަރުގެ ތިންވަނަ ކުއާޓަރުގައި މަސް ޕްރޮސެސް ކުރާ ކުންފުނިތަކުން ގަނެފައިވާ މަހުގެ މިންވަރާއި އެކްސްޕޯޓު ކުރެވުނު މަހުގެ ވޮލިއުމް ވެސް ވަނީ ބޮޑުތަނުން ދަށްވެފައެވެ.

2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޖުމްލަ 5,662.9 މެޓްރިކް ޓަނުގެ މަސް ގަނެވިފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 53 އިންސައްތައިގެ (6,403.2 މެޓްރިކް ޓަނު) ބޮޑު ދަށްވުމެކެވެ.

މަސް ގަނެފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު، ކަޅުބިލަ މަސް ގަތް މިންވަރު 63 އިންސައްތަ (5,656.1 މެޓްރިކް ޓަނު) ދަށްވުމާއި، ރީނދޫ އުރަހަ ކަންނެލި ގަތް މިންވަރު 26 އިންސައްތަ (777.4 މެޓްރިކް ޓަނު) ދަށްވެފައިވާކަން ފާހަގަ ކުރެވެއެވެ.

ރާއްޖޭގައި މަސް ގަތުމުގެ އަގުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ކަޅުބިލަ މަސް ކިލޯ އަކަށް 14.0 ރުފިޔާ އަދި ގަނޑުކުރި ކަޅުބިލަމަސް ކިލޯ އަކަށް 16.0 ރުފިޔާ އެވްރެޖް އަގުގެ ގޮތުގައި ހުރިކަން އެމްއެމްއޭ އިން ފާހަގަ ކޮށްފައިވެއެވެ.

އަނެއްކޮޅުން 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ކަޅުބިލަ މަސް ކިލޯއަކަށް 17.7 ރުފިޔާ އަދި ގަނޑުކުރި ކަޅުބިލަ މަސް ކިލޯ އަކަށް 19.7 ރުފިޔާ ލިބުމާއެކު، އޭރު ހުރި އަގުތަކާ އަޅާބަލާއިރު މި އަހަރުގެ ތިންވަނަ ކުއަރޓާގައި ހުރީ ދަށް އަގުތަކެއް ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކުންފުނިތަކުން ރީނދޫ އުރަހަ ކަންނެލި ގަތުމުގެ އެވްރެޖް އަގު 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ހުރީ ކިލޯއަކަށް 63.5 ރުފިޔާ އަށް ދަށްވެފައެވެ. 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރީނދޫ އުރަހަ ކަންނެލި ކިލޯއަކަށް 81.8 ރުފިޔާ ލިބުނުކަން އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
22 އެޕްރީލު 2017

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

22 އެޕްރީލު 2017
ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟
10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
01 ފެބުރުއަރީ 2017

ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ

01 ފެބުރުއަރީ 2017
ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް