Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

އަމޯރިމް ބުނީ ޔުނައިޓެޑު ރެލިގޭޓު ވެދާނެ ކަމަށް

އެ މެޗަށްފަހު ވާހަކަ ދައްކަމުން އަމޯރިމް ބުނީ، ޔުނައިޓެޑުގެ އެންމެހާ ސަޕޯޓަރުންނަށް ކަންކަން ސާފުކޮށް އަދި ތެދަށް ބުނެދޭން ޖެހޭ ކަމަށެވެ. އަދި ޔުނައިޓެޑު ރެލިގޭޓް ވެސް ވެދާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2025 | ބުދަ 04:19
މެންޗެސްޓަރ ޔުނަައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

މެންޗެސްޓަރ ޔުނަައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

މިވަގުތު ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާ މެންޗެސްޓަރ ޔުނައިޓެޑު، އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓް ވެދާނެ ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.

އޭނާ މިހެން ބުނީ ލީގުގައި ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅެ، ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުން ޔުނައިޓެޑު ބަލިވެފައިވާއިރު، އެއީ ފާއިތުވި 45 އަހަރުގެ ތެރޭގައި ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން އަމޯރިމް ބުނީ، ޔުނައިޓެޑުގެ އެންމެހާ ސަޕޯޓަރުންނަށް ކަންކަން ސާފުކޮށް އަދި ތެދަށް ބުނެދޭން ޖެހޭ ކަމަށެވެ. އަދި ޔުނައިޓެޑު ރެލިގޭޓް ވެސް ވެދާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން ޔުނައިޓެޑުން ވަރަށް ގިނަ ކަންކަން ބަދަލު ކުރަން ޖެހޭ ކަމަށާއި، ނަމަވެސް މި ސީޒަންގައި އެންމެނަށް ވެސް ވަރަށް ގިނަ އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް އަމޯރިމް ބުންޏެވެ. އެކަމުގެ ސަބަބުން ޔުނައިޓެޑަށް އިތުރު ހިތްވަރެއް ލިބިދާނެކަން ފާހަގަ ކުރަމުން އަމޯރިމް ބުނީ، އެ ޓީމަށް ޖެހޭނީ ހިތްވަރާ އެކު ކުރިއަށް ދިޔުމަށް މަސައްކަތް ކުރަން ކަމަަށެވެ.

މިވަގުތަށް ބަލާއިރު، އެކަމުގައި އޭނާގެ މައްސަލަ އޮތް ކަމަށް އަމޯރިމް ވަނީ އެއްބަސްވެފަ އެވެ. އަމޯރިމް ބުނީ ޓީމަށް ކުރިއެރުމެއް ނުލިބޭ ކަމަށާއި، މިވަގުތުގައި އެއީ ޔުނައިޓެޑަށް އޮތް ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ކުޅެމުން އަންނައިރު، ގިނަ މެޗުތަކުން ބަލިވުމަކީ އިންތިހާ އަށް އުނދަގޫ ކުރުވާ ކަމެއް ކަމަށް ވެސް އަމޯރިމް ވަނީ ބުނެފަ އެވެ. ނަމަވެސް ކޮންމެ މީހެއްގެ ޙަޔާތުގައި ވެސް އުނދަގޫ ވަގުތުތަކެއް އަންނާނެކަން ފާހަގަ ކުރަމުން އަމޯރިމް ބުނީ، އެ ވަގުތުތަކާ ކުރިމަތިލާން ޖެހޭނީ ކެރިގެން ކަމަށާއި، ކުރިއަށް ދިޔުމުގައި ހިތްވަރު ހުންނަން ވާނެ ކަމަށެވެ.

ޔުނައިޓެޑުގެ ކޯޗުކަމަށް އަމޯރިމް ހަމަޖެއްސި ފަހުން ވެސް އެ ކުލަބުގެ ނަތީޖާތައް ރަނގަޅު ނުވާތީ، އޭނާ އަށް ވެސް އަންނަނީ ޕްރެޝަރު ބޮޑުވަމުންނެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ޔުނައިޓެޑު 19 މެޗު ކުޅެފައިވާއިރު، މޮޅުވެފައި ވަނީ އެންމެ ހަ މެޗުންނެވެ. ނުވަ މެޗުން ބަލިވެފައިވާއިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ. ލީގު ތާވަލްގެ 14 ވަނައިގައި ޔުނައިޓެޑު އޮތީ 22 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

27 ފެބުރުއަރީ 2017
ގްރީޒްމަން ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުން: ޕެޓިޓް

ގްރީޒްމަން ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުން: ޕެޓިޓް

24 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު