Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސަރުކާރުގެ ޚަރަދު ބޮޑުވުން

ތަރައްގީ މަޑުޖެހި، ހިންގުމުގެ ޚަރަދު ބޮޑުވެ، ހިލޭ އެހީ ދަށަށް ގޮސް، ސަރުކާރުގެ ޖުމްލަ ޚަރަދު މައްޗަށް

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ޚަރަދު މިއަހަރު 10.3 ބިލިއަން ރުފިޔާ އަށް ދަށަށް ގޮސްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ އަށް ޚަރަދު ކުރި 11.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2024 | އާދީއްތަ 18:16
ރަކީދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އިން ކުރިއަށް ގެންދަނީ (ފައިލް)

ރަކީދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އިން ކުރިއަށް ގެންދަނީ (ފައިލް)

މިނިސްޓްރީ އޮފް ފިނޭންސް އިން 19 ޑިސެމްބަރުގައި ޝާއިޢުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރު މިހާތަނަށް ދައުލަތުގެ ޚަރަދުތަކަށާއި ލޯނު އަނބުރާ ދެއްކުމަށް ސަރުކާރުން ޖުމްލަ 48.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މިއީ 2023 ވަނަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރެވުނު 46.4 ބިލިއަން ރުފިޔާ އާ އަޅާބަލާއިރު 1.9 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ސަރުކާރުގެ ޖުމްލަ ޚަރަދު އިތުރުވެފައިވީ ނަމަވެސް، ސަރުކާރުގެ އިންވެސްޓްމަންޓްތައް ދަށަށް ގޮސް, ގިނަ ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހިފައިވެއެވެ.

އޭގެ ނަތީޖާ އެއްގެ ގޮތުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ޚަރަދު މިއަހަރު 10.3 ބިލިއަން ރުފިޔާ އަށް ދަށަށް ގޮސްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ އަށް ޚަރަދު ކުރި 11.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު، ހިންގުމުގެ ޚަރަދުތައް 2023 ވަނަ އަހަރު 30.2 ބިލިއަން ރުފިޔާ ގައި ހުރި އިރު މިއަހަރު 32 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ. ހިންގުމުގެ ޚަރަދުތައް ބޮޑުވެފައިވަނީ މައިގަނޑު ގޮތެއްގައި މުސާރައާއި، އުޖޫރައާއި، ޕެންޝަނަށް ކުރެވުނު ޚަރަދު 1.4 ބިލިއަން ރުފިޔާ އިތުރުވުމުގެ ސަބަބުންނެވެ. މީގެ އިތުރުން، އިދާރީ އަދި ހިންގުމުގެ ޚަރަދުތައް 737 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. ނަމަވެސް، މިދިޔަ އަހަރާ އަޅާ ބަލާއިރު، ކެޕިޓަލް ޚަރަދު ދަށްވެފައިވެއެވެ. މިއަހަރު 13.9 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައި ވާއިރު، ވޭތުވެދިޔަ އަހަރު 14.1 ބިލިއަން ރުފިޔާ ޚަރަދުކުރެވުނެވެ.

ސަރުކާރުން ހިންގަމުން އައި މަޝްރޫއުތަކަށް ކުރާ ޚަރަދުތައް ދަށަށް ދިޔަ އިރު، ސަރުކާރުގެ އާމްދަނީ ވަނީ އިތުރުވެފައެވެ. އާމްދަނީގެ ގޮތުގައި، ސަރުކާރަށް 32.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 32 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ޓެކްސްގެ ގޮތުގައި ދެއްކި ފައިސާ އިތުރުވުމުގެ ސަބަބުންނެވެ. އެގޮތުން 2023 ވަނަ އަހަރު 22.8 ބިލިއަން ރުފިޔާ ލިބުނުއިރު، މިއަހަރު 24.9 ބިލިއަން ރުފިޔާ ޓެކްސް ގެ ގޮތުގައި ލިބިފައިވެއެވެ.

އަނެއްކޮޅުން ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ.  

މިގޮތުން 7.3 ބިލިއަން ރުފިޔާ އަށް ދަށްވެފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 877 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. ސަރުކާރަށް ލިބުނު ހިލޭ އެހީވެސް ދަށްވެފައިވެއެވެ. މިއަހަރު ސަރުކާރަށް 612 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2023 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށްވުރެ 170 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

2024 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ކަނޑައަޅާފައިވަނީ 49.9 ބިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް އޮކްޓޯބަރު މަހު، ރައްޔިތުންގެ މަޖިލީހުން ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްފައެވެ. މިއާއެކު މިއަހަރުގެ ޖުމްލަ ބަޖެޓު 55 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ.                     

ކޮމެންޓް

އިތުރަށް ކިޔާލަން

ބީއެމްއެލްގެ އެހީއާއެކު ގާފަރު ސްކޫލްގައި ސެން ކްލާހެއް ތަރައްގީކޮށްފި

ބީއެމްއެލްގެ އެހީއާއެކު ގާފަރު ސްކޫލްގައި ސެން ކްލާހެއް ތަރައްގީކޮށްފި

14 ޖެނުއަރީ 2020
އައު ސީޕްލޭން ޓާރމިނަލުން ޖާގަ ކުއްޔަށް ދިނުމުގެ މަޝްވަރާތައް ވަނީ މަޑުޖެހިފަ: އެމްއޭސީއެލް

އައު ސީޕްލޭން ޓާރމިނަލުން ޖާގަ ކުއްޔަށް ދިނުމުގެ މަޝްވަރާތައް ވަނީ މަޑުޖެހިފަ: އެމްއޭސީއެލް

01 ޖެނުއަރީ 2020
އެކުޅިވަރު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދަނީ

އެކުޅިވަރު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދަނީ

18 އޮކްޓޯބަރު 2019
ގެލެކްސީ އެސް10އަށް ޑިމާންޑް ބޮޑުވެ ޕްރީ-އޯޑަރއަށް ގިނަ ބަޔަކު ރަޖިސްޓަރ ކޮށްފި

ގެލެކްސީ އެސް10އަށް ޑިމާންޑް ބޮޑުވެ ޕްރީ-އޯޑަރއަށް ގިނަ ބަޔަކު ރަޖިސްޓަރ ކޮށްފި

05 މާރިޗު 2019
ރާއްޖޭގައި މިހާރު ތަރައްގީ ކުރަމުންދަނީ 140 ރިސޯޓް

ރާއްޖޭގައި މިހާރު ތަރައްގީ ކުރަމުންދަނީ 140 ރިސޯޓް

25 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު