Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުވެނީލާގެ އަގު

ވެނީލާ ކިލޯއެއްގެ އަގު ރިހި ކިލޯއަކަށްވުރެ ބޮޑުވެ، ލިބުން ދަތިވެއްޖެ

ވެނީލާ ކިލޯއެއްގެ އަގު 600 ޑޮލަރަށް ވަނީ އަރާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 7 މެއި 2018 | ހޯމަ 03:59
ވެނީލާ ނަގަނީ ވެނީލާ ގަހުގެ މަލުން

ވެނީލާ ނަގަނީ ވެނީލާ ގަހުގެ މަލުން

ދުނިޔޭގެ ބާޒާރުގައި ވެނީލާގެ އަގު ބޮޑު ކިލޯއެއް 600 ޑޮލަރަށް އަރާފައިވާއިރު، ވެނީލާ ލިބުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ވެނީލާ އައިސްކްރީމް އުފެއްދުން ބައެއް ކުންފުނިތަކުން ހުއްޓާލައިފިއެވެ.

ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ޤުދުރަތީ ވެނީލާގެ އަގު 30 ގުނަ މައްޗަށް އަރާފައިވާކަމަށް އައިސްކްރީމް އުފައްދާ ކުންފުނިތަކުން ބުނެއެވެ.

ވެނީލާގެ އަގު ކުއްލިއަކަށް މާބޮޑުވެގެން ދިޔައީ މިދިޔަ އަހަރުގެ މާޗް މަހު، އެފްރިކާގެ އިރުމަތީ އައްސޭރިފަށާ ދިމާލުން އިންޑިއާ ކަނޑުގައި އޮންނަ މަޑަގަސްކަރައަށް އެރި ތޫފާނެއްގައި ގިނަ އަދަދެއްގެ ވެނީލާ ގަސްތައް ހަލާކުވުމާއި ގުޅިގެންނެވެ. ދުނިޔޭގައި އުފައްދާ ވެނީލާގެ 75 އިންސައްތަ ހައްދަނީ މަޑަގަސްކަރާގައެވެ. އޭގެ ފަހުން އަހަރެއް ވެގެންދިޔައިރު ވެނީލާގެ އަގު ތިރިވެދާނެކަމަށް ބެލެވުނުނަމަވެސް، އަގު ދަށްނުވެގެން އުޅެނީ ވެނީލާއަށް އޮތް ޑިމާންޑް ބޮޑުވުމުންކަމަށް އިޤްތިޞާދީ ފަރާތްތަކުން ބުނެއެވެ.

މަޑަގަސްކަރައިގެ އިތުރުން ދެން ވެނީލާ އުފައްދާ ޤައުމުތަކަކީ ޕަޕުއަ ނިއުގިނީ، އިންޑިއާ އަދި ޔޫގަންޑާއެވެ.

ވެނީލާއަކީ ވެނީލާ މަލުން ނަގާ އެއްޗަކަށްވާތީ، މިއީ ހޯދަން އުނދަގޫ އެއްޗެކެވެ. ސްޕައިސްތަކުގެ ތެރެއިން ސެފްރޮން ފިޔަވައި ދެން އެންމެ އަގު ބޮޑު އެއްޗަކީ ވެނީލާއެވެ.

އައިސްކްރީމްގެ އިތުރުން ވެނީލާ ފްލޭވަރގެ އެހެން ކާތަކެއްޗާއި، ކޮސްމެޓިކްސް އަދި ސެންޓުގެ ބާވަތްތައް އުފެއްދުމަށް ވެނީލާ ބޭނުންކުރެއެވެ.

ވެނީލާގެ އަގު ބޮޑުވުމުން، ވެނީލާގެ ރަހަދޭ ސިންތެޓިކް އުފެއްދުމެއްކަމަށްވާ ވެނިލިން ބޭނުންކުރާ މިންވަރު ކުރިއަށް އޮތްތަނުގައި އިތުރުވާނެކަމަށް ބެލެވެއެވެ.

އިތުރަށް ކިޔާލަން

01 ޖޫން 2017

ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!

01 ޖޫން 2017
ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!
31 މެއި 2017

ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި

31 މެއި 2017
ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު