Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

މަރެސްކާ ބުނީ މެޗު ގެއްލުނީ ދެ ވަނަ ހާފުގައި ހެދުނު ގޯސްތަކުން ކަމަށް

28 ޑިސެމްބަރު 2024 | ހޮނިހިރު 02:50

މަރެސްކާ ބުނީ، ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ ދިހަ މިނެޓު ނުވަތަ ފަނަރަ މިނެޓުގެ ތެރޭގައި ޗެލްސީ އަށް ގޯސްތަކެއް ހެދުނު ކަމަަށް ޤަބޫލު ކުރާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޑިސެމްބަރު 2024 | ހޮނިހިރު 02:50
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

އިނގިރޭސި ޕްރިމިއަރ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވީ، ދެ ވަނަ ހާފުގައި ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޗެލްސީގެ އަމިއްލަ ދަނޑުގައި ފުލަމް އަތުން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ޗެލްސީން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައިގެން ފުލަމް އިން ވަނީ ޗެލްސީގެ މައްޗަށް ކުރި ހޯދައިފަ އެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މަރެސްކާ ބުނީ، ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ ދިހަ މިނެޓު ނުވަތަ ފަނަރަ މިނެޓުގެ ތެރޭގައި ޗެލްސީ އަށް ގޯސްތަކެއް ހެދުނު ކަމަަށް ޤަބޫލު ކުރާ ކަމަށެވެ. އެގޮތުން ޗެލްސީގެ ކުޅުންތެރިންނަށް ތިބެވުނީ މާބޮޑަށް ދޫކޮށްލައިގެން ކަމަށާއި، އެކަމުގެ ސަބަބުން ފުލަމްގެ ކުޅުންތެރިންނަށް ފުރުސަތުތަކެއް ފަހިވެގެން ދިޔަ ކަމަށެވެ. އެކަމުގެ ނަތީޖާއަކަށްވީ މެޗުގެ އެންމެ ފަހު ވަގުތުގައި ފުލަމް އިން ލަނޑު ޖަހައިގެން މޮޅުވުން ކަމަށް ވެސް މަރެސްކާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މަރެސްކާ ބުނީ، މެޗު މެނޭޖުކުރުމުގައި އަދިވެސް ޗެލްސީން ކުރިއެރުންތަކެއް ހޯދަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް މެޗުތަކުގެ ދެ ވަނަ ހާފުގައި އެކަމަށް އިތުރު ސަމާލުކަން ދޭން ޖެހޭ ކަމަށާއި، ފުލަމް މެޗުގައި ފެނުނީ އެކަމަށް ދެވުނު ސަމާލުކަން ކުޑަވުމުގެ ސަބަބުން ދެ ލަނޑު ބައި ކޮޅަށް ވަދެގެން މެޗުން ބަލިވި މަންޒަރު ކަމަށް ވެސް މަރެސްކާ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ފުލަމްގައި ތިބި ކުޅުންތެރިންނަކީ އެފަދަ ވަގުތުތަކުގައި ފައިދާ ނަގަން އިނގޭ ކަހަލަ ކުޅުންތެރިންގެ ގޮތުގައި މަރެސްކާ ވަނީ ސިފަ ކޮށްފަ އެވެ.

މެޗުން ޗެލްސީ ބަލިވުމަށް އިޝާރާތް ކުރަމުން މަރެސްކާ ބުނީ، އެ މެޗަކީ ޗެލްސީ އަށް ބަލީގެ ތަހަންމަލު ކުރަން ޖެހުނު މެޗެއް ކަމަށެވެ. އެހެން ނަމަވެސް، ދެން ކުރަން ޖެހޭ ކަމަކީ ކުރިއަށް އޮތް މެޗަށް ތައްޔާރުވުން ކަމަށާއި، މާޒީ އަށް ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށް ވެސް މަރެސްކާ ބުނެފައިވެ އެވެ. ތިން ދުވަސް ފަހުން އިޕްވިޗް ޓައުންއާ ދެކޮޅަށް ނިކުންނަން ޖެހޭނީ އައު ހިތްވަރެއްގައި، އެ މެޗުން މޮޅުވާން ކަމަށް މަރެސްކާ ބުންޏެވެ.

މަރެސްކާ ހަވާލުވީ ފަހުންް ޗެލްސީން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، ފުލަމް އަތުން ވީ ބައްޔަކީ މި ސީޒަންގެ ލީގުގައި އެ ޓީމުގެ ތިން ވަނަ ބައްޔެވެ. މިހާތަނަށް ލީގުގައި ޗެލްސީން 18 މެޗު ކުޅެފައިވާއިރު، 10 މެޗުން މޮޅުވެ، ފަސް މެޗުން ވަނީ އެއްވަރުވެފަ އެވެ. ލީގު ތާވަލްގެ ދެ ވަނައިގައި ޗެލްސީ އޮތީ 35 ޕޮއިންޓާ އެކު އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް