Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިސަރުކާރުގެ ސިއްރުކަން

މިސަރުކާރުގައި ރައްޔިތުންގެ މަޖިލީހަކީ އަނދިރި ކޮޓަރީގައި އޮންނަ އަނދިރި މަޖިލީހެއް: އިބްރާހިމް ރަޝީދު

26 ޑިސެމްބަރު 2024 | ބުރާސްފަތި 07:13

ކަންކަން ފޮރުވުމަކީ ޑިމޮކްރަސީ ދަންނަ އުސޫލެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޑިސެމްބަރު 2024 | ބުރާސްފަތި 07:13
މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު ވާހަކަދައްކަވަނީ

މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގައި މިއޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ އަނދިރި ކޮޓަރީގައި އޮންނަ އަނދިރި މަޖިލީހެއްކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިބްރާހިމް ރަޝީދު ވިދާޅުވީ ރާއްޖޭގެއަށް ރައްޔިތުން ގެނެސްފައިވާ ނިޒާމުގައިވާ ގޮތުން ރާއްޖޭގައި އޮތީ ރައްޔިތުންގެ ވެރިކަމެއް ކަމަށާއި، ރައީސް އަކީ ރައްޔިތުންގެ ހާދިމެއް ކަމަށެވެ. އަދި ރައްޔިތުންގެ ގައުމެއްގައި ރައްޔިތުންނަށް ސިއްރުކުރަން ޖެހޭ ކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޑިމޮކްރަސީއަށް އިޝާރާތް ކުރައްވައި އިބްރާހިމް ރަޝީދު ވިދާޅުވީ ކަންކަން ފޮރުވުމަކީ ޑިމޮކްރަސީ ދަންނަ އުސޫލެއް ނޫން ކަމަށާއި، ނަމަވެސް މިސަރުކާރުގެ ސިއްރުކަން ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް އޮތީ ބަންދުކޮށްފައި ކަމަށާއި، އަދިރި ކޮޓަރިއަކަށް ލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ގައުމުގެ ހާލަތާއި ގުޅޭގޮތުން އިބްރާހިމް ރަޝީދު ވިދާޅުވީ މިސަރުކާރުން އަމަލުކުރަމުންދާ ގޮތުން ރާއްޖޭގެ ހާލަތު ދާނީ ދަށަށް ކަމަށާއި، ދަރަނިވެރިވުން އިތުރުވާނެ ކަމަށެވެ. ބަނޑަށް ނުޖެހި ދިވެހި ރައްޔިތުން ދިރިއުޅުނު ނަމަވެސް ހާލަތު ދަށްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ރާއްޖޭގެ ހާލަތު ރަނގަޅުކޮށް، ރައްޔިތުން ބާރުވެރި ކުރުވުމަށް ގައުމުގެ ނިޒާމު ބަދަލު ކުރަންޖެހޭ ކަމަށެވެ.

އެގޮތުން ގައުމުގައި ހުންނަވާ ރައީސް ވެސް ޖަވާބުދާރީ ކުރުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އިބްރާހިމް ރަޝީދު ވިދާޅުވީ އެހެން ބޭރުގެ ގައުމުތަކުގައި ވެސް މިއުސޫލަށް އަމަލުކުރާ ކަމަށާއި، ނަތީޖާއެއް ގޮތުން ގައުމުގެ މާލިއްޔަތުގެ ކަންކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ގައުމުގެ މާލިއްޔަތުގެ ހުރިހާ ކަމެއް ދަނީ ސިއްރުވެ ވަންހަނާވަމުން ކަމަށާއި، ބަޖެޓަށް ވާނުވާ ނޭނގޭ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް