Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުން ވަކިކުރި 248 މުވައްޒަފުން

ސަރުކާރުން ވަކިކުރި 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން އަންގައިފި

ރައީސް މުއިއްޒުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން 228 ސިޔާސީ މުވައްޒަފުން 15 ދުވަހުގެ ތެރޭގައި ވަކިކުރަން ވަނީ ވިދާޅުވެފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2024 | ބުދަ 11:37
އިންފޮމޭޝަން ކޮމިޝަނަރ އަޙްމަދު އާހިދު ރަޝީދު

އިންފޮމޭޝަން ކޮމިޝަނަރ އަޙްމަދު އާހިދު ރަޝީދު

ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މުވައްޒަފުން މަދުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން އެކި މިނިސްޓްރީތަކުން ވަކިކުރި ކަމަށް ސަރުކާރުން ބުނެފައިވާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ފަސް ދުވަހުގެ ތެރޭގައި ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު މިއަދު އަންގަވައިފި އެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެކި މިނިސްޓްރީތަކުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އޮކްޓޯބަރު 15 ގައި އިއުލާނު ކުރައްވާފައިވާއިރު، ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ އެކަމަށް ކަނޑައެޅި މުއްދަތުގެ ތެރޭގައި 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މިކަމަށް އިޝާރާތް ކުރައްވާ ހީނާ އެކްސްގައި ވިދާޅުވީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، އޮކްޓޫބަރު މަހުގެ 15 އިން ފެށިގެން 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުންވަނީ މަދުކުރެވިފައިވާ ކަމަށެވެ.

ރައީސް މުއިއްޒުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން 228 ސިޔާސީ މުވައްޒަފުން 15 ދުވަހުގެ ތެރޭގައި ވަކި ކުރައްވާނެ ކަމަށް އެމަނިކުފާނު އިއުލާނު ކުރެއްވީ އޮކްޓޯބަރު 15، ގަ އެވެ. އޭގެ ތަފުސީލަށް ވަޑައިގަންނަވަމުން ރައީސް ވިދާޅުވެފައި އޮތީ ވަކި ކުރައްވާނީ 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 69 ޕޮލިޓިކަލް ޑިރެކްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި ހަތް ސްޓޭޓް މިނިސްޓަރުން ކަމަށެވެ. އެ ނިންމެވުމާއެކު، ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. ނަމަވެސް ސިޔާސީ މުވައްޒަފުން ވަކިކުރީ ކޮން މިނިސްޓްރީތަކަކުން ކަމެއް އަދި އެއީ ކޮން ބައެއް ކަން ހާމައެއް ނުކުރެ އެވެ.

އެ ނިންމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ރިވިއު ކުރުމުން ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު، ކޮމިޝަނަރުގެ އޮފީހުން ވަނީ މައްސަލާގައި ގޮތެއް ނިންމަވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރު ނިންމެވުމުގައި ވިދާޅުވީ، ވަކިކުރި ސިޔާސީ މުވައްޒަފުންގެ ދާއިމީ އެޑްރެހަކީ ޒާތީ މައުލޫމާތެއް ކަމަށާއި އެ މައުލޫމާތު ހާމަކުރަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، ސިޔާސީ މުވައްޒަފުންނަކީ ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މުވައްޒަފުން ކަމާއި އެ މުވައްޒަފުން ގެ މައުލޫމާތަކީ އާންމު މަސްލަހަތުގެ ދަށުން ހިފެހެއްޓޭނެ މައުލޫމާތެއް ނޫން ކަމަށް ކޮމިޝަނަރު ކަނޑައެޅުއްވި އެވެ.

ރައީސްގެ ރިފޯމް އެޖެންޑާގެ ދަށުން ވަކިކުރި ސިޔާސީ މުވައްޒަފުންގެ ނަމާއި މަގާމާއި ލިބުނު މުސާރަ އަދި ވަކިކުރި ތާރީހަކީ ހާމަކުރަން ޖެހޭނެ މައުލޫމާތު ކަމަށާއި އެއީ އާންމު މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށް ކޮމިޝަނަރުގެ ނިންމުމުގައިވެ އެވެ. އެހެންވެ، ރަސްމީ ފަސް ދުވަސް ތެރޭ މައުލޫމާތު ހާމަކުރަން ރައީސް އޮފީހުގެ މައްޗަށް ކޮމިޝަނަރު އަމުރު ކުރެއްވި އެވެ.

ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނުދޭން ރައީސް އޮފީހުން ދައްކާ ސަބަބަކީ، ވަކިކުރި މުވައްޒަފުންގެ ނަމަކީ ސުޕްރީމް ކޯޓުގެ ހުކުމެއްގައި ބަޔާންކޮށްފައިވާ ފަދައިން ގާނޫނުއަސާސީގެ 24 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ހައްގުގެ ތެރޭގައި ހިމެނޭ ޒާތީ މައުލޫމާތެއް ކަމަށް ބުނެ އެވެ. އެހެންވެ، އެއީ ދޫކުރެެވެން ނެތް މައުލޫމާތެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ވަކިކުރި މުވައްޒަފުން މަސައްކަތް ކުރި މިނިސްޓްރީތަކުގެ ނަންތަކާއި މަގާމާއި ވަނަވަރު ހާމަކޮށްފި ނަމަ އެ މީހުންގެ ޒާތީ މައުލޫމާތުތަކެއް ހާމަވެދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު އެ ފަރާތެއްގެ ރުހުމެއް ނެތި ހާމަނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާތީ، އެ މައުލޫމާތު ވެސް ދެވެން ނެތް ކަމަށް އެ އޮފީހުން ބުންޏެވެ.

ގާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބުނަނީ ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި ގޮވަތިގެދޮރާއި އަނެކުންނާ ކުރާ ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަން ކަމަށެވެ. ހަމަ ކޮންމެ މީހަކުމެ، އަނެކުންގެ މި ބުނެވުނު ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާން ވާނެ ކަމަށް މާއްދާގައި ބުނެ އެވެ.

ރައީސް އޮފީހުން އެ މާއްދާއާ ހަވާލާދީ، ފާހަގަކުރި ސުޕްރީމް ކޯޓުގެ ހުކުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ މަގާމާއި މުސާރައިގެ ތަފްސީލު ހޯދަން އެދުނު މައްސަލައެއްގައި ބީއެމްއެލްއިން ކޯޓަށް ދިޔުމުން ކުރި ހުކުމެއް ކަމަށެވެ. އެ ހުކުމުގައި ބީއެމްއެލްގެ މުވައްޒަފުންގެ މައުލޫމާތަކީ ޒާތީ މައުލޫމާތު ކަމަށް ކަނޑައަޅައި، ހާމަކުރަން ނުޖެހޭ ކަމަށް ނިންމާފައިވެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން، ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ދޫކުރުމަކީ އާންމު މަސްލަހަތު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމަށް ފެނިއްޖެ ނަމަ އެ ތިންވަނަ ފަރާތުގެ ރުހުމާ ނުލައި އެ މައުލޫމާތެއް އެ ސަބަބަށްޓަކައި އެ ނިސްބަތަށް ދޫކުރެވިދާނެ އެވެ.

ސަރުކާރުގެ އެކި މުއައްސަސާތަކުގައި ވަޒީފާ އަދާކުރާ ސިޔާސީ މުވައްޒަފުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، މި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ މަތި ނުވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ކުރިން ވިދަޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު