Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައީބީއެމް ލޭބާ އެކޮމޮޑޭޝަން ހޯދުން

އައިބީއެމް އަށް ލޭބަރ އެކޮމޮޑޭޝަނެއް ހޯދުމާ ގުޅޭ އާ އެއްބަސްވުން ބާތިލުކޮށްފި

25 ޑިސެމްބަރު 2024 | ބުދަ 08:15

އައިބީއެމްއިން ލޭބާ އެކޮމޮޑޭޝަން ކުރިން ކުއްޔަށް ނަގާފައި ހުރީ މަހަކު 60،000ރ. ދޭ ގޮތަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 25 ޑިސެމްބަރު 2024 | ބުދަ 08:15
އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީ

އައިލެންޑް ބެވަރެޖް މޯލްޑިވްސް (އައިބީއެމް) އަށް ލޭބަރ އެކޮމޮޑޭޝަނެއް ހޯދުމާ ގުޅޭ އާ އެއްބަސްވުން ބާތިލުކޮށް، އެ ޕްރޮސެސް އަލުން ކުރިއަށް ގެންދަން އެމްޑަބްލިއުއެސްސީން އަންގައިފި އެވެ.

މިކަން ހާމަކޮށް ފައިވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން "އެކްސް" ގައި ކުރެއްވި މެސެޖެއްގައެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން "އެކްސް" ގައި ކުރެއްވި މެސެޖުގައި ވިދާޅުވީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި އައިބީއެމްއަށް ލޭބާ އެކޮމޮޑޭޝަނެއް ހޯދުމުގެ ޕްރޮސެސް އާއި އަގުތަކާ ގުޅޭ ޝަކުވާއެއް އައުމާ ގުޅިގެން އެކަންތައް ބެލުމަށްފަހު އެއްބަސްވުން ބާތިލު ކޮށްފައިވާ ކަމަށެވެ.

"އައިބީއެމްއަށް ލޭބާ އެކަމޮޑޭޝަން ހޯދުމުގެ ޕްރޮސް އާއި އަގުތަކާއި ގުޅޭ ޝަކުވާއެއް އަޅުގަނޑުމެނަށް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ލިބިފަ. އަދި އެއާއި އެކު އެކަން ކުރިޔަށް ގޮސްފައިވާ ގޮތާއި އަގުތައް އިންޓާނަލް އޮޑިޓް ޓީމުން ބެލުމަށްފަހު އެމްޑަބްލިއުއެސްސީގެ ބޯޑުގައި މަޝްވަރާކުރެވި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރުވާނީ އައިބީއެމްއަށް އަންގާފަ،" އޭނާ ވިދާޅުވި އެވެ.

އައިބީއެމްގެ އެއްބަސްވުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި އާންމުވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އައިބީއެމްއިން އެކޮމޮޑޭޝަން ބްލޮކް ފަސް އަހަރު ދުވަހަށް ކުއްޔަށް ނެގީ ޓެލެ މޯލްޑިވްސް ކިޔާ ކުންފުންޏެއް މެދުވެރިވެގެން ބިޑިން ޕްރޮސެސްއަކާ ނުލައި މަހަކު ދެ ލައްކަ ރުފިޔާ ދައްކާ ގޮތަށެވެ.

ސޯޝަލް މީޑިއާގައި އާންމުވި މި އެއްބަސްވުމުން އެނގޭ ގޮތުގައި އެ އާ އެއްބަސްވުން ހެދީ އިތުރު ފްލޯއެއް ވެސް ކުއްޔަށް ނަގާ ގޮތަށް، އެތަނުގެ މަރާމާތަށް އައިބީއެމްއިން ހަރަދު ކުރާ ގޮތަށެވެ. އައިބީއެމްއިން ލޭބާ އެކޮމޮޑޭޝަން ކުރިން ކުއްޔަށް ނަގާފައި ހުރީ މަހަކު 60،000ރ. ދޭ ގޮތަށްކަން ލިޔުންތަކުން ހާމަވެއެވެ. އަދި އެ ލޭބާ އެކޮމޮޑޭޝަން ވެސް ކުއްޔަށް ނެގީ ޓެލެ މޯލްޑިވްސް އިންނެވެ.

އައިބީއެމްއިން ލޭބަރ އެކޮމޮޑޭޝަންގެ މި އެއްބަސްވުން އެންމެ ފުރަތަމަ ހަދާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 27، ގަ އެވެ. ނަމަވެސް އެ އެއްބަސްވުން ބަދަލުކޮށް އާ އެއްބަސްވުމުގައި ސޮއިކުރީ މިއަހަރުގެ އޮކްޓޯބަރު 22، ވަނަ ދުވަހުގައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން ބޮޑެތި ކޮރަޕްޝަންގެ އެކި ކަހަލަ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ފެންމަތިވީ ކޮރަޕްޝަންގެ ކަންކަން ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގުކުރަމުންނެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް