Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެރަރިޒަމް ހަމަލާދޭން އުޅޭކަމަށް ބުނުން

ނިހާދު ޕީއެންސީ ޖަލްސާގައި ދެއްކި ވާހަކަ - މައުލޫމާތު ނުދިނުމުގެ ކުށުގެ އަދަބަކީ 5 އަހަރާއި 7 އަހަރުގެ ޖަލު ހުކުމެއް!

ސަރުކާރުގެ އިސްމަގާމެއްގައި ހުންނަވައިގެން އެފަދަ ވާހަކަތަކެއް ދެއްކެވި މައްސަލައާއި ގުޅިގެން ނިހާދު ވަނީ ސަސްޕެންޑްކޮށްފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2024 | އަންގާރަ 14:26
ކޮންގްރެސް ޕާޓީން ބޭއްވި ޖަގަހަ ޖަލްސާގައި ނިހާދު ވާހަކަ ދައްކަވަނީ

ކޮންގްރެސް ޕާޓީން ބޭއްވި ޖަގަހަ ޖަލްސާގައި ނިހާދު ވާހަކަ ދައްކަވަނީ

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނިހާދު ދެއްކި ވާހަކައާއި ގުޅިގެން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް 5 އަހަރާއި 7 އަހަރާއި ދެމެދުގެ ޖަލުހުކުމެއް އަތުވެދާނެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ހޯމަ ދުވަހުގެ ރޭ ކޮންގްރެސް ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ނިހާދު ވިދާޅުވީ އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅެނީ ރާއްޖެއަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާތީ، އެކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ކަމަށެވެ.

Advertisement - newsAdvertisement

ޓެރަރިސްޓް ހަމަލާއެއްދޭން އުޅޭކަމުގެ މައުލޫމާތު އެނގި އެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކަށް ނުދިނުމަކީ ގާނޫނީ ކުށެކެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ އިންޓެލިޖެންސް މަޢުލޫމާތު ދޭންވާ ފަރާތަކަށް ނުދިނުމުގެ މާއްދާ (1-60) ގެ (ހ) ގައި ބުނެފައިވަނީ އެ ޤާނޫނުގެ 3-19 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަޢުލޫމާތު ބަދަލުކުރުމުގެ އޮނިގަނޑާ އެއްގޮތަށް ޓެރަރިޒަމާގުޅޭ އިންޓެލިޖެންސް ބަދަލުކުރަންޖެހޭ ޙާލަތެއްގައި، ޓެރަރިޒަމްގެ ޢަމަލެއް ހުއްޓުވުމަށް މުހިންމު މަޢުލޫމާތެއް، އެ މަޢުލޫމާތެއް ޙިއްޞާކުރަން މި ޤާނޫނުގެ ދަށުން ނުވަތަ އެހެން ޤާނޫނެއްގެ ދަށުން ލާޒިމުކުރާ ފަރާތަކާ ނުކުރުމުގެ ސަބަބުން ޓެރަރިޒަމްގެ ޢަމަލެއް މެދުވެރިވެއްޖެނަމަ، އެފަދައިން މަޢުލޫމާތު ހާމަނުކުރި ފަރާތުން އެ ކުރަނީ ކުށެކެވެ.

އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެނަމަ، އެ ކުށުގެ އަދަބަކީ، 5 (ފަހެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ، އެ ކުށުގެ އަދަބަކީ، 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޓެރަރިޒަމާގުޅޭ މައުލޫމާތު ހާމަނުކުރުމުގެ މާއްދާ (2-60) ގެ (ހ) ގައި ބުނަނީ މި ޤާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު، ކަމާބެހޭ ދައުލަތުގެ އިދާރާއަކާ އެ މަޢުލޫމާތު ޙިއްޞާކުރުމުގެ ފުރުޞަތުއޮވެ، އެ މަޢުލޫމާތު ޤަޞްދުގައި ޙިއްޞާނުކޮށް ސިއްރުކުރުމަކީ ކުށެކެވެ.

އަދި މި މާއްދާގެ (ށ) ގައި ބުނަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 5 (ފަހެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޕީއެންސީ ޖަލްސާގައި ނިހާދު އެމްޑީޕީއާއި ގުޅުވައި ދެއްކި ވާހަކައާއި ގުޅިގެން އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ.

މީގެ އިތުރުން އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އެމްޑީޕީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ހޯމަ ދުވަހުގެ ރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ދެއްކި ދޮގު ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

މިއީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްވެސް ހާލެއްގައި ކޮށްގެން ނުވާނެ ފަދަ ސީރިއަސް ތުހުމަތުތަކެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ވެރިކަން ކުރާ ޕާޓީން މިފަދަ ހަގީގަތާ ހިލާފު ތުހުމަތުތައް ކުރަމުން ދިޔުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ޤަބޫލު ކުރާ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ނިހާދު ހަރުގޭގައި ދެއްކެވި ވާހަކައާއި ގުޅިގެން ވަނީ މައާފަށްވެސް އެދިފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިހާދު ވިދާޅުވީ އޭނާ ދެއްކި ވާހަކައެއް ދެއްކީ މުޅި ގައުމު، އެ އިންޑަސްޓްރީއަކަށް ބަރޯސާވާ އިންޑަސްޓްރީގެ ދިފާއުގައި ކަމަށެވެ. އަދި އެ ވާހަކަ ގެނެސްދިނުމުގައި ބަހުރުވައިން ނުބައި މާނައެއް ނެގިފައިވާނަމަ އެކަމަށް މައާފަށް އެދޭ ކަމަށެވެ.

މުހައްމަދު ނިހާދު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުން ގަޔަށް ހައްޕުޑު ޖަހައި، އަވަގުރާނަ ގޮވި މީހުން އިޙުތިރާމްގެ ވާހަކަ ދެއްކީމާ ލަދުވެތި!

ފުލުހުން ގަޔަށް ހައްޕުޑު ޖަހައި، އަވަގުރާނަ ގޮވި މީހުން އިޙުތިރާމްގެ ވާހަކަ ދެއްކީމާ ލަދުވެތި!

06 އޮކްޓޯބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ވައްކަމާއި ކޮރަޕްޝަން ހިންގާ މީހުންނަށް ސަރުކާރުން ކިޔަނީ މަރުޙަބާ!

ވައްކަމާއި ކޮރަޕްޝަން ހިންގާ މީހުންނަށް ސަރުކާރުން ކިޔަނީ މަރުޙަބާ!

09 ސެޕްޓެމްބަރު 2025
ފެނަކައަށް އާ ޗީފް ފައިނޭންޝިއަލް އޮފިސަރެއް އައްޔަނުކޮށްފި

ފެނަކައަށް އާ ޗީފް ފައިނޭންޝިއަލް އޮފިސަރެއް އައްޔަނުކޮށްފި

01 ސެޕްޓެމްބަރު 2025
މައްސަލަ ތަކެއް ޖެހި، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވެއްޖެ

މައްސަލަ ތަކެއް ޖެހި، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވެއްޖެ

04 މެއި 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު