Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީން ވަގު ފޯމް ހުށަހެޅި މައްސަލަ

ޕީއެންސީއަށް މީހުން ވެއްދުމަށް ވަގު ފޯމް ހުށަހެޅި މައްސަލަ ފުލުހުން ތަހުގީގެއް ނުކުރޭ: ވަހީދު

30 ޖެނުއަރީ 2025 | ބުރާސްފަތި 10:37

ވަގު ފޯމްގެ 300ށް ވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޖެނުއަރީ 2025 | ބުރާސްފަތި 10:37
ވަގު ފޯމް މައްސަލާގެ ހުރި ކަންބޮޑުވުންތައް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އިބްރާހީމް ވަހީދު ރާއްޖެއެމްވީއަށް ހިއްސާކުރައްވަނީ

ވަގު ފޯމް މައްސަލާގެ ހުރި ކަންބޮޑުވުންތައް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އިބްރާހީމް ވަހީދު ރާއްޖެއެމްވީއަށް ހިއްސާކުރައްވަނީ

ޕީއެންސީއަށް މީހުން ވެއްދުމަށް ވަގު ފޯމް ހުށަހެޅި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ނުދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.

ވަގު ފޯމް ހުށަހަޅައި ޕީއެންސީއަށް އެމްޑީޕީގެ މެންބަރުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން އެޕާޓީއަށް ވައްދާފައިވާ މައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހު ހެނދުނު އެމްޑީޕީގެ މެންބަރުން ވަނީ އިލެކްޝަން ކޮމިޝަނަށް ހާޒިރުވެ، މިކަންބޮޑުވުން އިލެކްޝަން ކޮމިޝަންގެ މެންބަރުންނާ ހިއްސާކުރައްވާފައެވެ. މިއީ އެ ޕާޓީން މިމައްސަލާގައި އެ ކޮމިޝަނާ ބަދަލުކުރި 3 ވަނަ ފަހަރެވެ.

މިމައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް ވަހީދު ވިދާޅުވީ އޮޅުވާލައިގެން ވަގަށް ޕީއެންސީއަށް ގިނަ ބަޔަކު ވައްދާފައިވާ ކަމަށާއި، މިމައްސަލަ ސަމާލު ކަމަށް ގެނެސްފައިވަނިކޮށް، ޕާޓީގެ ދަފްތަރު ލިސްޓް އިލެކްޝަން ކޮމިޝަން (އީސީ)އިން އާއްމު ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ޕީއެންސީން ވެސް ވަގު ފޯމް ހުށަހެޅި ކަމަށް އެއްބަސްވެފައިވާކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ އެމައްސަލަތައް ބަލަންޖެހޭނީ އީސީން ކަމަށް ޕީއެންސީން ވެސް ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ ވަގު ފޯމްގެ 300ށް ވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކާއި ސުވާލުކޮށްފައިނުވާ ކަމަށާއި، މިތަހުގީގު ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ވަގު ފޯމްގެ މައްސަލާގައި މިހާތަނަށް 3000ށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި މިމައްސަލާގައި އެމްޑީޕީން ދޫނުދޭނެ ކަމަށާއި، އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިބްރާހިމް ވަހީދު އެމްޑީޕީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
01 ޑިސެމްބަރު 2025

ވަގުތީ ޗެއަރޕަސަން ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ޝާހިދު އިރުޝާދު ދެއްވައިފި

01 ޑިސެމްބަރު 2025
ވަގުތީ ޗެއަރޕަސަން ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ޝާހިދު އިރުޝާދު ދެއްވައިފި
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް