Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ ކޯޕަރޭޝަން

ފެނަކައަށް އާ ޗީފް ފައިނޭންޝިއަލް އޮފިސަރެއް އައްޔަނުކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ސީއެފްއޯގެ މަގާމަށް މުހައްމަދު ޖިހާދު އައްޔަނުކޮށްފައި ވަނީ ހޯމަ ދުވަހު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2025 | ހޯމަ 17:17
ފެނަކައިގެ ސީއެފްއޯގެ މަގާމަށް އައްޔަނުކުރި މުހައްމަދު ޖިހާދު

ފެނަކައިގެ ސީއެފްއޯގެ މަގާމަށް އައްޔަނުކުރި މުހައްމަދު ޖިހާދު

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމަށް އާ ބޭފުޅަކު އައްޔަނުކޮށްފި އެވެ.

ފެނަކައިގެ ސީއެފްއޯގެ މަގާމަށް ހޯމަ ދުވަހު އައްޔަނު ކޮށްފައި ވަނީ މުހައްމަދު ޖިހާދު އެވެ.

Advertisement - newsAdvertisement

ޖިހާދު ސީއެފްއޯގެ މަގާމަށް އައްޔަނުކުރިކަން ހާމަކޮށް ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާއަށް މަރުހަބާ ކިޔައިފަ އެވެ.

ޖިހާދުއަކީ ފެނަކައިގެ ޗީފް ރިސޯސް އޮފިސަރު (ސީއާރްއޯ) ގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމެންޓާއި ޕްރޮކިއުމެންޓް ޑިޕާޓްމެންޓުގެ އިތުރުން ލޮޖިސްޓިކްސް ޑިޕާޓްމެންޓު އަދި ރިޕެއާ އެންޑް މެއިންޓެނެންސްގެ އެންމެހައި ކަންކަން ހިންގަމުން ދިޔައީ އޭނާގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް އެ މަގާމުން އޭނާ ވަކިކުރި ކަމެއް އަދި ނޭނގެ އެވެ.

ފެނަކައިގެ ސީއެފްއޯގެ މަގާމުގައި މީގެ ކުރިން ހުންނެވީ އަބްދުالله ވަހީދު އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ހޯމަ ދުވަހުގަ އެވެ.

ވަހީދު ސީއެފްއޯގެ މަގާމުން އިސްތިއުފާ ދެއްވީ އޭނާ ވިދާޅުވި ގޮތުގައި، ސީއެފްއޯގެ މަގާމުން ޗީފް ލެވެލްގެ އެހެން މަގާމަކަށް އޭނާ ބަދަލުކުރުމުގެ މަޝްވަރާތަކެއް ކުރާތީ އެކަމަށް އެއްބާރުލުން ދިނުމަށެވެ. އެހެން ނަމަވެސް ފެނަކައިގެ ސީއެފްއޯގެ މަގާމު ބަދަލު ކޮށްފައި މިވަނީ ކީއްވެ ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.

ސީއެފްއޯގެ މަގާމަކީ އެ ކުންފުނީގެ މާލީ އެންމެހައި ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެވެ. ކުންފުނީގެ ޗެކުތަކުގައި ސޮއި ކުރުމާއި އެ ނޫން ވެސް ކުންފުނީގެ މާލީ ކަންކަމާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމެވެ.

ފެނަކަ ކޯޕަރޭޝަންމުހައްމަދު ނިހާދު އަބްދުﷲ ވަހީދުސީއެފްއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު