Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ކުޅިބައި އަތުރާލުމުގައި ހުރި މޮޅުކަމެއް ދައްކާލަންވީ ވަގުތަކީ މިއީ!

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރަސްމީ ހަރުގޭގައި އޮތް ޖަލްސާއެއްގައި، އެ ޕާޓީގެ ޕޯޑިއަމް ދޮށުގައި ހުންނަވައި ޢަބްދުއް ރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީތީ އަޑު އެހީމެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި، ސިޔާސީ ކުޅިބައި އަތުރާލަން އެމަނިކުފާނާ އެއްވަރުގެ ބޭފުޅެއް ނުހުންނާނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2025 | އާދީއްތަ 05:11
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއް ރަހީމް ޢަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއް ރަހީމް ޢަބްދުﷲ

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރަސްމީ ހަރުގޭގައި އޮތް ޖަލްސާއެއްގައި، އެ ޕާޓީގެ ޕޯޑިއަމް ދޮށުގައި ހުންނަވައި ޢަބްދުއް ރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީތީ އަޑު އެހީމެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި، ސިޔާސީ ކުޅިބައި އަތުރާލަން އެމަނިކުފާނާ އެއްވަރުގެ ބޭފުޅެއް ނުހުންނާނެ ކަމަށެވެ. އެމަނިކުފާނުގެ މޮޅުކަމާއި، ވިސްނުންތޫނު ކަމަށާއި އަދި ކުޅިބައި އަތުރާލެއް ފުރިހަމަ ކަމަކީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގެނެސް "ލެއްވުން" ކަމަށް ވެސް ވިދާޅުވީތީ އަޑު އެހީމެވެ.

އެކަމާ ދެބަސްވާކަށް ނެތީމެވެ. އަދުރޭ އަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ފަރިތަ ނަމެކެވެ. މޫނެކެވެ. އަޑެކެވެ. ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ޕޯޑިއަމް އިން ފެށިގެން އަދުރޭ ފެނެ އެވެ. އޭގެ ފަހުން ޑީއާރުޕީ ދެބައިވެގެން ދިޔުމާއެކު، ރައީސް މައުމޫން އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕޯޑިއަމް އިން ވެސް އަދުރޭ ފެނެ އެވެ.

ޕީޕީއެމް ދެބައިވެގެން ދިޔަ ދަނޑިވަޅުގައި އަދުރޭ ހުންނެވީ، ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ފަހަތްޕުޅުގަ އެވެ. ރައީސް ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރަށް އުފެއްދި ޕާޓީ އަކީ، ޕީއެންސީ އެވެ. އެ ޕާޓީގެ ރައީސްކަމަށް ވަޑައިގެންނެވީ ވެސް އަދުރޭ އެވެ. އޭގެ ދަހުން ދާދި މިދާކަށް ދުވަހާ ހަމައަށް އެ ދެ ޕާޓީ ދިޔައީ އެކުގައި މަސައްކަތް ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި މިވަގުތު ހުންނެވި އަަދުރޭ އަކީ، މީގެ ކުރިން ވެސް ދެ ދައުރެއްގައި ލ.ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރެއްވިި ބޭފުޅެވެ. ޑީއާރުޕީ އާއި ޕީޕީއެމް އަދި ޕީއެންސީގައި ވެސް ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ރައީސް ޔާމީނަށް ޖަލު ޙުކުމެއް ތަންފީޒު ކުރަން ޖެހުނު ދަނޑިވަޅުގައި، އިދިކޮޅު ޕާޓީތައް ހިންގެވީ އަދުރޭގެ ބެލުމުގެ ދަށުންނެވެ.

އިދިކޮޅު ފަރާތްތަކަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުވީ ފަހުން، ކުރީގެ ރައީސް ޔާމީނާއި، ރައީސް މުޢިއްޒުގެ ގުޅުން ގޯސްވެ، އެކަން ފަޅައިގެން ދިޔަ އެވެ. އެންމެ ފަހުން ރައީސް ޔާމީން ވެސް ޕާޓީން ވަކިވެ ވަޑައިގެން، އެހެން ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. އެ ދަނޑިވަޅުގައި އަދުރޭ އެރުއްވީ ރައީސް މުޢިއްޒުގެ ފަހަތްޕުޅަށެވެ. ރައީސް މުޢިއްޒު އަށް ވެރިކަން ހޯއްދަވައި ދެއްވަން އަދުރޭ ކޮއްޓެވި މަގުތަކާއި، އަދުރޭގެ ސިކުނޑި ގޭނުމުގެ ބަދަލެއްގެ ގޮތުގައި ރައީސް މުޢިއްޒުގެ ސީނިއާ ވަޒީރުކަން އަދުރޭ އަށް ދެއްވި އެވެ.

އޭގެ ފަހުން މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ލިބުނު ބޮޑު މެޖޯރިޓީ އާއެކު، މަޖިލިސް ރައީސްކަން ވެސް ދެއްވީ އަދުރޭ އަށެވެ. ސިޔާސީ މައިދާނުގައި ރައީސް މުޢިއްޒުގެ ރޯލު މޮޑެލް އަކީ އަދުރޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކުރިން މި ބުނި ކުޅިބައިގެ ވާހަކަ އަދުރޭ ދެއްކެވީ ރައީސް ޔާމީނާ ޖެހުނު މައްސަލައިގެ ތެރޭގަ އެވެ. އަމިއްލަ މޭފުޅުގައި އަތް ޖައްސަަަވައި، އިންތިހާ އަށް ފަޚުރުވެރިކަމާ އެކު އެ ވިދާޅުވީ ކުޑަ ވާހަކައެއް ނޫނެވެ.

އަދުރޭ އެ ވިދާޅުވާ ކުޅިބައި އަތުރާލުމުގެ މޮޅުކަން ދައްކަން ޖެހޭ ދަނޑިވަޅަކީ މިއީތާ އެވެ! ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުގައި ހުންނެވި އަދުރޭގެ ދަރިކަލުން އިބްރާހީމް ފައިޞަލް މަގާމުން ވަކި ކުރުމާއެކު، ރައީސް މުޢިއްޒުއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާކަން ހާމަ ކުރީ އަދުރޭ އެވެ. ވެރިކަން ފެށުނުއިރު އޮތް ގާތް ގުޅުން އޮތް ނަމަ، އެ ނިންމުން ރައީސް މުޢިއްޒު ނުނިންމަވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭގެ އެ ވާހަކަތަކާއެކު އަދުރޭ އަށް ވެސް ޕްރެޝަރު ބޮޑުވެފައިވާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދުރޭ އަކީ ދައުލަތުގެ އެއް ބާރުގެ ވެރިޔާ ކަމަށްވެފައި، އެ މަގާމުން އަދުރޭ "ބޭރުކޮށްލުމުގެ" ފުރިހަމަ އާރާއި ބާރު ރައީސް މުޢިއްޒުގެ އަތްޕުޅުގައި މިއަދު އެބަ އޮތެވެ. އެކަން ހުދު އަދުރޭ ވެސް ޤަބޫލު ކުރައްވާނެ އެވެ. އެ ނިންމުން ނިންމައި، އެކަން ރައީސަށް އެރުވީ ވެސް އަދުރޭމެންގެ އަމިއްލަ އަތްޕުޅުންނެވެ.

މަޖިލިސް ރައީސްކަމުން އަދުރޭ ބޭރުކޮށްލަފާނެ ކަމުގެ ބިރަށް މިވަގުތު އަދުރޭ މަޑުމަޑުން ހުންނެވި ކަމަށް ވެސް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. އޭޣެ ބަދަލުގައި އަދުރޭ ބޭނުން ވަނީ "ޕީސް ހައްދަވައި" ރައީސް މުޢިއްޒުއާ އެއްގަލަށް އަރުއްވާށެވެ. ސިޔާސީ ގޮތުން ކުޅިބައި އަތުރާލަން އަދުރޭ މޮޅުކަމަށް ވިދާޅުވާއިރު، މިއީ ހަގީގަތުގައި އެ މޮޅުކަން ދައްކަންވީ ވަގުތު ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.

މިވަގުތު އަދުރޭގެ އެ ހުރީ "ސައި"ވެފަ އެވެ. ރައީސް މުޢިއްޒު ޖެއްސެވި އެންމެ ކުޅިއަކުންނެވެ. އެ މަޅިން ސަލާމަތްވުމަށް، އަދުރޭ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ އެވެ. މިކަމުގައި ވާނީ ކޮންމެ ވެސް އެއް ގޮތެކެވެ. ރައީސް މުޢިއްޒު ޖައްސަވާ ބެރަށް އަދުރޭ މިފަހަރު ނައްޓަވަން ޖެހޭނެ އެވެ. ނޫނީ މަޖިލީހުގެ ރައީސްކަން އަދި މެމްބަރުކަން ވެސް ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު