Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ވައްކަމާއި ކޮރަޕްޝަން ހިންގާ މީހުންނަށް ސަރުކާރުން ކިޔަނީ މަރުޙަބާ!

ސަރުކާރުގެ އެތައް ދިމާލެއްގައި ރެޔާއި ދުވާލު ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން އެ ދަނީ އިމެއް ނެތި އެވެ. އެކަމަކު، އެކަންކަމާ ދެކޮޅަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތެވެ. އޭގެ ބަދަލުގައި އެކަންކަަން ހިންގާ ފަރާތްތަކަށް ސަރުކާރުން އެ ކިޔަނީ މަރުޙަބާ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2025 | އަންގާރަ 10:24
ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ، އެމަނިކުފާނުގެ ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އަށް ޖާގަ ނޯންނާނެ ކަމަށް ވިދާޅުވެ އެވެ. ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިން އަދި ސިޔާސީ މަގާމުތަކަށް ލައްވާ ބޭފުޅުންނަކީ ވެސް، ތެދުވެރި އަދި ނަޒާހަތްތެރި މީހުންނަށް ކަމަށް ވިދާޅުވަމުންނެވެ. ހަމަ އެހެންމެ، ސަރުކާރުގެ ކޮންމެ މަޤާމަަކަށް އައްޔަން ކުރައްވާ ކޮންމެ މީހަކީ ވެސް، ސީދާ ރައީސް އަށް ފުރިހަމަ އިތުބާރު އޮންނާނެ ފަރާތްތައް ކަމަށް ވެސް ވިދާޅުވަމުންނެވެ.

އެކަމަކު، ރައީސް މުޢިއްޒުގެ ސަރުކާރަށް ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް، ފެންނަމުން ދަނީ މުޅިން އެހެން މަންޒަރެކެވެ. ކުރިން ރައީސް މުޢިއްޒު ވިދާޅުވެފައިވާ ވިދާޅުވުން، ހަމަ އެއްވެސް ގޮތަކަށް ދިމާވާ ގޮތެއް ނުވި އެވެ. ސަރުކާރުގެ ވަޒީރުންނާއި، ކުންފުނި ތަކުގެ ވެރިންނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް މަދެއް ނޫނެވެ. ބައެއް ކުންފުނި ތަކުގެ ވެރިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ވައްކަމާއި، ކޮރަޕްޝަންގެ އަމަލުތައް ގިނަކަމުން، ލިސްޓެއް ހަދަން ވެސް ވާނީ އުނދަގޫ ކަމަކަށެވެ.

މި ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން ހިންގައިގެން އެއްވެސް މީހަކު ހާސްވާކަށް ނުޖެހޭނެ އެވެ. ބިރު ވެސް ގަންނާކަށް ނުޖެހޭނެ އެވެ. ސަބަބަކީ އެއިން މީހަކާ ދެކޮޅަށް މި ސަރުކާރުން އަޅާނެ ފިޔަވަޅެއް، ހިންގާނެ ތަހުގީގެއް އަދި ކުރާނެ ޝަރީއަތެއް ނޯންނާނެތީ އެވެ. އެ މީހެއްގެ މައްޗަށް ތުހުމަތުތައް ކޮށްކޮށް، ރައްޔިތުން އިންތިހާ އަށް ރުޅި ގަދަވެ، ސަރުކާރަށް ހަދާނެ ގޮތް ހުސްވުމުން ދެން ކުރާނީ މަގާމުން ވައްކެވެ. އެކަމަކު، ފިޔަވަޅެއް ނާޅާނެ އެވެ. އޭގެ ބަދަލުގައި އެ ވާހަތައް މަތިން ރައްޔިތުން ހަނދާން ނެތޭހާ ދުވަސް ކޮށްލުމަށް ފަހު، ދެން އެ މީހަކަށް ކިޔާނީ މަރުޙަބާ އެވެ. ދެއްވާނީ އެހެން މަގާމެކެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައި، އިބްރާހީމް ފަޟުލް ރަޝީދު ހިންގެވި ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ރައްޔިތުން ހަނދާން ނެތޭހާ ދުވަހެއް ނުވެ އެވެ. ހަދާނެ ގޮތް ހުސްވެ، ދައްކާނެ ބަހަނާތައް ހުސްވުމުން، ފަޟުލް ދެއްވީ އިސްތިއުފާ އެވެ. އެއާއެކު، އެހެން ބޭފުޅަކު އެޗްޑީސީ އަށް އައްޔަން ކުރެއްވުމަށް ފަހު ރައީސް މުޢިއްޒު ވިދާޅުވީ، ދެން އެޗްޑީސީ ރަނގަޅު ވާނެ ކަމަށެވެ. ދެން އައްޔަން ކުރެއްވި ބޭފުޅަކީ އިތުބާރު ކުރެވޭ، އަދި ވަރަށް ނަޒާހަތްތެރި ބޭފުޅެއް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ.

އެކަމަކު، އޭގެ މަސްތަކެއް ފަހުން ފެނުނީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރު ގޭގައި ރައީސް މުޢިއްޒު ބޭއްވި ޚާއްސަ ހަފުލާއެއްގެ ކުރީ ސަފުގައި ފަޟުލް އިންދަ އެވެ. ޕީއެންސީގެ ސެނެޓުގެ މެމްބަރު ކަމުގެ ހުވާ ކުރައްވައި، އެކަމަށް އިޤުރާރުވެ ރައީސް މުޢިއްޒުގެ އަތްޕުޅުން މަގާމުގެ ލިޔުމާ ހަވާލުވީ އެވެ. އަދި ނިމުނީއެއް ނޫނެވެ. އޭގެ ދުވަސް ކޮޅެއް ފަހުން އަޑު އިވުނީ، ޕީއެންސީގެ ވ އަތޮޅުގެ ކެމްޕެއިން މެނޭޖަރަކަށް ފަޟުލް ހަމަޖެއްސެވި ވާހަކަ އެވެ. އެތައް ތުހުމަތެއް އަމާޒުވެފައި ހުރި ފަޟުލް އެ އުޅުއްވަނީ ހެވިލައިފަ އެވެ.

މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނަ ވަނިކޮށް، އަޙުމަދު ޝަމާހު ރަޝީދު މަގާމުން ވަކި ކުރީ، އޭނާގެ މައްޗަށް އެތައް ތުހުމަތެއް ކޮށްފަ އެވެ. އެ މައްސަލަ ބަލާކަމެއް ނުވަތަ، ނުބަލާ ކަމެއް ވެސް ދެނަހުރި މީހަކު ނެތެވެ. އެކަން އެހެން އޮއްވައި، ދެން މި އިވުނީ ސަރުކާރުން ޝަމާހު އަށް ވެސް މަރުޙަބާ ކީ އަޑެވެ. ސްޓެލްކީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ޙުސެއިން ފަޙުމީ ވަކި ކުރުމަށް ފަހު، އެ މަޤާމަށް އައްޔަން ކުރެއްވީ، މިފްކޯގައި ހުރިއިރު ވައްކަމާއި، ކޮރަޕްޝަންގެ ތުހުމަތު ތަކުން ޖަރީވެފައި ހުރި ޝަމާހު އެވެ. ސަރުކާރުގައި ވައްކަމާއި، ކޮރަޕޝަނަށް ކުޑަ ވެސް ޖާގައެއް ނެތްތާ އެވެ.

މިއީ އަދި މަދު މިންވަރެކެވެ. އަދި ވެސް ކިޔަންޏާ ވާނީ ކިޔާވަރެ އެވެ. ގޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ގެ މައްޗަށް ކުރެވިފައި އޮތް ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ވެސް އޮތީ އެވެ. އެ މައްސަލަ ފަޅާ އަރައިގެން ގޮސް، އެތައް ވާހަކަ ތަކެއް ދެކެވުނު އިރު ވެސް، އޭނާއާ ދެކޮޅަސް ފިޔަވަޅެއް އަޅާލަން ސަރުކާރަށް އަދި ރައީސް މުޢިއްޒު ވެސް ނުކެރުނެވެ. އަދި ވެސް އޭނާ އެ ހުންނެވީ އެ މަގާމުގަ އެވެ. ޕީއެންސީގެ ވެސް އިސް ސަފުގަ އެވެ.

މޮޅެތި ވާހަކަތައް ދައްކަވައިގެން، ފޮނި ބައިސާ ކަނޑުއްވައިގެން ވެރިކަމަށް ރައީސް ރައީސް މުޢިއްޒުގެ ސަރުކާރުން މި ކުރަމުން ގެންދާ ކަންކަން ރައްޔިތުންނަށް ފެނެ އެވެ. ރައްޔިތުން ތިބީ އެކަން ބަލާށެވެ. ވައްކަމަށް ޖާގައެއް ނޯންނާނެ ކަމަށާއި، ކޮރަޕްޝަނަށް ކުޑަ ވެސް ފުރުސަތެއް ނޯންނާނެ ކަމަށް ވިދާޅުވެ ވެރި ކަމަށް ވަަޑައިގެންނެވި ނަމަވެސް، މުޅި ސަރުކާރު އޮތީ ވައްކަމާއި ކޮރަޕްޝަން އިން ފޯވެފަ ނޫންތޯ އެވެ.

ސަރުކާރުގެ އެތައް ދިމާލެއްގައި ރެޔާއި ދުވާލު ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން އެ ދަނީ އިމެއް ނެތި އެވެ. އެކަމަކު، އެކަންކަމާ ދެކޮޅަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތެވެ. އޭގެ ބަދަލުގައި އެކަންކަަން ހިންގާ ފަރާތްތަކަށް ސަރުކާރުން އެ ކިޔަނީ މަރުޙަބާ އެވެ.

މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު