Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަން

އެމްޑީޕީން ރިސޯޓަކަށް އަރަން އުޅޭކަމަށް ތުހުމަތު ކުރުން - ޕީއެންސީން ބުނީ ސިޔާސީ ޕާޓީއަކުން ވެސް ޖަމިއްޔާއަކުން ވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށް

24 ޑިސެމްބަރު 2024 | އަންގާރަ 10:22

ޕީއެންސީން ބުނީ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުން މަސައްކަތް ކުރާނީ ޤާނޫނީ އިމުގެ ތެރޭގައި ކަމަށް ޤަބޫލުކުރާ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 ޑިސެމްބަރު 2024 | އަންގާރަ 10:22
ޕީއެންސީގެ ކުރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޕީއެންސީގެ ކުރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން ޓޫރިޒަމް ފުނޑާލަން، ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތު ކޮށް ޕީއެންސީން ހޯމަ ދުވަހުގެ ރޭ ބޭއްވި، ޖަލްސާގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ވާހަކަދައްކަވާފައި ވަނިކޮށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ވެސް މަދަނީ ޖަމިއްޔާއަކުން ވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ޕީއެންސީން އެފަދައިން ބުނީ އެ ޕާޓީން އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައެވެ.

Advertisement - newsAdvertisement

ސަރުކާރުގެ އިސްމަގާމެއްގައި ހުންނަވައިގެން އެފަދަ ވާހަކަތަކެއް ދެއްކެވި މައްސަލައާއި ގުޅިގެން ނިހާދު ވަނީ ސަސްޕެންޑްކޮށްފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެ ޕާޓީން ދެކޭ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ސިޔާސީ ޕާޓީއަކުން އެފަދަ ކަމެއް ކޮށްފާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ. ހަމައެހެންމެ މަދަނީ ޖަމިއްޔާއަކުން ވެސް އެފަދަ ކަމެއް ކޮށްފާނެ ކަމަށް ޤަބޫލު ނުކުރާ ކަަމަށް ވަނީ ބުނެފައެވެ. އެ ޕާޓީން ބުނީ ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމެއް އެ ފަރާތްތަކުން ނުހިންގާނެ ކަމަށެވެ.

ދިވެހިރާއްޖެއަކީ މި ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަކީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާ ކަންތައް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ހަމައެހެންމެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކޮށްފައިވާ މީހުންގެ އިންވެސްޓްމެންޓްތައް ރައްކާތެރިކޮށްދިނުމަށްޓަކާ އަދާކުރަން ޖެހޭ ޒިންމާ ފުރިހަމައަށް އަދާނެކަމުގެ އިތުބާރު އޮތް ކަމަށް ޕީއެންސީން ވަނީ ފާހަގަކޮށްފައެވެ.

ފަތުރުވެރިންނާއި އިންވެސްޓަރުންނށް ރައްކާތެރި އަދި ސުލްހަވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކުން މަސައްކަތް ކުރާ ކަމަށް ފާހަގަކޮށް ޕީއެންސީން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. ކުރިއަށް އޮތްތަނުގައި ވެސް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތައް އަދި ވަކި ވަކި ފަރުދުންވެސް ފަތުރުވެރިކަމަށް އަދި ރާއްޖޭގެ ޝުހުރަތަށް އަސަރުކުރާނެ ކަމެއް ނުކުރުމަށް ޕީއެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ހ. ވެޔޮވިލާ ގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދު ދާއިރާގެ ކުރީގެ މެންބަރު ނިހާދު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހަށް ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނާ ހަމަކުރަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ފަތުރުވެރިކަމަށް ހުރަސް އެޅުމަށް އެމްޑީޕީ އިސްވެ އޮވެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން މާލެ ކައިރީގައި އެއް ފަޅުތެރެއެއްގައި އޮތް ތިން ރިސޯޓެއްގައި އެމްޑީޕީން ބައްދަލުވުމެއް ބާއްވަން އެދުމުން މި ދުވަސްކޮޅު ރިސޯޓް ފުލްވެފައިވާތީ ނުބޭއްވޭނެ ކަމަށް އެންގުމުން ހުއްދަ ނުލިބުނަސް އެ ރިސޯޓަށް އެމްޑީޕީން އަރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ނިހާދު ތުހުމަތުކުރެއްވި އެވެ.

ނިހާދުގެ އެ ވާހަކަތައް ދޮގުކޮށް އެމްޑީޕީން ވަނީ އެ މައްސަލަ ބެލުމަށް ގޮވާލާފައެވެ. ނަމަވެސް އެ މައްސަލަ ބަލާކަން އަދި ނުބަލާކަން ވެސް ފުލުހުން މިހާތަނަށް އައި އިރު ސާފުކޮށްދީފައެއް ނުވެއެވެ.

ޕީއެންސީން ބުނީ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުން މަސައްކަތް ކުރާނީ ޤާނޫނީ އިމުގެ ތެރޭގައި ކަމަށް ޤަބޫލުކުރާ ކަމަށެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)މުހައްމަދު ނިހާދު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2025

ފުލުހުން ގަޔަށް ހައްޕުޑު ޖަހައި، އަވަގުރާނަ ގޮވި މީހުން އިޙުތިރާމްގެ ވާހަކަ ދެއްކީމާ ލަދުވެތި!

06 އޮކްޓޯބަރު 2025
ފުލުހުން ގަޔަށް ހައްޕުޑު ޖަހައި، އަވަގުރާނަ ގޮވި މީހުން އިޙުތިރާމްގެ ވާހަކަ ދެއްކީމާ ލަދުވެތި!
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
09 ސެޕްޓެމްބަރު 2025

ވައްކަމާއި ކޮރަޕްޝަން ހިންގާ މީހުންނަށް ސަރުކާރުން ކިޔަނީ މަރުޙަބާ!

09 ސެޕްޓެމްބަރު 2025
ވައްކަމާއި ކޮރަޕްޝަން ހިންގާ މީހުންނަށް ސަރުކާރުން ކިޔަނީ މަރުޙަބާ!
01 ސެޕްޓެމްބަރު 2025

ފެނަކައަށް އާ ޗީފް ފައިނޭންޝިއަލް އޮފިސަރެއް އައްޔަނުކޮށްފި

01 ސެޕްޓެމްބަރު 2025
ފެނަކައަށް އާ ޗީފް ފައިނޭންޝިއަލް އޮފިސަރެއް އައްޔަނުކޮށްފި
04 މެއި 2025

މައްސަލަ ތަކެއް ޖެހި، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވެއްޖެ

04 މެއި 2025
މައްސަލަ ތަކެއް ޖެހި، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވެއްޖެ
04 ފެބުރުއަރީ 2025

މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަބްދުއްރަހީމް

04 ފެބުރުއަރީ 2025
މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަބްދުއްރަހީމް
02 ފެބުރުއަރީ 2025

"އަބްދުއްރަހީމް އޮފީހަށް ނުކުންނަވާ، ފެންނަނީ ވަރަށް އެކަހެރިކޮށް"

02 ފެބުރުއަރީ 2025
"އަބްދުއްރަހީމް އޮފީހަށް ނުކުންނަވާ، ފެންނަނީ ވަރަށް އެކަހެރިކޮށް"
02 ފެބުރުއަރީ 2025

ކުޅިބައި އަތުރާލުމުގައި ހުރި މޮޅުކަމެއް ދައްކާލަންވީ ވަގުތަކީ މިއީ!

02 ފެބުރުއަރީ 2025
ކުޅިބައި އަތުރާލުމުގައި ހުރި މޮޅުކަމެއް ދައްކާލަންވީ ވަގުތަކީ މިއީ!
30 ޖެނުއަރީ 2025

ޕީއެންސީއަށް މީހުން ވެއްދުމަށް ވަގު ފޯމް ހުށަހެޅި މައްސަލަ ފުލުހުން ތަހުގީގެއް ނުކުރޭ: ވަހީދު

30 ޖެނުއަރީ 2025
ޕީއެންސީއަށް މީހުން ވެއްދުމަށް ވަގު ފޯމް ހުށަހެޅި މައްސަލަ ފުލުހުން ތަހުގީގެއް ނުކުރޭ: ވަހީދު
30 ޖެނުއަރީ 2025

ޕީއެންސީއަށް މީހުން ވެއްދުމަށް ވަގު ފޯމް ހުށަހަޅައި ހިންގި ހިޔާނާތުގައި އީސީގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ: މައުރޫފް

30 ޖެނުއަރީ 2025
ޕީއެންސީއަށް މީހުން ވެއްދުމަށް ވަގު ފޯމް ހުށަހަޅައި ހިންގި ހިޔާނާތުގައި އީސީގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް