Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަވާއިދާ ހިލާފަށް ޑްރޯން ގަތުން

މި ސަރުކާރުން ޑްރޯންތަކެއް ގަނެފައިވަނީ ގާނޫނާ ހިލާފަށް: ޔައުގޫބް

ޑްރޯން ގަތުމަށް 37 މިލިއަން ޑޮލަރު ހަރަދުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 އޮކްޓޯބަރު 2024 | އާދީއްތަ 07:54
ރާއްޖެއަށް ގެނެސްފައިވާ ޑްރޯންތައް

ރާއްޖެއަށް ގެނެސްފައިވާ ޑްރޯންތައް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އަގުބޮޑުކޮށް ޑްރޯންތަކެއް ގަނެފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި ޔައުގޫބް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުން ވަރަށް ބޮޑަށް މިސަރުކާރުގެ ބޭފުޅުން ފާޑު ވިދާޅުވި ކަމަށާއި، ނަމަވެސް އެ ބަޖެޓު ފާސްވުމުގެ ކުރިން ހަރަދުކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް މިސަރުކާރުން އެއާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސަރުކާރުން ޑްރޯން ގަނެފައިވަނީ ގާނޫނާ ހިލާފަށްކަން ފާހަގަކުރައްވައި ޔައުގޫބް ވިދާޅުވީ އެމަސައްކަތް ކޮށްފައިވަނީ ކޮންޓިންޖެންސީ ބަޖެޓުން ކަމަށެވެ.

ޑްރޯން ގަތުމަށް 37 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، ޑްރޯންތައް ބޭނުންކޮށްފައިވަނީ 20 އޭޕްރީލް 2024 ގައި މ. ރަތްމަންދޫ ބޭރުން ގެއްލުނު ދޯންޏެއް އެކަނި ހޯދުމަށެވެ. އޭގެފަހުން ކަނޑުމާތީގެ ހާދިސާތައް ހިނގި ނަމަވެސް މި ޑްރޯންތައް ބޭނުންކޮށްފައިނުވެއެވެ. އަދި ޑްރޯންތައް ބޭނުން ނުކުރާ ސަބަބާއި ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މީގެ އިތުރުން ޔައުގޫބް ވިދާޅުވީ އެމްޑީޕީއަކީ ވައްކަންކޮށް ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވާ ބައެއް ނޫން ކަމަށާއި، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭނަމަ ތަހުގީގު ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

މިއަދު މުޅި ގައުމުގެ ކޮންޓްރޯލް އޮތީ ސަރުކާރުގެ އަތުގައި ކަމަށާއި، ފިޔަވަޅު އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި އެގޮތަށް ހިންގާފައިވާ އެއްވެސް ކަމެއް ދެއްކެން ނޯންނާނެ ކަމަށެވެ. ނަތީޖާއެއް ގޮތުން މިސަރުކާރުގެ ބޭފުޅުން ދައްކަނީ ބޭކާރު ބަރުދަނެއް ނުހުންނަ ވާހަކަތަކެއް ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲޑްރޯން

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2025

"ޑީއެންއާރުން ވައްކަންކުރުވީ މުވައްޒަފުންނަށް ބިރުދައްކާ މަޖުބޫރުކޮށްގެން ކަމަށް ތުހުމަތުކުރެވޭ"

05 ފެބުރުއަރީ 2025
"ޑީއެންއާރުން ވައްކަންކުރުވީ މުވައްޒަފުންނަށް ބިރުދައްކާ މަޖުބޫރުކޮށްގެން ކަމަށް ތުހުމަތުކުރެވޭ"
24 ޑިސެމްބަރު 2024

"ކުންފުނިތައް މެދުވެރިކޮށް މުލިއާގެ އަށް ފައިސާ ހޯދާ، އެ ފައިސާ ހޯދަނީ މަޖިލިސް މެމްބަރުންނަށް ދޭން"

24 ޑިސެމްބަރު 2024
"ކުންފުނިތައް މެދުވެރިކޮށް މުލިއާގެ އަށް ފައިސާ ހޯދާ، އެ ފައިސާ ހޯދަނީ މަޖިލިސް މެމްބަރުންނަށް ދޭން"
06 ޑިސެމްބަރު 2024

ރައްޔިތުން ނުކުމެ، ގާނޫނު އަސާސީ އިމުގެ ތެރެއިން ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރަންޖެހޭ: ޔައުގޫބް

06 ޑިސެމްބަރު 2024
ރައްޔިތުން ނުކުމެ، ގާނޫނު އަސާސީ އިމުގެ ތެރެއިން ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރަންޖެހޭ: ޔައުގޫބް
01 ނޮވެމްބަރު 2024

2025ގެ ބަޖެޓްގައި އޮތިީ ދޮގާއި، މަކަރާއި، އޮޅުވާލުން - ޔައުގޫބް

01 ނޮވެމްބަރު 2024
2025ގެ ބަޖެޓްގައި އޮތިީ ދޮގާއި، މަކަރާއި، އޮޅުވާލުން - ޔައުގޫބް
25 އޮކްޓޯބަރު 2024

މި ސަރުކާރުގައި މާލީ ކަންކަން އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅެއް ނެތް: ޔައުގޫބް

25 އޮކްޓޯބަރު 2024
މި ސަރުކާރުގައި މާލީ ކަންކަން އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅެއް ނެތް: ޔައުގޫބް
21 ޖުލައި 2024

އަވަސް އަރުވާލައިގެން ޑްރޯންތައް ގަތުމުގެ ފަހަތުގައި ފޮރުވިފައިވާ ކޮރަޕްޝަނެއް ވޭތޯ ސުވާލު އުފެދޭ: ޔައުޤޫބް

21 ޖުލައި 2024
އަވަސް އަރުވާލައިގެން ޑްރޯންތައް ގަތުމުގެ ފަހަތުގައި ފޮރުވިފައިވާ ކޮރަޕްޝަނެއް ވޭތޯ ސުވާލު އުފެދޭ: ޔައުޤޫބް
06 ޖުލައި 2024

ގައުމު ހިންގަން ނޭނގުމުގައި ރައީސް ޑރ.މުއިއްޒަށް ދެއްކޭނެ ބަހަނާ އެއް ނެތް، އެދުނު ހުރިހާ ކަމެއް ރައްޔިތުން އޮތީ ކޮށްދީފަ - ޔައުގޫބް

06 ޖުލައި 2024
ގައުމު ހިންގަން ނޭނގުމުގައި ރައީސް ޑރ.މުއިއްޒަށް ދެއްކޭނެ ބަހަނާ އެއް ނެތް، އެދުނު ހުރިހާ ކަމެއް ރައްޔިތުން އޮތީ ކޮށްދީފަ - ޔައުގޫބް
21 މެއި 2024

ދޯނި ހޯދުމުގައި ޑްރޯންގެ ދައުރެއް ނެތް، ރައްޔިތުންގެ ފައިސާ ހަރަދުކުރީ އައުޓްޑޭޓެޑް ޕްރޮޑަކްޓަކަށް

21 މެއި 2024
ދޯނި ހޯދުމުގައި ޑްރޯންގެ ދައުރެއް ނެތް، ރައްޔިތުންގެ ފައިސާ ހަރަދުކުރީ އައުޓްޑޭޓެޑް ޕްރޮޑަކްޓަކަށް
22 މާރިޗު 2024

ފެންނަނީ ކުރިޔަށް އޮތް އިންތިޚާބުން ސަރުކާރު ބަލިވާތަން: ޔައުގޫބް

22 މާރިޗު 2024
ފެންނަނީ ކުރިޔަށް އޮތް އިންތިޚާބުން ސަރުކާރު ބަލިވާތަން: ޔައުގޫބް
01 ޑިސެމްބަރު 2023

މަސްކިލޯއެއް 25 ރުފިޔާއަށް ވުރެ ބޮޑަށް ގަނެވޭނެ، އަގު ކުޑަކުރަނީ މަސްވެރިންނަށް ޖެއްސުން ކުރުމަށް: މެންބަރު ޔައުގޫބް

01 ޑިސެމްބަރު 2023
މަސްކިލޯއެއް 25 ރުފިޔާއަށް ވުރެ ބޮޑަށް ގަނެވޭނެ، އަގު ކުޑަކުރަނީ މަސްވެރިންނަށް ޖެއްސުން ކުރުމަށް: މެންބަރު ޔައުގޫބް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު