Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ މާލީ ހާލަތު ނޭނގުން

މި ސަރުކާރުގައި މާލީ ކަންކަން އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅެއް ނެތް: ޔައުގޫބް

ނޭނގޭކަންކަމުގައި ގޮތް ކިޔައި، އަމަލުކުރުމުގެ ހިތި ނަތީޖާ ގައުމުން ދަނީ ފެންނަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޮކްޓޯބަރު 2024 | ހުކުރު 07:34
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވާހަކަދައްކަވަނީ

މި ސަރުކާރުގައި މާލީގެ ކަންކަން އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅެއް ނެތް ކަމަށާއި، މިހާތަނަށް މަސައްކަތް ކުރީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލައެއް ހޯދުމަށް ކަމަށް ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި ޔައުގޫބް ވިދާޅުވީ މިސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު މަގާމުން ދުރުކޮށްފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަށް އެބޭފުޅާ އަމަލު ނުކުރުމުގެ ސަބަބުން ކަމަށެވެ. ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ކުރުމަށް ޝަފީގަށް މިސަރުކާރުން ޖާގަ ނުދިން ކަމަށާއި، އެބޭފުޅާ ދިން އިރުޝާދާއި، ލަފާގެ ބޭނުން ވެސް ހިފާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ މާލީ ކަންކަމާއި ގުޅުވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ޝަފީގު ވަރަށް ބޮޑަށް އެކަހެރިކޮށްފައިވާ މަންޒަރު ފެނިފައިވާ ކަމަށެވެ.

ޔައުގޫބް ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތުގެ ވާހަކަ އެންމެ ގަދައަށް ދައްކައި، ގޮތް ކިޔަމުންދަނީ މިހާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުންނަކީ މާލީ ދާއިރާ އަދި އެކަމުގެ ފަންނު އެނގިވަޑައިނުގަންނަވާ ދެބޭފުޅުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ނޭނގޭކަންކަމުގައި ގޮތް ކިޔައި، އަމަލުކުރުމުގެ ހިތި ނަތީޖާ ގައުމުން ފެންނަމުންދާ ކަމަށެވެ.

މީގެ އިތުރުން ޔައުގޫބް ވިދާޅުވީ މިސަރުކާރުން މިހާތަނަށް މަސައްކަތް ކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ބޭފުޅެއްގެ ބޮލުގައި ކޮރަޕްޝަންގެ ތުހުމަތެއް އެޅުވުމަށް ކަމަށާއި، ނަމަވެސް އެ މަސައްކަތް ކާމިޔާބުނުވީ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ 2 ބިލިއަން ރުފިޔާ ހިސާބުނުކޮށް އޮތް ކަމަށް ބުނެ، ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔައުގޫބް ރާއްޖޭގެ މާލީ ހާލަތު ދަށްވެ، ރައްޔިތުންނަށް ދަތިވެގެންދަނީ މިސަރުކާރުގެ ނާގާބިލް ކަމުގެ ސަބަބުން ކަމަށެވެ. މިހާރުގެ ފިނޭންސް މިނިސްޓަރު ޒަމީރަށް އޮޑިޓްގެ އިތުރުން، އެކައުންޓިންގެ އެންޓްރީ، ޑެބިޓް އަދި ކްރެޑިޓް ވަނީ ކޮންއެއްޗެއްކަން ވެސް އެނގިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲފަލަ ސުރުޚީ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
24 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު
11 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

11 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް
07 ސެޕްޓެމްބަރު 2025

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު
03 ސެޕްޓެމްބަރު 2025

ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު

03 ސެޕްޓެމްބަރު 2025
ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު
21 އޯގަސްޓު 2025

ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން

21 އޯގަސްޓު 2025
ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން
07 ޖޫން 2025

ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު

07 ޖޫން 2025
ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު
16 މެއި 2025

ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން މީގެ ކުރިން ނުދާ މިންވަރަށް ދަށަށް ގޮސްފި: އަޙުމަދު އަބްދުﷲ

16 މެއި 2025
ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން މީގެ ކުރިން ނުދާ މިންވަރަށް ދަށަށް ގޮސްފި: އަޙުމަދު އަބްދުﷲ
02 މެއި 2025

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

02 މެއި 2025
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު