Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ2025ގެ ބަޖެޓް

2025ގެ ބަޖެޓްގައި އޮތިީ ދޮގާއި، މަކަރާއި، އޮޅުވާލުން - ޔައުގޫބް

ބަޖެޓް ހުށަހެޅި އިރު ބަޖެޓް ޑޮކިއުމެންޓްތައް ފުރިހަމަ ނުވާ ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ނޮވެމްބަރު 2024 | ހުކުރު 13:44
ދާންދޫ ދާއިރާގެ ކުރިގެ މެމްބަރު ޔައުގޫބް އަބްދުﷲ

ދާންދޫ ދާއިރާގެ ކުރިގެ މެމްބަރު ޔައުގޫބް އަބްދުﷲ

2025ގެ ބަޖެޓްގައި އޮތީ ދޮގާއި، މަކަރާއި، އޮޅުވާލުންކަމަށް މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރިގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރުގެ ވެރިންނަށް މާލީ ކަންކަން ނޭނގޭކަން ދިވެހިންނަށް މިހާރު ކަށަވަރުވެ ޔަޤީންވެފައިވާ ކަމަށް ޔައުގޫބް ވިދާޅުވިއެވެ. މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި އެހެން ބޭފުޅުންނަށް ވެސް 2025 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅި ހިސާބުން އެކަން އިތުރަށް ހާމަވަގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބަޖެޓް ހުށަހެޅި އިރު ބަޖެޓް ޑޮކިއުމެންޓްތައް ފުރިހަމަ ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޕީއެސްއައިޕީގެ ގޮތުގައި 12 ބިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާއިރު އެ ކަމުގެ ތަފްސީލް ހިމަނާފައި ނުވަނީ އޮޅުވާލަން ކަމަށް ޔައުގޫބް ވިދާޅުވިއެވެ. މީގެ ކުރިން ވެސް ޕީއެސްއައިޕީ ބަޖެޓް ބެހިގެންދާ ގޮތް ސާފުކޮށް ބަޖެޓުގައި ހިމަނާ ކަމަށާއި މިފަހަރު އެ އަދަދުތައް ސާފު ނުވާގޮތަށް ބަޖެޓް އެކުލަވާލާފައިވުމަކީ ބަޖެޓްގެ ވާނުވާ ނޭނގޭ ކަމެއް ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

މީގެ އިތުރުން ޔައުގޫބް ވަނީ ސަރުކާރުން 218 ސިޔާސީ މުވައްޒަފުން ވަކިކުރާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެކަން ވެސް ނުކުރައްވާ ކަމަށް ފާހަގަކުރައްވާ އެކަމަށް ފާޑު ވިދާޅުވެފައެވެ. ޔައުގޫބް ވިދާޅުވީ ބަޖެޓުގައި ހިމަނާފައިވާ ސިޔާސީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ބަލާލުމުން ސަރުކާރުން އެކަމުގައި ވެސް އޮޅުވާލާކަން ހާމަވާ ކަމަށެވެ. އެގޮތުން ސަރުކާރުން 2.5 ބިލިއަން ރުފިޔާ ކުންފުނިތަކުގެ ސިޔާސީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ހިމަނާފައިވުމުން އެ ކުންފުނިތަކަށް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން އިތުރުވާކަން އެނގޭ ކަމަށް ޔައުގޫބް ވިދާޅުވިއެވެ. އެކަން އެގޮތަށް ހިނގަނީ ވުޒާރާތަކުން ކަނޑާލުމަށް ފަހު މީހުން ސަރުކާރުގެ ކުންފުނިތަކުގެ ސިޔާސީ މަޤާމްތަކަށް ލާތީ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

2025 ވަނަ އަހަރަށް ހުށަހަޅާ 56,647,600,859 (ފަންސާސް ހަ ބިލިއަން، ހަސަތޭކަ ސާޅީސް ހަތް މިލިއަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ 5 އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯންދޫކުރުމަށް 1 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު، މި ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން 2 ބިލިއަން ރުފިޔާގެ ހައުސިންގ ލޯން ދެވޭނެމަގުވެސް ފަހިވެގެންދާނެ ކަމަށެވެ.

އަދި މީގެއިތުރުން 1.8 ބިލިއަން ރުފިޔާގެ ޖާގަ ގެދޮރުވެރިކަމުގެ އައު ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާނެ ކަމަށާއި، އެހެންކަމުން 2025 ވަނަ އަހަރަށް ފާސްކުރަން މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީހުގައި އެއް އަހަރުދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2025

"ޑީއެންއާރުން ވައްކަންކުރުވީ މުވައްޒަފުންނަށް ބިރުދައްކާ މަޖުބޫރުކޮށްގެން ކަމަށް ތުހުމަތުކުރެވޭ"

05 ފެބުރުއަރީ 2025
"ޑީއެންއާރުން ވައްކަންކުރުވީ މުވައްޒަފުންނަށް ބިރުދައްކާ މަޖުބޫރުކޮށްގެން ކަމަށް ތުހުމަތުކުރެވޭ"
24 ޑިސެމްބަރު 2024

"ކުންފުނިތައް މެދުވެރިކޮށް މުލިއާގެ އަށް ފައިސާ ހޯދާ، އެ ފައިސާ ހޯދަނީ މަޖިލިސް މެމްބަރުންނަށް ދޭން"

24 ޑިސެމްބަރު 2024
"ކުންފުނިތައް މެދުވެރިކޮށް މުލިއާގެ އަށް ފައިސާ ހޯދާ، އެ ފައިސާ ހޯދަނީ މަޖިލިސް މެމްބަރުންނަށް ދޭން"
06 ޑިސެމްބަރު 2024

ރައްޔިތުން ނުކުމެ، ގާނޫނު އަސާސީ އިމުގެ ތެރެއިން ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރަންޖެހޭ: ޔައުގޫބް

06 ޑިސެމްބަރު 2024
ރައްޔިތުން ނުކުމެ، ގާނޫނު އަސާސީ އިމުގެ ތެރެއިން ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރަންޖެހޭ: ޔައުގޫބް
27 އޮކްޓޯބަރު 2024

މި ސަރުކާރުން ޑްރޯންތަކެއް ގަނެފައިވަނީ ގާނޫނާ ހިލާފަށް: ޔައުގޫބް

27 އޮކްޓޯބަރު 2024
މި ސަރުކާރުން ޑްރޯންތަކެއް ގަނެފައިވަނީ ގާނޫނާ ހިލާފަށް: ޔައުގޫބް
25 އޮކްޓޯބަރު 2024

މި ސަރުކާރުގައި މާލީ ކަންކަން އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅެއް ނެތް: ޔައުގޫބް

25 އޮކްޓޯބަރު 2024
މި ސަރުކާރުގައި މާލީ ކަންކަން އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅެއް ނެތް: ޔައުގޫބް
21 ޖުލައި 2024

އަވަސް އަރުވާލައިގެން ޑްރޯންތައް ގަތުމުގެ ފަހަތުގައި ފޮރުވިފައިވާ ކޮރަޕްޝަނެއް ވޭތޯ ސުވާލު އުފެދޭ: ޔައުޤޫބް

21 ޖުލައި 2024
އަވަސް އަރުވާލައިގެން ޑްރޯންތައް ގަތުމުގެ ފަހަތުގައި ފޮރުވިފައިވާ ކޮރަޕްޝަނެއް ވޭތޯ ސުވާލު އުފެދޭ: ޔައުޤޫބް
06 ޖުލައި 2024

ގައުމު ހިންގަން ނޭނގުމުގައި ރައީސް ޑރ.މުއިއްޒަށް ދެއްކޭނެ ބަހަނާ އެއް ނެތް، އެދުނު ހުރިހާ ކަމެއް ރައްޔިތުން އޮތީ ކޮށްދީފަ - ޔައުގޫބް

06 ޖުލައި 2024
ގައުމު ހިންގަން ނޭނގުމުގައި ރައީސް ޑރ.މުއިއްޒަށް ދެއްކޭނެ ބަހަނާ އެއް ނެތް، އެދުނު ހުރިހާ ކަމެއް ރައްޔިތުން އޮތީ ކޮށްދީފަ - ޔައުގޫބް
22 މާރިޗު 2024

ފެންނަނީ ކުރިޔަށް އޮތް އިންތިޚާބުން ސަރުކާރު ބަލިވާތަން: ޔައުގޫބް

22 މާރިޗު 2024
ފެންނަނީ ކުރިޔަށް އޮތް އިންތިޚާބުން ސަރުކާރު ބަލިވާތަން: ޔައުގޫބް
01 ޑިސެމްބަރު 2023

މަސްކިލޯއެއް 25 ރުފިޔާއަށް ވުރެ ބޮޑަށް ގަނެވޭނެ، އަގު ކުޑަކުރަނީ މަސްވެރިންނަށް ޖެއްސުން ކުރުމަށް: މެންބަރު ޔައުގޫބް

01 ޑިސެމްބަރު 2023
މަސްކިލޯއެއް 25 ރުފިޔާއަށް ވުރެ ބޮޑަށް ގަނެވޭނެ، އަގު ކުޑަކުރަނީ މަސްވެރިންނަށް ޖެއްސުން ކުރުމަށް: މެންބަރު ޔައުގޫބް
01 ޑިސެމްބަރު 2023

ފުށިދިއްގަރުފަޅު ހިއްކަނީ ފ. އަތޮޅު ވިއްކާލާ އެ އަތޮޅު ރައްޔިތުން ބަދަލުކުރަން

01 ޑިސެމްބަރު 2023
ފުށިދިއްގަރުފަޅު ހިއްކަނީ ފ. އަތޮޅު ވިއްކާލާ އެ އަތޮޅު ރައްޔިތުން ބަދަލުކުރަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު