Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކައިގެ ހިންގުމުގެ ހަރަދު ކުޑަކުރުން

ކުންފުނީގެ ހިންގުމުގެ ހަރަދުން 160 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް ފެނަކައިން ބުނެފި

23 ޑިސެމްބަރު 2024 | ހޯމަ 06:51

ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 23 ޑިސެމްބަރު 2024 | ހޯމަ 06:51
ފެނަކަ ކޯޕްރޭޝަން ލިމިޓެޑް

ފެނަކަ ކޯޕްރޭޝަން ލިމިޓެޑް

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުން ކުރީ އަހަރާއި އަޅާބަލާއިރު، ކުންފުނީގެ ހިންގުމުގެ ހަރަދުން 160 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް ފެނަކަ ކޯޕްރޭޝަން ލިމިޓެޑުން ބުނެފިއެވެ.

ފާއިތުވި އެއް އަހަރުގެ ތެރޭގައި، ފެނަކައިގެ ޚިދުމަތްތަކާއި ހިންގުން ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ކުރިއަށް ހާސިލް ކުރުމަށް އަމާޒު ހިފާފައިވާ ކަންކަމަށް އަލިއަޅުވާލާ އެކުލަވާލެވުނު ''ފާއިތުވި 1 އަހަރު'' ފޮތުގައި ބުނެފައިވަނީ އައު މެނޭޖްމަންޓުން ކުންފުންޏާއި ހަވާލުވިއިރު، ކުންފުނީގެ ދަރަނީގެ ގޮތުގައި 4 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ރިކޯޑު ކުރެވިފައިވާ ކަމަށެވެ. މިއީ ކުންފުންޏަށް ލިބޭ އާމްދަނީއާ ނުބައްދަލު އަދަދެއް ކަމަށާއި، ވުމާއެކު ކުންފުނީގެ މާލިއްޔަތަށާއި، ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

Advertisement - newsAdvertisement

ކުންފުނީގެ އާމްދަނީއަކީ ކުންފުނިން ދޭ އަސާސީ ޚިދުމަތްތަކަށް ލިބޭ އަގު ކަމަށްވާއިރު، މި ޚިދުމަތްތަކަކީ ރައްޔިތުންނަށް ހެޔޮ އަގެއްގައި ދިނުމަށްޓަކައި ޓެރިފް ކަނޑައަޅައި، ކޮންޓްރޯލް އަގެއްގައި ފޯރުކޮށްދޭ ޚިދުމަތްތަކެއްކަން ފާހަގަކޮށް ފެނަކައިން ބުނީ އާމްދަނީ އިތުރު ކުރުމަށް ކުންފުނީގައި އޮތް ފުރުސަތުތައް ވަކި އިމެއްގެ ތެރޭގައި ހިފަހައްޓަންޖެހޭ ކަމަށެވެ. މާލީ ހާލަތު ރަނގަޅު ކުރުމަށް އޮތް މަގަކީ ވެވެން އޮތް މިންވަރަކުން ހަރަދު ކުޑަކުރުމާއި، ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރުން ކަމަށް ފެނަކައިން ބުނެފައިވެއެވެ.

އެގޮތުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުން އޭގެ ކުރީ އަހަރާއި އަޅާބަލާއިރު، ކުންފުނީގެ ހިންގުމުގެ ހަރަދުން 160 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ދައްކަންޖެހިފައި އޮތް 1.3 ބިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން، 300 މިލިއަން ރުފިޔާ ފާއިތުވި އަހަރުގެ ތެރޭގައި ދައްކާފައިވާ ކަމަށެވެ. އަދި 1،094 ވެންޑަރުންނަށް ދައްކަންޖެހިފައި އޮތް 3.4 ބިލިއަން ރުފިޔާގެ ތެރެއިން 600 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި 281 ވެންޑަރަކަށް އެއްކޮށް ފައިސާ ދައްކާ ވަނީ ދައްކާފައެވެ.

މީގެ އިތުރުން ފެނަކައިން ބުނީ މިހަރަދުތައް ކުޑަކުރެވިފައިވަނީ ޕްރޮކިއުމަންޓް އުސޫލު ހަރުދަނާކުރެވި، މުދަލާއި ޚިދުމަތްތަކުގެ އަގުތައް ހޯދުމުގައި ކުންފުނިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. ކުންފުނީގެ ދަރަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މުދަލާއި، ޚިދުމަތް ފޯރުކޮށްދީފައިވާ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާއާއި ލޯނުތައް އަދާކުރުމަށް ދައްކަންޖެހޭ ފައިސާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ ހަރަދު ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކާއެކު ކުންފުނީގެ ހަރަދު ދަރަނި އަދާކުރުމުގައި މުހިންމު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.

ނަމަވެސް ޚިދުމަތްތައް ދެމުން މިދަރަނި އަދާކުރުމަކީ މިހާރު ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި، މިއަަހަރުގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ ރުފިޔާ ހޭދަކުރެވިފައިވަނީ ދަރަނީ އަދާކުރުމަށް ކަމަށެވެ.

އެހެންކަމުން ކުންފުނި ހަމަމަގަށް އެޅުވުމަށް ދަރަނި ރިސްޓްރަކްޗަރކުރުމާއި، މާލީ އެހީތެރިކަން ބޭނުންވާކަމަށް ފެނަކައިން ބުނެއެވެ.

ފެނަކަ ކޯޕަރޭޝަންފެނަކަ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ
04 ޑިސެމްބަރު 2025

ގަމަށް އަލުން ކަރަންޓް ދީފި

04 ޑިސެމްބަރު 2025
ގަމަށް އަލުން ކަރަންޓް ދީފި
03 ޑިސެމްބަރު 2025

ކަރަންޓް ކޭބަލް ވަޅުލަން ހައިމާކަށް ކުރަންޖެހޭ ހަރަދު ބޮޑުކަމަށް ބުނެ ވަކި މުވައްޒަފުންތަކެއް ލައްވާ ފަކީރާ އާއި އުނދަލިން ކޯރު ކޮންނަނީ

03 ޑިސެމްބަރު 2025
ކަރަންޓް ކޭބަލް ވަޅުލަން ހައިމާކަށް ކުރަންޖެހޭ ހަރަދު ބޮޑުކަމަށް ބުނެ ވަކި މުވައްޒަފުންތަކެއް ލައްވާ ފަކީރާ އާއި އުނދަލިން ކޯރު ކޮންނަނީ
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
23 ނޮވެމްބަރު 2025

މުލީ ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހަދަން މީހަކު ހޭނައްތާފައި އޮއްވާ ކަރަންޓު ކެނޑު މައްސަލައެއް، ނަމަވެސް ހޮސްޕިޓަލުން މިކަން ދޮގުކުރޭ

23 ނޮވެމްބަރު 2025
މުލީ ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހަދަން މީހަކު ހޭނައްތާފައި އޮއްވާ ކަރަންޓު ކެނޑު މައްސަލައެއް، ނަމަވެސް ހޮސްޕިޓަލުން މިކަން ދޮގުކުރޭ
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
11 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރޭ

11 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް