Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އެވަޓަން ކައިރިން ޗެލްސީ އެއްވަރު

މެޗުން މޮޅުވެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ޗެލްސީން ވަނީ ނަގާލައިފަ އެވެ. ލީގު ތާވަލްގެ ދެ ވަނައިގައި އެ ޓީމު އޮތީ މިހާތަނަށް ކުޅުނު 17 މެޗުން 35 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2024 | ހޯމަ 04:42
ޗެލްސީ އާއި އެވަޓަން ކުޅުނު މެޗުގެ ތެރެއިން

ޗެލްސީ އާއި އެވަޓަން ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ އެއްވަރުވެއްޖެ އެވެ.

އެވަޓަންގެ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މެޗުގައި ޗެލްސީން ރަނގަޅަށް ކުޅެފައިވާއިރު، އެ ޓީމުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ.

މެޗު ފަށައިގެން ޗެލްސީގެ ކޯލް ޕާމާ އެވަޓަންގެ ގޯލު އޭރިޔާ ކުރި މައްޗަށް ހުރަސްކޮށްލި ބޯޅަ، ނިކޮލަސް ޖެކްސަން ގޯލަށް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް، އެވަޓަންގެ ގޯލު ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ އެ ބޯޅަ ސަލާމަތް ކޮށްފަ އެވެ. އޭގެ ފަހުން އެންޒޯ ފެނާންޑޭސް ތަނަވަސްކޮށްދިން ބޯޅައެއް ގޯލަށް ފޮނުވާލަން ޖެކްސަން މަސައްކަތް ކުރި ނަމަވެސް، ޕިކްފޯޑް ވަނީ އެ ބޯޅަ ވެސް މަތަކޮށްފަ އެވެ.

މެޗުގައި އެވަޓަންގެ އޮރެލް މަންގަލާ ފޮނުވާލި ނުރައްކާތެރި ބޯޅަ ޗެލްސީގެ ގޯލު ކީޕަރު ރޮބާޓް ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި، ޗެލްސީގެ އޭރިޔާ ތެރެއިން އެވަޓަންގެ ޖެކް ހެރިންސަން ފޮނުވާލި ބޯޅަ ވެސް ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ. ތިން ވަނަ ފުރުސަތެއްގައި އެވަޓަންގެ ޖެސްޕާ ލިންޑްސްޓޮން ފޮނުވާލި ބޯޅަ ސަންޗޭޒްގެ އަތުގައި ޖެހި ރީބައުންސަށް ނިކުތް ވަގުތު، އިލިމާން އެންޑިއާއޭ ފޮނުވާލި ބޯޅަ ހުއްޓުނީ ޗެލްސީގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފަ އެވެ.

މެޗުން މޮޅުވެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ޗެލްސީން ވަނީ ނަގާލައިފަ އެވެ. ލީގު ތާވަލްގެ ދެ ވަނައިގައި އެ ޓީމު އޮތީ މިހާތަނަށް ކުޅުނު 17 މެޗުން 35 ޕޮއިންޓާ އެކު އެވެ. އެއް ވަަނައިގައި ލިވަޕޫލް އޮތީ ޗެލްސީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.

ޕްރިމިއަރ ލީގުއެވަޓަންޗެލްސީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު