Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބިން ފޭރުން

ރޯމާ ދުވާލު ގުޅިގެން ހިންގި ބިން ފޭރުމުގެ އަމަލު

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހަޅާ ޝަރުތު ހަމަ ނުވާ ކަމަށް ކަނޑައަޅާފައިވާ މުޙައްމަދު ފަޒީލް ރަޝީދު ނުވަތަ ފަޒުލްގެ ބޭބެ އެޗްޑީސީއަށް ހުށަހަޅައިގެން އޭނާ އެދުނު ތަނުން އޭނާ އަށް ގޯއްޗެއް ދީ އިންފާރު ރާނަން ހުއްދަދީ ހެދި އިރު އެކަން އެނގުނު ހަމަ އެކަކުވެސް ސަރުކާރުގައި ހުރި ކަމަކަށް ނުވެއެވެ. ރޯމާ ދުވާލު އެންމެންގެ ލޯތަކުގެ ކުރިމަތީގައި މިހިރީ ހިންގާ ޖަރީމާތަކެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2024 | ބުރާސްފަތި 10:17
ހުޅުމާލެ ބީޗް ފްރަންޓުން ދޫކުރާ ބިންތައް

ހުޅުމާލެ ބީޗް ފްރަންޓުން ދޫކުރާ ބިންތައް

ކުރިން އަޑު އިވެނީ މުސްލިމުންގެ ބިންތައް ފޭރެނީ ޔަހޫދީން ކަމަށެވެ. އެއީ އިޒްރޭލް މީހުންގެ ޚާއްސަ ސިފައެއް ކަމަށެވެ. ކުޑައިރުއްސުރެ އިވެނީ ފަލަސްތީނާ ސީރިއާ އާއި، ލުބުނާނުގެ ބިންތައް އިޒްރޭލުން ފޭރޭ ވާހަކައެވެ. މުސްލިމުންގެ ބިން މުސްލިމުން ފޭރޭ ވާހަކަ ކުރިއަކުން އަޑެއް ނާހަމެވެ. ނަމަވެސް ރާއްޖެފަދަ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ސަރުކާރަކުން މުސްލިމް ދިވެހި ރައްޔިތުންގެ ބިން ފޭރޭ ވާހަކަ އަޑު އިވުން މިއީ ވިސްނާލަން ޖެހޭ ކަމެއް ނޫންތޯއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ވެރިކަމުގައި ފެށި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު ހާހެއްހާ ދިވެހި ރައްޔިތުންނަށް ގޯތީގެ ރަޖިސްޓްރީ ދީފައި ވަނިކޮށް ވެރިކަން ބަދަލުވެ އަލަށް އުފެދުނު ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގޯތިތައް ނުދީ ހިފަހައްޓަމުންދާ ވާހަކަ އަކީ ހިތްދަތި ވާހަކަ އެކެވެ.

އެ ގޯތިތައް ލިބުނު ފަރާތްތަކުން ގޯތިތައް އެމީހުންނަށް ހަވާލުކޮށްދިނުމަށް އެދި ސަރުކާރުގައި އާދޭސްކުރަމުންދާތާ އަހަރަކަށް ވުރެ ގިނަ ވީއެވެ.

ދިރިއުޅުމަށް ކުރާ މަސައްކަތް ހުއްޓާލާ މަގުމަތީގައި މުޒާހަރާކުރާތާ ވެސް އަހަރަކަށްވުރެ ގިނަ ދުވަސްވީއެވެ.

ސަރުކާރުން އެކި ކަހަލަ ބަހަނާތައް ދައްކާ ގޯއްޗާ ފްލެޓަށް ހުށަހެޅި މީހުންނާ، ގޯތި ދިން ސަރުކާރުގެ ބޮލުގައި ވަގު ބަދުނާމުތައް އަޅުވާ މިކަން ލަސްކުރަމުންދާތާ ވެސް އަހަރެއް ވީއެވެ.

މިކަން މިހެން ހިނގަމުންދިއަ އިރު އެޗްޑީސީގެ ތެރެއިން ވަގަށް ގޯތި ވިއްކުމާ ގާތް މީހުންނަށް ވަގަށް ގޯތި ދިނުމުގެ ޖަރީމާތައް ހިންގަމުންދާ ކަމުގެ ތުހުމަތު ސަރުކާރުގެ މައްޗަށް ދިއައީ ކުރެވެމުންނެވެ.

އެކިކަހަލަ ތުހުމަތުތަކާ އެކި ޒާތްޒާތުގެ ވާކަހަތައް ސަރުކާރާމެދު ދެކެވެމުން އައިސް ބުދަ ދުވަހު ހަސަން ކުރުސީ ކިޔާ އެކްސް އެކައުންޓަކުން މިދެންނެވި ތުހުމަތުތައް ޔަގީންވާ ވަރުގެ ހެކިތަކެއް ފަޅާއަރުވާލިއެވެ. ފަޅާއަރުވާލީ ދެ ސިޓީއެކެވެ. އެޗްޑީސީން ހައުސިންގ މިނިސްޓްރީއަށް، އަދި ހައުސިންގ މިނިސްޓްރީން އެޗްޑީސީއަށް ފޮނުވި ދެ ސިޓީއެކެވެ. ހުޅުމާލޭގެ އަގުބޮޑު ސަރަހައްދަކުން މީހަކަށް ގޯއްޗެއް ދީ އެ ގޯތީގެ ވަށާފާރު ރޭނުމާ ގުޅުން ހުރި ވާހަކަތަކެއް ހިމެނޭ ދެ ސިޓީއެކެވެ.

މި ދެ ސިޓީގައި ބަޔާން ކުރެވިފައިވާ މީހަކީ މުޙައްމަދު ފަޒީލް ރަޝީދެވެ. "އިއްތިފާގަކުން" މި މީހާވީ އެޗްޑީސީގެ އެމްޑީ އަކަށް ހުރި އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަށެވެ. ނުހައްގުން ގޯތި ދިނީ ކޮއްކޮއެވެ. ނުހައްގުން ގޯތި ލިބުނީ ބޭބެއަށެވެ. އެހާ ހިސާބުން ރައްޔިތުން ރަތަށް އެރިއެވެ. މައްސަލަ ހޫނުވެ މީޑިއާތައް އެޗްޑީސީ ދޮށަށް ޖަމާވީއެވެ. ދެން ފެށުނީ ރޯމާ ދުވާލު ހިންގި ބިން ފޭރުމުގެ ބޮޑު ޖަރީމާއެއްގެ މައްސަލައެއް ފަސްއަޅާ ފޮރުވާލުމުގެ ބޮޑު ޑްރާމާއެކެވެ. މައްސަލަ ތަހުގީގު ކުރުމުގެ ނަމުގައި ފުލުހުން އެޗްޑީސީއަށް ވަނީއެވެ.

ދެން ފެނުނީ ޕްރެސް ކޮންފަރެންސްއެކެވެ. މުޅި ޕްރެސްގައި މި ބޮޑު ވައްކަން ދިފާޢު ކުރުމަށް ފަޒުލް މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. އިނީޝިއޭޓިވް އެއް ނެންގެވި ވާހަކަ އެވެ. ވެރިފިކޭޝަންއެއްގެ ވާހަކަ އެވެ. ނިޔަތް ރަނގަޅު ކަމުގެ ވާހަކަ އެވެ. އެކަމަކު ފަޒުލް އަށް ނުދެއްވުނު ޖަވާބަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހަޅާ ޝަރުތު ހަމަ ނުވާ ކަމަށް ކަނޑައަޅާފައިވާ މުޙައްމަދު ފަޒީލް ރަޝީދު ނުވަތަ ފަޒުލްގެ ބޭބެ އެޗްޑީސީއަށް އަލުން ހުށަހަޅައިގެން އޭނާ އެދުނު ތަނުން އޭނާ އަށް ގޯއްޗެއް ދީ އިންފާރު ރާނަން ހުއްދަދީ ހެދި އިރު އެކަން ފަޒުލް އަށް ނޭގުނީ ކީއްވެގެން ކަމެވެ.

ހުރިހާ ހުއްދައެއް ދިނުމަށްފަހު ފަޒީލް އަކީ ގޯތި ލިބޭ މީހެއްތޯ ވެރިފައި ކުރަން ފޮނުވަން ޖެހުނީ ކީއްވެގެން ކަމެވެ. ޝަރުތު ހަމަނުވާ ކަމަށް ހައުސިންގ މިނިސްޓްރީން ޖަވާބު ދިންތާ ފަސް މަސް ވީއިރު ވެސް އެކަމަށް ފިޔަވަޅެއް ނާޅާ ފޮރުވާފައި ބޭއްވުނީ ކީއްވެގެން ކަމެވެ. ވަށާ ފާރު ރާނާފައި ނުހުންނާނެ ކަމަށް ފަޒުލް ވިދާޅުވި އޭނާގެ ބޭބެގެ ގޯތީގެ ވަށާފާރު ރޭނިފައި ހުރީ ކީއްވެގެން ކަމެވެ.

މިކަން ސާފުކުރަން ނޫސްވެރިން ކުރި އެތައް ސުވާލަކަށް ތެދު ބަހުން ޖަވާބުދެއްވަން ފަޒުލް އަށް ކެރިވަޑައިނުގެން އަނގަ އޮޅި ދޫއޮޅި ކޯފާވެ އެންމެ ފަހުން ޕްރެސް ނިންމަވާލައްވަން ޖެހުނީ ކީއްވެގެން ކަމެވެ. ކޮންމެ އަކަސް ހައްގު ގޮތުގައި ގޯއްޗަށް ކުރިމަތިލައިގެން ގޯތި ލިބުނު ދިވެހި ނިކަމެތި ރައްޔިތުން ގޯތި ހަވާލުނުކޮށްގެން ސަލާން ޖަހާ މުޒާހަރާ ކޮށްކޮށް ތިއްބާ އަމިއްލަ ބޭބެ ވަލު ދޮރާޝިން ވައްދައިގެން ނުހައްގުން ގޯއްޗެއް ދީ އިންވަކިކޮށް ބިން ކަނޑާއި ވަށާ ފާރު ރާނަން ހުއްދަދީ އެ ފާރު ރާނަމުން ދިއަ އިރު މިކަމުގައި އަމިއްލަ މަސްލަހަތެއް ނެތޭ ގޯތި ލިބުނު ފަރާތަކީ ތިމަންނާގެ ބޭބެއަށް ވުމަކީ އިއްތިފާގެކޭ ބުނެ ފަޒުލް އަށް ސަލާމަތްވެވިދާނެތޯއެވެ.

މޮޅު ކަމަކީ ބޭބެ އަށް ގޯތި ލިބުނުު ގޮތް ފަޒުލް އަކަށް ނޭގެއެވެ. ހައުސިންގ މިިނިސްޓްރީގެ ޑޭޓާ ބޭސް ގައި ނެތް މީހަކަށް ގޯތި ދިންކަން އެނގުނަސް ހައުސިންގ މިނިސްޓަރަކަށް ކަމެއް ހިނގައިގެން އުޅޭ ކަމެއް ނޭނގެއެވެ. ރައީސްގެ ސަމާލު ކަމަށް ގެނެސް މި ޖަރީމާގެ ވާހަކަ ކުރީގެ އެޗްޑީސީ ގެ ޗެއަރމަން ރައީސަށް ސިޓީ އަކުން ދެންނެވިޔަސް ރައީސަކަށް ވެސް ނޭނގެއެވެ. އަޖައިބެކެވެ. މިއީ ވެސް ގައުމެކެވެ.

ދިވެހި ރައްޔިތުންގެ ބިންތައް ހިތުހުރި ގޮތަކަށް ވިއްކަމުން ބަހަމުން ދިއުމަށް ފޭރުން ނޫން އެހެން ނަމެއް ކިއިދާނެތޯއެވެ. މުސްލިމުންގެ ބިން ފޭރުން އެއީ ޔަހޫދީ އިޒްރޭލުގެ ސިފައަކަށް ވާއިރު، މިއަމަލު ކުރާ އެހެން މީހުންނަށް އެ ނަން ނުކިޔާ ވާނެ ގޮތެއް އޮންނާނެ ތޯއެވެ. މި ހުރިހާ ކަމެއް މިހެން ހިނގާ އެޗްޑީސީގެ ބޯޑާއި އެމްޑީ ސަސްޕެންޑް ކުރުމަކުން ގައުމުގެ އެންމެ އިސްވެރިއަކަށް ހުރި ބޭފުޅާއަށް މިކަމުން ރެކެވޭނެ ގޮތެއް އޮންނާނެތޯއެވެ. ޒިންމާ ނަންގަވާށެވެ. ރައްޔިތުންގެ ބިން ފޭރުމުގައި ބައިވެރިވި ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވަވާށެވެ.

މަގޭ ރިޕޯޓްބިން ފޭރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު