Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓުގެ މައްސަލަ

ކަރަންޓުގެ މައްސަލަ ދިމާވަތާ ހަ މަސް، އަދިވެސް ހައްލެއް ނުލިބޭ: މަޑުއްވަރީ ކައުންސިލް

ރަށުގެ އައު އިމާރާތަށް ޖަނަރޭޓަރުތައް ބަދަލުކުރި ފަހުން މައްސަލަ ދިމާވަނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 އޯގަސްޓު 2017 | ހޮނިހިރު 16:06
މަޑުއްވަރީ އައު އިންޖީނުގެ

މަޑުއްވަރީ އައު އިންޖީނުގެ

ކަރަންޓުގެ މައްސަލަ ދިމާވެފައިވާތާ ހަ މަސް ދުވަސް ވެއްޖެކަމަށާއި ކަރަންޓުގެ މައްސަލައަށް އަދިވެސް ހައްލެއް ނުލިބޭކަމަށް ޕީޕީއެމް ޓިކެޓްގައި އިންތިޙާބް ވެވެޑައިގަތްނެވި މ. މަޑުއްވަރީ ކައުންސިލްގެ ނައިބު ރައީސް ހަސަން މަހާސިން ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މަހާސިން ވިދާޅުވީ ރަށުގެ އާ އިމާރާތަށް ޖަނަރޭޓަރުތައް ބަދަލުކުރި ފަހުން އެ ރަށުގެ ރައްޔިތުންނަށް އެކަށީގެންވާ ކަރަންޓުގެ ޙިދުމަތް ފޯރުކޮށް ނުދެވޭ ކަމަށެވެ. އަދި އިރުއިރުކޮޅާ ރަށުން ކަރަންޓުގެ ޙިދުމަތް މެދުކެނޑުމުގެ ސަބަބުން ސޫކުލްތަކުގެ ކޮންޕިއުޓަރުތަކަށާއި ކަރަންޓު ސާމާނުތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެ ފެނަކައިން އެހެން ރަށް ރަށުގައި ހުރި ބާ ޖަނަރޭޓާރުތައް ރަށަށް ގެނެސްފައިވާ ކަމަށާއި އެހެންނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބޭކަމަށް މަހާސިން ވިދާޅުވިއެވެ.

މަހާސިން ވިދާޅުވީ ކަރަންޓުގެ މައްސަލަ ރަށަށް ދިމާވެފައިވަނީ ލޯޑު ބޮޑުވެގެންކަމަށެވެ. ކުރިއަށް އޮތީ ޢީދު ބަންދުގެ ދުވަސްވަރުކަމުން ރަށަށް ވަރަށް ގިނަ ރައްޔިތުންނާއި މެހެމާނުން ޒިޔާރަތް ކުރާނެކަމަށް ބެލެވޭ ކަމަށާއި އެ ހުރިހާ އެންމެން ރަށަށް ޒިޔާރަތްކުރާއިރު ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި އޮތުމަކީ ރަށަށް ވަރަށް ބޮޑަށް ގެއްލުންވާނެ އަދި ހިތާމަކުރަންޖެހޭ ކަމެއް ކަމަށް މަހާސިން ފާހަގަކުރެއްވިއެވެ.

މަހާސިން އިތުރަށް ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ އުންމީދަކީ ރަށަށް އާ ޖަނަރޭޓަރެއް ގެނެވި ވީ އެންމެ އަވަހަކަށް މައްސަލަ ހައްލުވެގެން ދިއުން ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ފެނަކަ ކޯފަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަހްމަދު ޝަރީފު ވިދާޅުވީ ޖަނަރޭޓަރުތަކަށް ޓެކްނިކަލް މައްސަލަ އެއް ދިމާވިކަމަށާއި އެހެންނަމަވެސް މިހާރު އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު