Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުންފަތުގެ އިސްތިއުމާލުކުރުން

ދުންފަތުގެ އިސްތިއުމާލުނުކުރެވޭ އާއްމު ތަންތަން އިތުރުކުރަނީ

17 ޑިސެމްބަރު 2024 | އަންގާރަ 14:26

ގަވަޢިދު އާއްމުކުރާ ހިސާބުން ޤާނޫނު ތަންފީޒުކުރާ އިދާރާތަަކަށް ވެސް، މި ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ފަސޭހަވެގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޑިސެމްބަރު 2024 | އަންގާރަ 14:26
ޤަވަޢިދުގެ ގެޒެޓް ކުރުމުން ދުންފަތުގެ އިސްތިއުމާލުކުރެވޭނެ ތަންތަނާއި ނުކުރެވޭނެ ތަންތަނަށް ބޮޑެތި ބަދަލުތަކެއް އަންނާނެ

ޤަވަޢިދުގެ ގެޒެޓް ކުރުމުން ދުންފަތުގެ އިސްތިއުމާލުކުރެވޭނެ ތަންތަނާއި ނުކުރެވޭނެ ތަންތަނަށް ބޮޑެތި ބަދަލުތަކެއް އަންނާނެ

ދުންފަތުގެ އިސްތިއުމާލުނުކުރެވޭ އާއްމު ތަންތަން އިތުރުކުރަން ނިންމާފައިވާ ކަމަށާއި، ދުންފަތުގެ ދުމުން މުޖުތަމަޢު ރައްކާތެރިކުރުމަށް އެކުލަވާލާ ޤަވަޢިދު ގެ ޑްރާފްޓް މިހާރު ނިމިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ ދުންފަތުގެ ދުމުން މުޖުތަމަޢު ރައްކާތެރިކުރުމަށް އެކުލަވާލާ ޤަވަޢިދަށް ކޮމެންޓްތައް ލިބި މިހާރު ޑްރަފްޓް ނިމިފައިވާކަމަށެވެ. އެ ޤަވަޢިދުގެ ގެޒެޓް ކުރުމުން ދުންފަތުގެ އިސްތިއުމާލުކުރެވޭނެ ތަންތަނާއި ނުކުރެވޭނެ ތަންތަނަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން މިހާރު ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ތަންތަން އިތުރު ވެގެންދާނެއެވެ. ހަމަ މިއާއި އެކު ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ ތަންތަންވެސް ކަނޑައެޅިގެންދާނެއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިސްމާއިލް ޒާހިރު ވިދާޅުވީ ގަވަޢިދު އާއްމުކުރާ ހިސާބުން ޤާނޫނު ތަންފީޒުކުރާ އިދާރާތަަކަށް ވެސް، މި ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ފަސޭހަވެގެންދާނެކަމަށެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ޤާނޫނަށް ގެނެވުނު އިސްލާހާގުޅިގެން އަތޮޅުތަކުގައި އާންމުން ހޭލެންތެރިކުރުމަށް، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ، އަދި ޖަމިއްޔާތަކާ ގުޅިގެން މިނިސްޓްރީން ދަނީ މަސައްކަތްކުރަމުނެވެ. އަދި ސަރުކާރުގެ މުޢައްސަސާތަކުގެ ކަމާގުޅޭ ފަރާތްތައް އަހުލުވެރި ކުރުމާއި އެފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އިސްމާޢީލް ޒާހިރު ވިދާޅުވިއެވެ.

މި ގަވައިދާއި ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ނިޒާމް މުޙައްމަދު ވިދާޅުވީ މަގުމަތީގައާއި އާންމު ތަންތަނުގައި ވޭޕް ބޭނުން ކުރާނަމަ އެކަަން ފުލުހުންނަށް ރިޕޯޓްކުރުމަށް އެދިވަދައިގެންފައެވެ. އަދި އެކަމުގެ ރިޕޯޓް ލިބުމާއެކު ފުލުހުން އެތަނަކަށް ގޮސް ފިޔަވަޅު އަޅަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވޭޕް ވިއްކާ އަދި ބޭނުންކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެކަމަށާއި ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން މެސެޖެއް މެދުވެރިކޮށް ފޮނުވޭނެކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.

ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ހެލްތު އިން ވަނީ ކުއިޓްލައިނެއް ޤައިމްކޮށްފައެވެ. ނަންބަރަކީ 1676 އެވެ. މި ނަންބަރުން ދުންފަތަށް ދެވިހިފާފައިވާ ފަރާތްތަކަށް ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިކޮށްދިނުމަށް އެހީތެރިވެދޭނެއެވެ. މި ނަންބަރުން 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހެލްތު މިނިސްޓްރީމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
05 ޑިސެމްބަރު 2025

ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

05 ޑިސެމްބަރު 2025
ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް