Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހައްޖު 1438

ރެކޯޑް އަދަދަކަށް މިއަހަރު ހައްޖަށް މީހުން ދާނެ

މިހާތަނަށް މިލިއަނެއްހާ މީހުންވަނީ ސައުދީ އަށް ގޮސްފައި

ރާއްޖެ އެމްވީ | 19 އޯގަސްޓު 2017 | ހޮނިހިރު 08:46
މަސްޖިދުލް ހަރާމްގައި އިއްޔެ ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން...

މަސްޖިދުލް ހަރާމްގައި އިއްޔެ ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން...

ތާރީޚްގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް އެހެން ގައުމުތަކުން މީހުން ހައްޖަށް އަންނަ އަހަރު ކަމުގައި މިއަހަރު ވާނެ ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ހާމަ ކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް ގާތްގަނޑަކަށް އެއް މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަށް ވަނީ އައިސްފައެވެ.

ބޭރު ގައުމުތަކުން ހުސްވި އަހަރު ހައްޖަށް ގޮސްފައިވަނީ 1،325.372 (އެއް މިލިއަން ތިން ލައްކަ ފަންސަވީސް ހާސް ތިން ސަތޭކަ ހަތްދިހަ ދޭއް) މީހުންނެވެ. މި އަހަރު މި އަދަދު 264،000 އިތުރު ވާނެ ކަމަށް ހައްޖު މިނިސްޓްރީން ހާމަ ކޮށްފައިވެއެވެ.

އެހެން ކަމުން ބޭރު ގައުމުތަކުން މި އަހަރު ހައްޖަށް ދާ މީހުންގެ އަދަދު 1.6 މިލިއަނަށް އަރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ހައްޖަށް އަންނަ އެންމެ ގިނަ މީހުން އަންނަނީ ވައިގެ މަގުންނެވެ. ދެން އެއް ގަމު މަގުންނެވެ. ކަނޑުގެ މަގުންވެސް ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް އާދެއެވެ.

ހައްޖަށް އަންނަ މީހުންގެ ތެރެއިން ގިނަ މީހުން ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން ފުރަތަމަ ދަނީ މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ އަށް ކަމަށްވެސް ފާހަގަ ކުރެވެއެވެ.

ހައްޖަށް ގޮސްފައިތިބި މީހުން ހިމެނޭ ގޮތުން، މި ދިޔަ ހުކުރު ދުވަހު މަދީނާގެ މަސްޖިދުއް ނަބަވީ އާއި މައްކާގެ މަސްޖިދުލް ހަރާމް ގައި ކުރެވުނު ހުކުރު ނަމާދުގައި މިލިއަނެއްހާ މީހުން ބައިވެރިވި ކަމަށް ސައުދީ މީޑިއާ އިން ރިޕޯޓް ކޮށްފައިވެއެވެ. ހުކުރު ޚުތުބާގައި ޒުލްހިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތް ކަމާ ބެހޭ ގޮތުން ވަނީ އަލި އަޅުވާލާފައެވެ. ހައްޖުގެ ވާޖިބުތައް ފެށުމުގެ ކުރިންވެސް އެ ދުވަސްތަކުގެ އެންމެ ފުރިހަމަ ފައިދާ ނެގުމަށް ހައްޖުވެރިންނަށް އިމާމު ވަނީ ގޮވާ ލައްވާފައެވެ.

މަސްޖިދުއް ނަބަވީގައި އިއްޔެ ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން..

"ހައްޖަކީ އަޅުކަމުގެ ތެރޭން އެންމެ މަތިވެރި އަޅުކަން، އަދި އެ އަޅުކަމުގެ ސަބަބުން އީމާންވީ މީހާ އާއި މާތް ﷲ ސުބުހާނަހޫ ވަތައާލާ އާއި ވަރަށް ބޮޑަށް ގާތްކޮށްދޭ. އެހެން ކަމުން އިސްލާމްދީނުގެ ފަސްވަނަ ރުކުން ކަމުގައިވާ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ފަސް ނުވުމަށް ގޮވާލަން" ޚުތުބާގައި ވެއެވެ.

މަސްޖިދުއްނަބަވީގެ ޚަތީބް އަދި އިމާމް ޝެއިޚް އަލީ އަލް ހުދައިފީ އިއްވެވި ޚުތުބާގައި ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ދުނިޔެވީ އަދި ރޫހާނީ ފައިދާ ތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އިމާމް ފާހަގަ ކުރެއްވި ގޮތުގައި ހައްޖުގެ ސަވާބާ ދަރުމައިގެ ހަގީގީ މިންވަރު ހަމަ އެކަނި ދެނޮވޮޑިގަންނަވަނީ މާތް ﷲ އެވެ. ހައްޖު ފުރިހަމަ ކޮށްފި މީހެއްގެ އުމުރުގެ ބާކީ އޮތް ތަނުގައި ޝައިތާނާގެ ކިބައިން އެމީހަކު ރައްކާތެރި ކުރައްވާނެ ކަމަށްވެސް ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން އިސް ނަގައިގެން މިއަހަރުގެ ހައްޖު މޫސުމަށް ޚާއްސަ ކޮށްގެން ހައްޖުވެރިންނަށް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއްވެސް ދަނީ ހިންގަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާމްދީނުގައި ރުޅި ކޮންޓްރޯލް ކުރުމަށް ބޭނުން ކުރެވިދާނެ ފަސް ގޮތެއް

އިސްލާމްދީނުގައި ރުޅި ކޮންޓްރޯލް ކުރުމަށް ބޭނުން ކުރެވިދާނެ ފަސް ގޮތެއް

25 ސެޕްޓެމްބަރު 2024
ﷲ ގެ މަގުގައި ހޭދަކުރޭ، މުދާ އިތުރުވެގެންދާނެ

ﷲ ގެ މަގުގައި ހޭދަކުރޭ، މުދާ އިތުރުވެގެންދާނެ

09 ސެޕްޓެމްބަރު 2017
ހައްޖަށް ދިޔަ 9 މީހުން ވިހައިފި

ހައްޖަށް ދިޔަ 9 މީހުން ވިހައިފި

01 ސެޕްޓެމްބަރު 2017
ހައްޖަށް ނުދާ މީހުންނަށްވެސް ހައްޖު މަހުގެ ފުރަތަމަ 10 ދުވަސް މުހިންމެވެ

ހައްޖަށް ނުދާ މީހުންނަށްވެސް ހައްޖު މަހުގެ ފުރަތަމަ 10 ދުވަސް މުހިންމެވެ

25 އޯގަސްޓު 2017
އެންމެ ގިނަ މީހުން ހައްޖަށް ފޮނުވީ އިންޑޮނީޝިއާ އިން

އެންމެ ގިނަ މީހުން ހައްޖަށް ފޮނުވީ އިންޑޮނީޝިއާ އިން

25 އޯގަސްޓު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު