Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމާލީ ހާލަތު

ނޮވެމްބަރުގެ ނިޔަލަށް 42.8 ބިލިއަން ރުފިޔާ ހުސްކޮށްލައިފި

އާމްދަނީ 31.1 ބިލިއަނަށް އެރި ނަމަވެސް، ދައުލަތުގެ ޚަރަދުތައް ހުރީ ލިބުނު އާމްދާނީ އަށް ވުރެ މާ މަތީގައެވެ. ނޮވެމްބަރުގެ ނިޔަލަށް 42.8 ބިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. މީގެތެރެއިން ވަރަށް ބޮޑު ބައެއް ހޭދަ ކޮށްފައިވަނީ ހިންގުމުގެ ޚަރަދުގެ ގޮތުގައެވެ.

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 5 ޑިސެމްބަރު 2024 | ބުރާސްފަތި 10:10
10 ރުފިޔާގެ ނޫޓެއްގެ ފޮޓޯއެއް

10 ރުފިޔާގެ ނޫޓެއްގެ ފޮޓޯއެއް

އަހަރުގެ މިހާތަނަށް ދައުލަތައް ލިބުނު އާމްދަނީ މި ދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ އިތުރުވި އިރު ކުރި ޚަރަދުތައް ލިބުނު އާމްދަނީ އަށް ވުރެ ބޮޑުވެފައިވާކަން ފިނޭންސް މިިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަ ވެއްޖެއެވެ.

މިއަހަރު މިހާތަނަށް 31.1 ބިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީ އަށް ލިބިފައިވާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ 1 ން ނޮވެމްބަރު 28 ގެ ނިޔަލަށް ލިބިފައިވަނީ 30.7 ބިލިއަން ރުފިޔާއެވެ.

މި މުއްދަތުގައި މި އަހަރު ޓެކްސް ގެ ގޮތުގައި ދައުލަތައް ލިބުނު ފައިސާ ވެސް ވަނީ އިތުރުވެފައެވެ.

މިނިސްޓްރީ އޮފް ފިނޭންސުން ހާމަ ކުރި ތަފާސް ހިސާބުން ޓެކްސްގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ. އެ ގޮތުން ހުސްވި ނޮވެމްބަރ މަހުގެ 28 ގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 23.7 ބިލިޔަން ރުފިޔާގެ ލިބިފައިވެއެވެ. 2023 ވަނަ އަހަރު ޖަނަވަރީން 1 ން ނޮވެމްބަރު 28 ގެ ނިޔަލަށް ލިބިފައިވަނީ 22.1 ބިލިޔަން ރުފިޔާއެވެ.

މީގެ ކުރިއެކޭ އެއްގޮތަކަށް ޓެކްސް އާމްދަނީގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ދައުލަތައް ލިބެނީ ޖީއެސްޓީ އިން ނެވެ. މިއަހަރު ޖަނަވަރީން 1 ން ނޮވެމްބަރު 28 ގެ ނިޔަލަށް ޖީއެސްޓީ ގެ ގޮތުގައި 12.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މި މުއްދަތުގައި ބީޕީޓީ އިން 5.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އިމްޕޯޓު ޑިއުޓީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓު ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް އިން 1 ބިލިއަން ލިބިފައިވެއެވެ. އަދި ގްރީން ޓެކްސް ގެ ގޮތުގައި 951.8 މިލިއަން ރުފިޔާ މި މުއްދަތުގައި ވަނީ ލިބިފައެވެ. ނޮމްބަރުގެ ނިޔަލަށް ދައުލަތައް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.8  ބިލިއަން ރުފިޔާ ލިބިފައިވާއިރު، ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 11.2 މިލިޔަން ރުފިޔާ، އަދި ހިލޭ އެހީގެ ގޮތުގައި 581 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް އިން ބުނެފައިވެއެވެ.

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ހާމަ ވާ ގޮތުގައި އާމްދަނީ 31.1 ބިލިއަނަށް އެރި ނަމަވެސް، ދައުލަތުގެ ޚަރަދުތައް ހުރީ ލިބުނު އާމްދާނީ އަށް ވުރެ މާ މަތީގައެވެ. ނޮވެމްބަރުގެ ނިޔަލަށް 42.8 ބިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. މީގެތެރެއިން ވަރަށް ބޮޑު ބައެއް ހޭދަ ކޮށްފައިވަނީ ހިންގުމުގެ ޚަރަދުގެ ގޮތުގައެވެ. އެ ގޮތުން ރިކަރަންޓް ޚަރަދަކީ 30 ބިލިޔަން ރުފިޔާއެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވި ކަމަށް ދައްކަނީ 12.7 ބިލިޔަން ރުފިޔާ އެވެ.

މާލީ ހާލަތު

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
21 ނޮވެމްބަރު 2025

ބަޖެޓް ބޮޑުވީ މި ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައި މެނޭޖު ކުރަން ނޭނގުމުގެ ސަބަބުން: ރިޔާޒު މަންސޫރު

21 ނޮވެމްބަރު 2025
ބަޖެޓް ބޮޑުވީ މި ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައި މެނޭޖު ކުރަން ނޭނގުމުގެ ސަބަބުން: ރިޔާޒު މަންސޫރު
21 ނޮވެމްބަރު 2025

2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

21 ނޮވެމްބަރު 2025
2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް
20 ސެޕްޓެމްބަރު 2025

ޓީބިލު ވިއްކައިގެން ދަރަންޏަށް 2.26 ބިލިއަން ރުފިޔާ ސަރުކާރުން ހޯދަނީ

20 ސެޕްޓެމްބަރު 2025
ޓީބިލު ވިއްކައިގެން ދަރަންޏަށް 2.26 ބިލިއަން ރުފިޔާ ސަރުކާރުން ހޯދަނީ
07 ސެޕްޓެމްބަރު 2025

ޖެހިޖެހިގެން ދެވަނަ މަހު ރިޒާވް ދަށަށް ހިނގައްޖެ

07 ސެޕްޓެމްބަރު 2025
ޖެހިޖެހިގެން ދެވަނަ މަހު ރިޒާވް ދަށަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު